ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްްޓުން އަންނަ އެއް ގައުމު ކަމަށްވާ ރަޝިޔާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރަން ދެ ގައުމުން އެއްބަސްވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި އެގައުމުގެ ސްޓޭޓް ސެކްރެޓަރީ އޮފް ޓްރާންސްޕޯޓް ޑްމިޓްރީ ޒްވެރޭވްއާ އެކު ރަނގަޅު މަޝްވަރާތަކެއް ކުރުމަށްފަހު ދެގައުމުގެ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރަން އެއްބަސްވެފައިވާ ކަމަށެވެ. 

ރާއްޖެއާ ރަޝިޔާއާ ދެމެދު ވައިގެ ދަތުރު އިތުރުކުރަން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު އަމީނާއި ޑްމިޓްރީ ޒެވްރޭވްއާ ސަލާމްކުރައްވަނީ --- ފޮޓޯ/ޓޫރިޒަމް މިިނިސްޓްރީ
ރާއްޖެއާ ރަޝިޔާއާ ދެމެދު ވައިގެ ދަތުރު އިތުރުކުރަން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު އަމީނާއި ޑްމިޓްރީ ޒެވްރޭވްއާ ސަލާމްކުރައްވަނީ --- ފޮޓޯ/ޓޫރިޒަމް މިިނިސްޓްރީ

"ރަޝިޔާއިން ރާއްޖެއަށް އިތުރު އެއާލައިންތަކުގެ އޮަޕަރޭޝަން ފަށައި، ޓޫރިޒަމަށާއި ކަނެކްޓިވިޓީއަށް އިތުރު އެހީތެރިކަމަަށް ވާނެ ކަމަށް ބެލެވޭ،" އެކްސްގައި ކުރެއްވި ޕޯސްޓްގައި އަމީން ވިދާޅުވި އެވެ.

ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭތާ އެތައް އަހަރެއް ވެފައިވާ ރާއްޖޭގެ ޓްރެޑިޝަނަލް މާކެޓެކެވެ. އަދި ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ވެސް އެއީ ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

މިއަހަރުގެ މިހާތަނަށް އެގައުމުން ރާއްޖެއަށް 198،748 ޓޫރިސްޓުން އައިސްފައިވެ އެވެ.