އޮޕޯ އިން ލައިފައި ސްމާޓްފޯނެއް

ލިޔެފައި އެ އޮތީ ރަނގަޅަށެވެ. "ވައިފައި"އެއް ނޫނެވެ. "ލައިފައި" އެވެ. ފައިފައި އާއި ލައިފައި އަކީ އެއްކަމެއް ކުރުމަށް ބޭނުންހިފޭ މުޅިން ތަފާތު ދެ ޓެކްނޮލޮޖީއެކެވެ. ވައިފައި ބިނާވަނީ ރޭޑިއޯ ވޭވްސް އަށެވެ. ލައިފައި އަކީ "ލައިޓް" ނުވަތަ އަލި މެދުވެރިކޮށް ބޭނުންހިފޭ ޓެކްނޮލޮޖީއެކެވެ.


އޮޕޯ އިން ލައިފައި ސްމާޓްފޯނެއް އުފައްދަނީ އެވެ. މި ޓެކްނޮލޮޖީ ގާއިމުކޮށްފައި ހުންނަ ޑިވައިސްތަކުން އިންޓަނެޓަށް ވަނުމަށް، އެ ތަނެއް އަލިކުރަން ޖެހެ އެވެ. ބޮކިތައް ނިއްވާލުމުން ސިގްނަލް މުޅިން ކެނޑިގެން ދެ އެވެ.

ވައިފައި ނެޓްވޯކެއްގައި އެންމެ މުހިންމު އާލާތަކީ ވައިފައި ރައުޓަރެވެ. ލައިފައި ނެޓްވޯކެއްގައި، ހާރެއްހެން ގަތާލާފައި ހުންނަ "ލެޑް" ލައިޓްތަކެކެވެ. ނޫން ނަމަ މި ޓެކްނޮލޮީ އުފުލޭ ފެންވަރުގެ ބޮކިތަކެކެވެ. މިއީ އެެއް ބޮކި އަނެއް ބޮތްކާ މުއާމަލާތުކުރެވޭ ފެންވަރުގެ ބޮކިތަކެކެވެ.

ލައިފައި ނެޓްވޯކެއްގެ އެންމެ މުހިންމު ސިފަ އަކީ ސްޕީޑެވެ. ވައިފައި އަށް މަލާމާތްކުރާހާ ދުވެލި ބާރެވެ. ބުނެވޭ ގޮތުގައި ވައިފައި އަށް ވުރެ ލައިފައިގެ ސްޕީޑް 100 ގުނަ ބާރެވެ. ލައިފައި ނެޓްވޯކްގެ ނުކުޅެދުމަކީ ބޮކިތައް ނިއްވާލާއިރަށް ގުޅުން ކަނޑައިގެން ދިއުމެވެ.

އޮޕޯ އިން ސްމާޓްފޯނެއްގައި މި ޓެކްނޮލޮޖީ ގާއިމުކުރަނީ ކީއްކުރަން ކަމެއް ނޭނގެ އެވެ. ސަބަބެއް ކަމަށް ބެލެވޭ އޮތީ އެންމެ ކަމެކެވެ. ސްމާޓްފޯނެއްގައި އެންމެ ފުރަތަމަ މި ޓެކްނޮލޮޖީ ހިމެނި ބަޔަކަށް ވުމެވެ.

ލައިފައި ޓެކްނޮލޮޖީ އަކީ އާ ޓެކްނޮލޮޖީއެއް ނޫނެވެ. އާންމު ޓެކްނޮލޮޖީއެއް ވެސް ނޫނެވެ. އެހެން ނަމަވެސް، ބައެއް ސްޕަމާކެޓްތަކާއި މަޝްހޫރު ބައެއް ހޮޓާތަކުގައި މި ޓެކްނޮލޮޖީ ބޭނުންހިފެ އެވެ.

ލައިފައި ޓެކްނޮލޮޖީ ބޭނުންހިފުމަށް އެ ތަނެއް ފުރަތަ ޖެހޭނީ ވަޔަރުކުރާށެވެ. އިންޓަނެޓް ބޭނުންކުރުމަށް އިންޓަނެޓް ލާ ގޮތަށެވެ. ވައިފައި އަށް ވުރެ އަގު ހެޔޮވެފައި ސްޕީޑް ބާރު ނަމަ ވެސް، ފުރަތަ ކުރަންޖެހޭ މަސައްކަތްތަކާއި ހޭދަ ބޮޑެވެ.