12 ޖުލައި 2023 - 11:42
ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ދެމުން ދާ އަސްކަރީ ހަތިޔާރުތަކުގެ ސަބަބުން، ދުނިޔޭގެ ތިން ވަނަ ބޮޑުހަނގުރާމަ މިހާރު އޮތީ ވަރަށް ކައިރީގައި ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.
ޔޫކްރެއިންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ވެސް ބައިވެރިކުރައްވައިގެން، ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި ނޭޓޯގެ 74 ވަނަ މަހާސިންތާ އިއްޔެ ފަށާފައިވާ އިރު، ރަޝިޔާ އިން ބުނި ގޮތުގައި ނޭޓޯ އިން ޔޫކްރެއިނަށް ކިތަންމެ ހަތިޔާރެއް ދިނަސް މައްސަލަ ހައްލެއް ނުވާނެ އެވެ.
ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް އަދި އެ ގައުމުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވި ގޮތުގައި ނޭޓޯ އިން ޔޫކްރެއިނަށް އަސްކަރީ މަދަދު ފޯރުކޮށްދޭ ވަރަކަށް، ދުނިޔެ ދަނީ ތިން ވަނަ ބޮޑުހަނގުރާމައާ ކައިރިވަމުންނެވެ. އަދި ހުޅަނގުގެ ގައުމުތަކުން ކިތަންމެ ވަރަކަށް ޔޫކްރެއިނަށް ހަތިޔާރު ދިނަސް، ރަޝިޔާ އިން ފަށާފައިވާ ޚާއްސަ އަސްކަރީ ހަރަކާތްތަކަށް ހުރަހެއް ނޭޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
The #democrats were tyrants during the #covid19 days. It was all for nothing, yet they have the power, and the population of America is hypnotized by the social media and identity politics. We are distracted. I think #BidenWorstPresidentEver #clusterbombs are bad...Period. pic.twitter.com/aYoZ4uyuT3
— John Ford (@PDXFato) July 11, 2023
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ އަސްކަރީ ހަރަކާތްތައް ކުރިއަށް ދަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ އެއް ގޮތަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ލަނޑުދަނޑިއަކީ، ޔޫކްރެއިންގައި އޮތް ނާޒީ ސަރުކާރު ނޭޓޯގައި ބައިވެރިވުމުގެ ދޮރު ބަންދު ކުރުމެވެ. ޔޫކްރެއިން ނޭޓޯގައި ބައިވެރިކުރުމަކީ އެއްވެސް ގޮތަކުން ރަޝިޔާ އަށް ރުހެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވީ އެމެރިކާގައި އުފައްދާފައިވާ ކްލަސްޓާ ބޮން ޔޫކްރެއިނަށް ދީފި ނަމަ، ރަޝިޔާގައި ހުރި ހަމަ އެފަދަ ހަތިޔާރުތައް ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާ އިން ބޭނުންކުރާނެ ކަމަށެވެ. ރަޝިޔާގައި ވެސް އެ ބާވަތުގެ ހަތިޔާރާއި ބޮން ވެސް އެބަހުރި ކަމަށާއި، ނަމަވެސް މިހާތަނަށް ހަނގުރާމައެއްގައި އެ ބާވަތުގެ ހަތިޔާރެއް ރަޝިޔާ އިން ބޭނުން ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގައި އުފައްދާފައިވާ ކްލަސްޓާ ބޮމަކީ، އެ ބޮން ބޭނުންކުރުން ދުނިޔޭގެ ގިނަ ގައުމުތަކުން މަނާކޮށްފައިވާ ހަތިޔާރެކެވެ. އޭގެ ތެރޭގައި ނޭޓޯގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ. ކްލަސްޓާ ބޮމަކީ، ބާރު ގަދަ ގޮވާތަކެތި ބޭނުންކޮށްގެން އުފައްދާފައި ހުންނަ ބައިވަރު ކުދިކުދި ބޮންތަކެއް ހިމެނޭ ހަތިޔާރެކެވެ.
މި ބާވަތުގެ ބޮމެއް މަތިންދާބޯޓަކުން ވައްޓައިލުމުން، ވަކި ހިސާބަކަށް ތިރިވުމަށް ފަހު، ދެ ފަޅިއަށް ފަޅިވެ، އޭގެ އެތެރޭގައި ހުންނަ ކުދި ބޮންތައް ބިމަށް ފައިބަން ފަށަ އެވެ. މިއިން ކޮންމެ ކުޑަ ބޮމެއްގައި ކުޑަ ވަރެއްގެ ވައިކުޑައެއް ހަރުކޮށްފައި ހުރެ އެވެ. އެއީ އެ ބޮން އެޅުމަށް ބޭނުންކުރި މަތިންދާބޯޓު އެ ސަރަހައްދުން ދުރަށް ދެވޭ ވަރަށް ވަގުތު ދިނުމަށްޓަކައި، އެ ކުދި ބޮންތައް ބިމަށް ފައިބާ ވަގުތު ލަސްކުރުމެވެ.
އެންމެ ކްލަސްޓާ ބޮމަކުން ދޫކޮށްލާ ކުދި ބޮންތައް، ބޮޑު ފުޓްބޯޅަ ދަނޑެއްގެ ސަރަހައްދަށް ފެތުރިގެން ދެ އެވެ. މައިގަނޑު ގޮތެއްގައި މި ބާވަތުގެ ބޮން ބޭނުންކުރަނީ، ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާ ދުޝްމަނުންގެ ލަޝްކަރުތައް ނައްތައިލުމަށާއި، ދުޝްމަނުންގެ ޓޭންކުތަކާއި އަސްކަރީ އުޅަނދުތައް ހަލާކުކޮށްލުމަށެވެ. ކްލަސްޓާ ބޮމުގެ ތެރޭގައި، މިއިން ކޮންމެ ކަމަށް ޚާއްސަކޮށް އުފައްދާފައި ހުންނަ ބޮން ހުރެ އެވެ.
އެމެރިކާ އިން ފުރަތަމަ ފަހަރަށް ހަނގުރާމައެއްގައި ކްލަސްޓާ ބޮން ބޭނުންކުރީ، އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓައިލުމަށް، 2003 ވަނަ އަހަރު އެމެރިކާ އިން އިރާގާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ.
12 July 2023
ސަލީމު އިދުރީސައް ފެނޭތަ ފެނޭތަ. އޭރުވެސް މަ ބުނިން އެމެރިކާ އަދި ޔޫކުރޭނަށް ނިއުކުލިއަރ މިސައިލްވެސް ދޭނޭ. ގޮތް ހުސްވީމަ ދެން ހެދޭނީ ހަތަރެސްފައިން ގޯސް. ތިއަ ކުލަސްޓަރު ބޮންތައްވެސް ގޮވާނީ ޔޫކުރޭނުގެ ފަސްގަނޑުގަ. ބަލަންތިބޭ.