މޮޒިއްލާ ފަޔާފޮކްސް އަށް އާ ލޯގޯއެއް

މޮޒިއްލާ ފަޔާފޮކްސް އިންޓަނެޓް ބްރައުޒާ އަށް، އާ ލޯގޯއެއް އެބަ ލިބެ އެވެ. ލޯގޯ އަށް ބަދަލުތަކެއް ގެނައި ނަމަވެސް، ފަޔާފޮކްސްގެ ސިފަ، ކުލަތަކުން އުފައްދާފައި ހުރި ހިޔަނިން ފާޅުވެ އެވެ. މި ލޯގޯއާ އެކު ފަޔާފޮކްސް އަށް ދޭ އަހަންމިޔަތުކަން އިތުރުވެގެންދާނެ ކަމަށް މޮޒިއްލާއިން ބުނެ އެވެ.


އިންޓަނެޓް ބްރައުޒާ މާކެޓްގައި ބާރުގަދަ ބްރައުޒާއެއް ގޮތުގައި ފަޔާފޮކްސް ވަނީ 16 އަހަރު ހޭދަކޮށްފަ އެވެ. ގޫގުލް ކްރޯމް ބްރައުޒާއާ ވާދަކޮށް ގިނަ ބައެއްގެ ސަޕޯޓް، ފަޔާފޮކްސް އަށް ލިބިފައިވެ އެވެ. މޮޒިއްލާ އިން ބުނީ ފަޔާފޮކްސް އޮޅުކޮށްގެން ގެންގުޅުމަކީ ވިޔަފާރި އަށް ކުރާ ކަމެއް ނޫން ކަމަށެވެ.

މޮޒިއްލާ އިން ފަޔާފޮކްސްގެ ލޯގޯ ބަދަލުކޮށްފައި ވަނީ "ކޮމިއުނިޓީ" އަކަށް ނިސްބަތްކުރެވޭ ގޮތަށެވެ. އެ ގޮތުގައި ފަޔާފޮކްސްއާ އެކު ވުމަށް ތަފާތު އެޕްލިކޭޝަންތަކެއް ވެސް ވަނީ ބަންޑެލިކޮށްފަ އެވެ.

މޮޒިއްލާ ފަޔާފޮކްސްއާ އެކުވުމަށް ދޫކޮށްލި ސާފިސް އެޕްލިކޭޝަންތައް

ފަޔާފޮކްސް ބާރުގަދަކުރުމަށް ވަސީލަތްތަކެއް ގޮތުގައި ވަފާތެރިންނަށް ބަރޯސާކުރެވޭ ކުދިކުދި އެހެނަސް ބޭނުންތެރި އެޕްލިކޭޝަންތަކެއް ފަތުރާލުމަކީ ވާދަވެރިންނަށް ވުރެ ކުރި އަށް ޖެހިލުމަށް ދެމެހެއްޓެނިވި ވިސްނުމެކެވެ. މިއީ މޮޒިއްލާއިން ވަރަށް ކުރިއްސުރެ ވިސްނަމުން އައި ގޮތެވެ. މި ބަންޑެލީގެ މައިގަނޑު ނަމަކީ ފަޔާފޮކްސް އެވެ. ފަޔާފޮކްސްގެ ފަހަތުން ހިނގާ ގޮތަށް "ފަޔާފޮކްސް ސެންޑް"، "ފަޔާފޮކްސް މޮނީޓާ" އަދި "ފަޔާފޮކްސް ލޮކްވައިސް" ވަނީ ދޫކޮށްލާފަ އެވެ. މި އެޕްލިކޭޝަންތައް ވަނީ އަޖުމަބެލުމަށް ދުވަސްތަކެއް ކުރިން އާންމުކޮށްފަ އެވެ.

މޮޒިއްލާއިން ބުނީ ފަޔާފޮކްސް މިހާރު އެ ވަނީ އަލުން ދިރުވާފައި ކަމަށެވެ. އެހެންކަމުން ދިރޭ އެއްޗެއް ގޮތަށް ފަޔާފޮކްސް އަށް ހިތާނެ ކަމަށް ވަނީ ބުނެފަ އެވެ. ފަޔާފޮކް އަށް ހުރި ކުރިއެރުންތަކަށް ނިމުމެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.