ޑޮކްޓަރަށް ދައްކަން ވައިބާ މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދޭ ގޮތަށް އީވް ކްލިނިކުން ހަމަޖައްސައިފި އެވެ.

އީވް ކްލިނިކުން މި ގެނައި ބަދަލާ އެކު އައިޑީ ކާޑު ކޮޕީ 7900788 އަށް ވައިބާ ކޮށްލުމުން އެޕޮއިންޓްމަންޓއ ހައްދައި ޓޯކެން ނަންބަރު ނެގޭނެ އެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކުމަށްފަހު ފައިސާ ދެއްކި ކަމުގެ ސްލިޕް ވައިބާ ކުރުމުން މެމޯ ވެސް ހެއްދޭނެ އެވެ.

އެ ކްލިނިކުން ބުނީ އޮންލައިންކޮށް އެޕޮއިންޓްމަންޓު ހެއްދުމުގެ އިތުރުން ކްލިނިކުގެ ޑޮކްޓަރުން ގޭގެއަށް ގޮސް ބަލިމީހުން ބަލައިދޭނެ ކަމަށެވެ. އަދި ކްލިނިކުން ގޮސް ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އޮތް ކަމަށް އެ ކްލިނިކުން ބުންޏެވެ. ޑޮކްޓަރަށް ދައްކަން ދާއިރު ބަލިމީހާގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށް އީވް ކްލިނިކުން ބުންޏެވެ.

އީވް ކްލިނިކުގައި ވަރަށް ގިނަ ދާއިރާތަކުން ހާއްސަ ޑޮކްޓަރުން ތިބެ އެވެ. މީގެ ތެރޭގައި އެތެރެހަށީގެ އާއި ކުޑަކުދިންނާއި އަންހެނުން އަދި ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކާއި ހަމުގެ ބަލިތަކާއި އާއްމު ބަލިތަކާއި އޮޕްރޭޝަނުގެ ހާއްސަ ޑޮކްޓަރުން ހިމެނެ އެވެ. އަދި ކަރުން މަތީގެ ބަލިތަކާއި ކަށީގެ ބަލިތަކާއި ކައުންސެލިން އާއި ދަތުގެ ފަރުވާ އާއި ފިޒިއޮތެރަޕީގެ ހިދުމަތް ވެސް އެ ކްލިނިކުން ލިބޭނެ އެވެ.

މީގެ އިތުރުން ލެބޯޓްރީގެ ހިދުމަތާއި ސްކޭނާއި އެކްސްރޭގެ ހިދުމަތް ވެސް އީވް ކްލިނިކުން ލިބޭނެ އެވެ.

ކޮވިޑް-19އާ ގުޅިގެން އެކި ވިޔަފާރިތަކާއި ހޮސްޕިޓަލްތައް އަދި ސަރުކާރު އޮފީސްތަކުން ވެސް އަންނަނީ އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދޭން ފަށައިފަ އެވެ. މިއީ މި ދަނޑިވަޅު ރައްޔިތުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން ގެނައި ބަދަލުތަކެކެވެ.