އެންޑްރޮއިޑް "ފޯކަސް މޯޑް" ބީޓާ މަރުހަލާއިން ބޭރަށް

އެންޑްރޮއިޑް "ފޯކަސް މޯޑް" އަކީ ސްމާޓްފޯން ފީޗާއެކެވެ. މަސައްކަތްކުރަނީ "ޑު ނޮޓް ޑިސްޓާބް"އާ ދާދި އެއް ގޮތަކަށެވެ. ބޭނުމަކީ އޮފީސް މަސައްކަތުގައި އުޅޭއިރު ނުވަތަ އެ ޒާތުގެ މުހިންމު ކަމެއްގައި ޝާމިލްވެވިފައި ވަނިކޮށް، ވައިބާ، ޓްވީޓާ، ޓެލެގްރާމް އަދި ފޭސްބުކް ފަދަ އެޕްލިކޭޝަންތަކުން އަންނަ ނޮޓިފިކޭޝަންތައް އަދި މެސެޖްތައް ވަގުތުކޮޅަކަށް ހުއްޓުވައިލުމެވެ.


"ފޯކަސް މޯޑް"ގެ ލަފުޒީ މާނަ އަށް ވިސްނާލުމުން ދޭހަވާ ގޮތަށް، މިސާލަކަށް ކެމެރާ ވަކި ތަނަކަށް ފޯކަސްކުރުމުން، އެ ތަނެއް ވަކިން ސާފުކޮށް ފެނަން ގޮތަށް، ފޯކަސް މޯޑުން ކޮށްދޭ ކަމަކީ، އިޚުތިޔާރުކުރާ ވަކި އެޕްލިކޭޝަންތަކަކަށް ފޯކަސްކޮށް ހުއްޓުވައިލުމެވެ. މި ގޮތަށް ހުއްޓުވާފައި އިން އެޕްލިކޭޝަނެއް ހުޅުވަން އުޅެފި ނަމަ، އަމިއްލަ އިޚުތިޔާރުގައި ހުއްޓުވާފައި އިން އެޕްލިކޭޝަނެއްކަން ބުނެ ވެސް ދެ އެވެ.

ފުރަތަމަ ޕެރެގްރާފްގައި، ފޯކްސް މޯޑް އަޅާ ކިޔާފައި ވާނީ "ޑް ނޮޓް ޑިސްޓާބް"އާ އެވެ. އެކަމަކު ވެސް ފޯކަސް މޯޑް މަސައްކަތްކުރަނީ، ޑް ނޮޓް ޑިސްޓާބް މަސައްކަތްކުރާ ގޮތަށް، އަކުރުން އަކުރަކަށް ނޫނެވެ. ޑް ނޮޓް ޑިސްޓާބް އޮންކޮށްފައިި ހުންނައިރު، ނޮޓިފިކޭޝަންތައް އަދި ފޯން ކޯލްތައް ވެސް ބަންދު ވެ އެވެ.

ގޫގުލުން ފޯކަސް މޯޑް ދޫކޮށްފައި ވަނީ އެންޑްރޮއިޑް ފޯނުތަކަށެވެ. އެކަމަކު، ހުރިހާ ފޯނުތަކަކަށް ނޫނެވެ. މި ފީޗާ ބޭނުންކުރަން އެދޭ ނަމަ، އެންޑްއިޑް 9 އަށް ވުރެ މަތިވާން ޖެހެ އެވެ. އަދި އެ ފޯނަކީ ގޫގުލްގެ "ޑިޖިޓަލް ވެލްބީން" ސަޕޯޓްކުރާ ފޯނަކަށް ވާންޖެހެ އެވެ. "ޑިޖިޓަލް ވެލްބީން" އަކީ ފޯނުގެ ސެޓިން ތެރޭގައި ހިމެނޭ "ކަނެކްޝަންސް"، "ވޯލްޕޭޕާސް އެންޑް ތީމްސް" އަދި "އެޑްވާންސްޑް ފީޗާސް" ކަހަލަ ކެޓަގަރީއެކެވެ.

ގޫގުލުން މިހާރު ވަނީ ފޯކަސް މޯޑް ބީޓާ މަރުހަލާއިން ބޭރުކޮށްފަ އެވެ. އެހެންކަމުން، ލަސްތަކެއް ނުވެ، ސަޕޯޓްކުރާ ފޯނުތަކަށް މި ފީޗާ ލިބެން ފަށާނެ އެވެ. މި ޚަބަރު ކިޔާލުމުން ވެސް މި ފީޗާ ބޭނުންކުރާ ހިތްވެއްޖެ އެވެ. ތަޖުރިބާކޮށްލެވުމުން މާ ބޮޑަށް ގަޔާވެވިދާނެހެން ވެސް ހީވެ އެވެ.