ދުނިޔެ / އަފްޣާނިސްތާން

ކިޔެވުން މަނާކުރުމުން އަފްގާނު އަންހެން ކުދިން ކައިވެންޏަށް

އަފްގާނު ސްކޫލެއްގެ ކުދިންތަކެއް، ތާލިބާނުންގެ ވެރިކަން ފެށުނު ދުވަސްވަރު ސްކޫލް ނިންމާފައި ގެއަށް ދަނީ. --އޭއެފްޕީ

08 ޑިސެމްބަރ 2021 - 12:38

14 comments

އަފްގާނިސްތާނުގެ މަދަރުސާތަކުގައި، ސާނަވީ މަރުހަލާގެ ގްރޭޑްތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން، ތާލިބާން ސަރުކާރުން ހުއްޓައިލުމާ ގުޅިގެން، އެ ކުދިންގެ ކުރިމަގަށް ވަރަށް ބޮޑަށް ހުރަސްއެޅި، ޅަ އުމުރުގައި ކައިވެނިކުރާ ކުދިން އިތުރުވާން ފަށައިފި އެވެ.

މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަން އަތުލުމާ އެކު، އަންހެނުންނާއި އަންހެން ކުދިންގެ އެތައް ހައްގުތަކެއް ވަނީ ނިގުޅައިގެންފަ އެވެ. އެގޮތުން، ސާނަވީ މަރުހަލާގެ ގްރޭޑްތަކުގެ އަންހެންކުދިން ސްކޫލަށް ހާޒިރުވުން މަނާކުރުން ހިމެނެ އެވެ.

މީގެ އިތުރުން، ސަރުކާރުގެ ވަޒީފާތަކުގައި ތިބި އަންހެން މުވައްޒަފުންގެ ތެރެއިން ވަރަށް މަދު ބަޔަކު ފިޔަވައި އެހެން ހުރިހާ އަންހެނުން ވަނީ ވަޒީފާތަކުން ވަކިކޮށްފަ އެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ އަންހެނުން ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލާފައިވާ އިރު، ހުރިހާ އަންހެން ފަނޑިޔާރުން ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

އަންހެންކުދިން ސްކޫލްތަކަށް ހާޒިރުވުން މަނާކުރިތާ ތިން މަސް ވެގެން ދިޔައިރު ވެސް، އަލުން ސްކޫލްތަކަށް ދެވޭނެ ދުވަހެއް ނޭނގޭ ކަމަށް އަންހެން ދަރިވަރުން ބުނެ އެވެ. އަދި އެއީ އެކުދިންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށް ވެސް އެކުދިން ބުނެ އެވެ.

"ކިޔެވުމުގެ ހައްގު ނުލިބި މިހެން ތިބުމަކީ މަރުގެ އަދަބު ދިނުން ފަދަ ކަމެއް. ސްކޫލް ބަންދު ކުރީއްސުރެ އަހަރެމެންނަށް އިހްސާސް ކުރެވެނީ އަހަރެމެން މިތިބެނީ، ސަހަރާއެއްގެ ތެރެއަށް ބެހި ވާނުވާއެއް އަދި ދެވޭނުދެވޭއެއް ނޭނގޭ ފަދަ ގޮތެއްގައި ހެން،" ބަދަޚްޝާން ޕްރޮވިންސްގެ ސްކޫލެއްގައި ކިޔެވި ދަރިވަރެއް ކަމަށްވާ 15 އަހަރުގެ މީނާ، ބީބީސީ އަށް ބުންޏެވެ.

"ގޭތެރޭގައި މަންމަމެންގެ މަސައްކަތުގައި ބައިވެރިވުން ނޫނީ، މިހާރު ކުރާނެ އިތުރު ކަމެއް ނެތް. އަހަރެމެން މިތިބީ ގޭގެ ހަތަރު ފާރުން އެތެރޭގައި ގަނޑުވެފައި،" ޓަކާރް ޕްރޮވިންސްގެ ސްކޫލެއްގައި ކިޔަވަމުން އައި ދަރިވަރެއް ކަމަށްވާ، ލައިލާ، 16، ބުންޏެވެ.

ބީބީސީގެ ނޫސްވެރިން އަފްގާނިސްތާނުގެ 13 ޕްރޮވިންސަކަށް ދަތުރުކޮށް، އަންހެން ކުދިންގެ ކިޔެވުމުގެ ހާލަތު ވަޒަންކުރި އިރު، އެއިން އެއްވެސް ޕްރޮވިންސެއްގައި އަންހެން ކުދިން ސްކޫލަށް ދިއުން ހުއްދައެއް ނޫނެވެ. އެހެންކަމުން، އެ ކުދިންނާއި އެކުދިންނަށް ކިޔަވައިދޭން އުޅުނު ޓީޗަރުން ތިބީ ވަރަށް ބޮޑަށް ނާއުންމީދުވެފައި ކަމަށް ބީބީސީން ބުނެ އެވެ.

