07 ނޮވެމްބަރ 2019 - 07:33
އެމެރިކާ އިން ތުހުމަތުކުރާ ގޮތަށް، ޗައިނާގެ މަޝްހޫރު ޓިކްޓޮކް އެޕަކީ އެ ގައުމުގެ ކޮމިއުނިސްޓް ޕާޓީއާ ގުޅިގެން ޖާސޫސްކުރާ އެޕެއް ނޫން ކަމަށާއި އެއީ މިނިވަން މުސްތަގިއްލު އެޕެއް ކަމަށް ޓިކްޓޮކް ހިންގާ ބައިޓްޑާންސުން ބުނެފި އެވެ.
އެ ކުންފުނިން ހޯމަ ދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ފޮނުވި ސިޓީއެއްގައި ބުނީ ޓިކްޓޮކާއި ޗައިނާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެ ގައުމުން ތުހުމަތުކުރާ ގޮތަށް އެ އެޕަކީ އެ ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު އެއްވެސް އިރެއްގައި، އެއްވެސް ގޮތަކަށް ރައްކާކޮށް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް އެޕެއް ނޫން ކަމަށް ވެސް ބުންޏެވެ.
ޓިކްޓޮކްގެ އެމެރިކާގެ ޖެނެރަލް މެނޭޖަރު ވެނެސާ ޕަޕަސް ފޮނުއްވި ސިޓީގައި ވިދާޅުވީ ޓިކްޓޮކް ބޭނުންކުރާ އެމެރިކާ މީހުންގެ މައުލޫމާތުތައް ރައްކާކޮށް ބަލަހައްޓަނީ ސީދާ އެމެރިކާގައި ކަމަށާއި މީގެ ބެކަޕެއް ސިންގަޕޫރްގައި ގާއިމުކޮށްފައިވާނެ ކަމަށެވެ.
Key testimony from today’s hearing: ANY company that is complying w/ China’s laws giving Beijing access to data is endangering Americans (that means @Apple & @tiktok_us and maybe many more) pic.twitter.com/GOuup34JuD
— Josh Hawley (@HawleyMO) November 5, 2019
އެހެންވެ، ޓިކްޓޮކް ބޭނުންކުރާ މީހުންގެ އެއްވެސް މައުލޫމާތެއް ޗައިނާގައި ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ހަމައެއާ އެކު ޓިކްޓޮކަކީ ސިޔާސީ ކަންކަމާ އެއްވެސް ގުޅުމެއް ނެތް، ސިޔާސީ އިޝްތިހާރުތައް ވެސް ގަބޫލުނުކުރާ އެޕެއް ކަމަށް ބުންޏެވެ.
.@tiktok_us despite claims of being independent, witnesses testified today that they are effectively controlled by Beijing. And @washingtonpost reports today directly contradict @tiktok_us representations to the committee. Time for @tiktok_us to testify UNDER OATH
— Josh Hawley (@HawleyMO) November 5, 2019
ޖާސޫސްކުރާކަމުގެ ތުހުމަތު ޓިކްޓޮކްގެ މައްޗަށް ކޮށް، އަދި ބައިޓްޑާންސުން އެމެރިކާގެ މިއުޒިކަލީ ގަތީ އެ ގައުމުގެ ފޮރިން އިންވެސްޓްމަންޓް އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ކަންބޮޑުވުން ފާޅުކުރަމުންދާތީ މި މައްސަލަ އެމެރިކާގެ ފޮރިން އިންވެސްޓްމަންޓް ކޮމިޓީ (ސީއެފްއައިޔޫއެސް) އިން ވެސް މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި ޓިކްޓޮކަކީ އެމެރިކާގެ ގައުމީ ސަލަމާތަށް އޮތް ނުރައްކަލެކެވެ.
Censorship directed from Beijing. Now we know why @tiktok_us was afraid to testify today. Lots to discuss this afternoon, including an interesting letter @tiktok_us just submitted to the committee https://t.co/EhHNRrh7iZ
— Josh Hawley (@HawleyMO) November 5, 2019
އަންގާރަ ދުވަހު ބޭއްވި ސެނެޓްގެ ޖުޑިޝަރީ ކޮމިޓީގައި އެ ކޮމިޓީގެ މުގައްރިރު އަދި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ މެމްބަރު ޖޯޝް ހޯލީ ވިދާޅުވީ ޓިކްޓޮކުން އެމެރިކާ މީހުންގެ މައުލޫމާތު އެ ގައުމުގައި ރައްކާނުކުރާ ކަމަށް ބުނާ ނަމަ އެކަމާ އުފާކުރައްވާ ކަމަށެވެ.
"އެކަމަކު އޭގެ ޕޭރަންޓް ކުންފުނި ޗައިނާގައި އޮވެ ޓިކްޓޮކް ބޭނުންކުރާ މީހުންގެ ޑޭޓާތައް ކޮމިއުނިސްޓް ޕާޓީގެ ތެރެއިން ސަރުކާރަށް ހިއްސާނުކުރާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި،" އޭނާ ވިދާޅުވިި އެވެ. "އެހެންވެ އެބަ ޖެހޭ މި މައްސަލައިގެ އެންމެ ފުނަށް ފީނައި، ޓިކްޓޮކާ ދޭތެރޭ އޮތް ޝައްކުތައް ފިލުވަން."
މީގެ ފަސް އަހަރު ކުރިން އުފެއްދި މިއުޒިކަލީ، ބައިޓްޑާންސުން އެއް ބިލިއަން ޑޮލަރަށް ގަތީ 2017 ގަ އެވެ. އޭގެ ފަހުން ޓިކްޓޮކާއި މިއުޒިކަލީ ވަނީ އެއްކޮށްލައިފަ އެވެ. އެހެންވެ މިއުޒިކަލީ އަކީ މިހާރު ޓިކްޓޮކެވެ. އެ ބަދަލު ގެނައީ އޮގަސްޓް 2، 2018 ގަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ 60 ޕަސެންޓް މީހުންނަކީ 16-24 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ޓިކްޓޮކްް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ބިލިއަނަކަށްވުރެ ގިނަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy