ލަންކާގެ ސެންޓްރަލް ބޭންކުން ބުނީ ލޯނު ނަގަނީ ކުރިން ނަގާފައިވާ ލޯނުތައް ދެއްކުމަށާއި ރިޒާވް މަތި ކުރަން ކަމަށް.
12 ފެބުރުއަރީ 2017 - 15:59
ކޮލަމްބޯ (ފެބްރުއަރީ 12) - ބޭރުގެ ދަރަނި އަދާކުރުމަށް 2.5 ބިލިއަން ޑޮލަރުގެ ލޯނު ނަގަން ގަސްދުކުރާ ކަމަށް ސްރީ ލަންކާގެ މަރުކަޒީ ބޭންކުން ބުނެފި އެވެ.
މަރުކަޒީ ބޭންކުން މިކަން އިއުލާންކޮށްފައި މި ވަނީ ދަރަނި ބޮޑުވެ ގައުމު ހިންގަން ވެސް ދަތިވެފައިވާ ކަމަށް މާލީ ވަޒީރު ރަވީ ކަރުނަނަޔަކަ ވިދާޅުވިތާ މަހެއް ފަހުންނެވެ. ލަންކާ އިން މިހާރު ވެސް ދަނީ ކުރީ ސަރުކާރުން ހިންގި ޕްރޮޖެކްޓްތަކަށް ނަގާފައިވާ ލޯނަށް މިލިއަން ޑޮލަރުން ފައިސާ ދައްކަމުންނެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރު އިންދުރާޖީތު ކޫމަރަސްވާމީ ވިދާޅުވީ 1.5 ބިލިއަން ޑޮލަރުގެ ބޮންޑް އިޝޫކޮށް އެއް ބިލިއަން ޑޮލަރުގެ ސިންޑިކޭޓް ލޯނު ނެގުން ސަރުކާރުން ވަރަށް އަވަހަށް އެޕްރޫވް ކުރާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ އަލަށް ނަގާ ލޯނުން މިހާރު ހުރި ލޯނުތަކަށް އެއްބައި ދެއްކުމަށް ފަހު އަނެއް ބައި ބޭނުންކުރާނީ ރިޒާވް މަތިކުރަން ކަމަށެވެ.
ލަންކާގެ ކުރީގެ ސަރުކާރުން ވަނީ ހަމްބަންޓޯޓާގައި ބަނދަރެއް ހެދުމަށް 1.4 ބިލިއަން ޑޮލަރުގެ ލޯނެއް ޗައިނާ އިން ނަގައިފަ އެވެ. އަދި ހަމްބަންޓޯޓާގައި ވަނީ ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ވެސް ހަދައިފަ އެވެ. މިއިން އެއްވެސް ޕްރޮޖެކްޓަކުން ސަރުކާރަށް ފައިދާއެއް ނުވެ އެވެ. ލަންކާ އިން މިހާރު ދަނީ މި ބަނދަރުތައް ކުއްޔަށް ދިނުމަށް ޕާޓްނަރުން ހޯދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ
12 February 2017
ރާއްޖޭންވެސް ލޯނަކަށްފަހު ލޯނެއް، ބޮންޑަކަށްފަހު ބޮންޑެއް، މިހެންދާއިރު ލިބޭފައިސާއިންވެސް ކާބަޔަކު ކަމުން އެމީހުންގެ މުދާ ޖަމާކުރަމުން ދަނީ.
ރަބަރޭ
12 February 2017
މިރާއްޖެ މިދަނީ އެދިމާ އައް.
ސިންތިލީ ވޫމް
12 February 2017
މިގަމުވެސް ތިޔަހާލަތައް ދާން މާކަގިނަ ދުވަހެއްނުނަގާނެ ދެނެއް!!!!
ހަސަންއަލީ
12 February 2017
ރައްޔިތުން ގުބޯ ހައްދަން ރާއްޖޭގެ އިންފްރާޝްރަކްޗާ ޕްރޮޖެކްޓްތަކަށް ހަބޭހަށް މި ސަރުކާރުން ޢަމަލު އެކުރަނީ ލަންކާ ކުރި ފަދައިން. ދިވެހިރާއްޖެ މިދާ ރޭޓުން ބޭންކްރަޕްޓް ވާނެ