އަންހެން ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ބުނި ގޮތުގައި، އަންހެން ކުދިންނަށް ކިޔަވައިދިނުން ހުއްޓާލާފައިވާތީ، އެ މީހުން ވެސް މިހާރު ތިބީ ސްކޫލްތަކަށް ދިއުން މަނާކޮށްފަ އެވެ. ނަމަވެސް ވަޒީފާއިން ވަކިކުރި ކަން އަންގާފައި ނެތަސް، މިދިޔަ ޖޫން މަހުން ފެށިގެން މުސާރަ ނުލިބޭ ކަމަށް ޓީޗަރުން ބުނެ އެވެ.

އެއް ޓީޗަރަކު ބުނި ގޮތުގައި އަންހެން ކުދިން ސްކޫލަށް ހާޒިރުވުން މަނާކުރުމާ ގުޅިގެން، އޭނާ ކުރިން ކިޔަވައިދިން ތިން ކުއްޖަކު މިހާރު ވަނީ، ޅައުމުރުގައި މީހުންނާ އިނދެފަ އެވެ. އަދި މިހާރުވެސް 15، 16 އަހަރުގެ ކުދިންނާ ކާވެނިކުރުމަށް ބައެއް ފިރިހެނުން ހުށަހަޅައި، އެކުދިންގެ މައިންބަފައިން އެއްބަސް ކުރުވަމުންދާ ކަމަށް ވެސް ޓީޗަރުން ބުނެ އެވެ.

"އަހަރެމެން ބައެއް ދަރިވަރުންނާ ވަޓްސްއެޕް މެދުވެރިކޮށް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަން. އެކުދިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. ނަފްސާނީ ގޮތުން އެކުދިން ތިބީ ވަރަށް އަސަރުކޮށްފައި. އެކުދިންނަށް ކޮންމެވެސް އުންމީދެއް ދެވޭތޯ އަހަރެން މަސައްކަތް ކުރަން. ނަމަވެސް ކަންތައް ވަމުންދާ ގޮތުން، އެ ކުދިންނަށް ކުރިމަތިވާ ނާއުންމީދު އެއަށް ވުރެ މާބޮޑު،" ކާބުލްގެ ސްކޫލެއްގައި ކިޔަވައިދިން އަންހެން ޓީޗަރަކު ބުންޏެވެ.

ސާނަވީ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލަށް ދިއުން މަނާކޮށްފައި އޮތުމުން، އެއަށް ވުރެ ދަށް ގްރޭޑްތަކުގެ އަންހެން ކުދިންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް ޓީޗަރުން ބުނެ އެވެ. އެކަން ފާހަގަކުރެވެނީ، ސާނަވީ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލަށް ދިއުން މަނާކުރުމާ ގުޅިގެން، ސްކޫލަށް ހާޒިރުވާ ދަށް ގްރޭޑްތަކުގެ އަންހެން ކުދިންގެ އަދަދު މިހާރު ވަރަށް ބޮޑަށް މަދުވެފައިވާތީ އެވެ.

14 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 64%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިނި

09 December 2021

މިމީހުނައް މަދަރުސާއައް ދެވުނީ އަންހެނުން އޮބަހައްޓާނެ ގޮތް ކިޔަވާދިން ދުވަހު އެކަނި. އެކަން އެންމެ ފުރިހަމަކޮއް އެކުރަނީ އެހެންވެ.

The name is already taken The name is available. Register?

Coronavirus

09 December 2021

ތިކަހަލަ ގިނަ ގައުމުތަކުގައި ހިނގާ ކަމެއް ތިއީ. ނުކިޔަވާ ހުރި މީހަކު މާސްޓަރަކަށް ވީމާ ތިހެން ވާނެ. ހުރިހާ އެއްޗެއް ވަނީ އޮޅުވާލާފައި، އެކަމަކު ތި އެކުން ދެން ސަލާމަތެއް ނުވާނެ. މުޅި އެފްރިކާގެ %50 ގައުމުތައް އެއޮތީ ހަލާކު ކޮއްލާފާ

The name is already taken The name is available. Register?

ފޮޅި

08 December 2021

ތިހުތިހާ އަންހެންކުދިން ސްކޫލްތަކަށް ގެންދަން ހާދަހާ ގިނަ މަހުރަމުންވެސް ބޭނުންވާނެއޭދޯ؟

The name is already taken The name is available. Register?

ސާމާނުބެ

08 December 2021

މުޅިދުނިއޭގަވެސް އޮތް އެންމެ ފުރިހަމަ އިސްލާމީ އުސޫލުން ހިންގާ ގައުމު ތި އަފްގާން އަކީ ދެން ކީއްވެ ގައުމުގެ ރައްޔަތުން ތިހާ މާޔޫސްވެގެން ތިއުޅެނީ ތިހާ އުފާވެރި ބަޔަކު މިދުނިއޭގަ އުޅެގެން ނުވާނެކަމަށް މަދެކެނީ

The name is already taken The name is available. Register?

