ސްރީލަންކާގައި ފެންބޮޑުވެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ރާއްޖެ އިން ނިންމައިފި އެވެ.

ހާލުގައި ޖެހިފައިވާ މީހުންގެ ހާލު ބައްލަވައިލެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވަނީ ލަންކާ އަށް ފުރާވަޑައިގެންފަ އެވެ. މި ދަތުރުގައި ރާއްޖޭގެ ފަރާތުން އެހީދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް އެހީ ދެއްވަނީ ކޮން ގޮތަކުން ކަމެއް ނުބުނެ އެވެ.

ލަންކާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 70 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.