ކީސްފިލާ

08 December 2021

އެމީހުންނަށްވެސް ކަމެއް ކުރެވޭނީ ފައިސާލިބިގެނެންނު. ހުރިހާ ފައިސާހުރީ ފްރީޒް ކޮށްފައި. މުދައްރިސުންނަށް މުސާރަ ދޭނީ ކިހިނެއް؟ ހުރިހާ ދިމާއަކަށް ވިސްނާފައި ކޮމެންޓްކޮށްބަލަ!

The name is already taken The name is available. Register?

87654

09 December 2021

ރަގަޅު ވާހަކައެއް. މުޅި ގައުމުގައި އޮތީ ތަރުކާރީ އާއި މޭވާ. ދުނިޔޭގެ އެއްމެ ތައުލީމީ މީހުން ތިބި ގައުމު. ގައުމުގެ ކެބިނެޓުގައި ތިބީ ހުސް އަންހެނުން.

The name is already taken The name is available. Register?

މުއްލާ

08 December 2021

އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަށް ހެސްކިޔާފަ ހިމާޔަތްކޮށްދޭ ދީނެއް ކަލޭމެން ކުދިން ނުވައަހަރުވީމަ އަވަހަށް ކައިވެނިކުރަންވީ އެހެންކަމަކާ އުޅޭނެކަމެއްނެތް

The name is already taken The name is available. Register?

mRNA vaccines

09 December 2021

މުޅިންވެސް އަންހެނުން ނޮހޯދިގެން ދޯ މިމީހުން އުޅެނީ. އެއަށްވުރެ މުހިއްމު ކަމެއް ނެއްތަޢް؟

The name is already taken The name is available. Register?

ދޮން ހަސަނު

08 December 2021

ވަރަށް ދެރަ ކަމެއް. މީ އިސްލާމުދީން ދަސްކޮށްދޭ ރިވެތި ގޮތެއްނޫން.

The name is already taken The name is available. Register?

ދަގަނޑު ދަހަނާ.

08 December 2021

ގައުމެއްގައި އޮތް ގާނޫނީ ސަރުކާރެއް ވައްޓާލުމަށްފަހު ގައުމަށް އަރާތިބި ޓެރަރިސްޓު މުއްލާތަކެއް މިހާ ފުއްޕާފަ އުޅޭއިރު ދުނިޔެ ކުޅިބަލަން. މީ އަޖައިބެއް. ޖަހިލިއްޔަ ޒަމާނުގެ ކައްޒާބުން. މިމީހުން އަފްޣާނިސްތާނުން ވޭތުކުރަން ޖެހޭ.

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

08 December 2021

މިތޯލިބާނަކީ ހާދަ މުނާފިގިއްޔަވަންތަ ބައެކޭ. ވެރިކަމަށް އެެރުމާއެކު ބުނި އަންހެންކުދިން ކިޔެވުމަކަށް ހުރަހެެއްނާޅާނަމޭ. އަދި ބަދަލެއްވެސް ނުހިފާނަމޭ. ސީދާ ދިމާއިދިކޮޅަށް ކަންހުރީ

The name is already taken The name is available. Register?

އަފްރާސިޔާބު

08 December 2021

ބަލަ ޠާލިބާނުންނަކީ އެމެރިކާއާއި ސައޫދީން ތައްޔާރު ކުރި ބަޔެކޭ މުސްލިމުންގެ ދުވަސް ދުއްވާލަން. އެމީހުން އެމަސައްކަތް ކުރަންޖެހޭނެ ނުން.

The name is already taken The name is available. Register?

ޟަރޫ

08 December 2021

ޢަފްއާން ކުއްޖަކު ހޯދަން ދާންވީތާ

The name is already taken The name is available. Register?

ސަންތިމަރީ

08 December 2021

ޓީބޭންސް، މީތި ކަޑައޭ. ކިޔެވުމާއި ތަރައްގީއެއީ ކޮންމެ މުޖުތަމައެއްގެވެސް ކުރިމަގާ ގުޅިފައިހުންނަ ކަންތައްތަކޭ. އަންހެންވެރިން ގޭގައި ބައިތިއްބާފައި، ޓީބޭން ފިރިހެނުން ހަގުރާމަކުރަން ފަރުބަދަތަކުގެތެރޭގައި އުޅުނީމާ ގައުމުދާނީ އޮޔާއޭ. ކުރިއަކަށްނުދާނޭ، ރައްޔިތުންނަށް ފާގަތިކަން ނުގެނެވޭނޭ. ތި އުޅުން ދޫކޮށް މޮޑަން ވާށޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454