އިޒްރޭލުން ޣައްޒާގެ ހޮސްޕިޓަލެއްގެ ގޯތިތެރޭ ވަޅުލާފައިވާ ފަލަސްތީނު ބައެއްގެ ހަށިތައް ނަގަނީ. -- ފޮޓޯ: އޭއެފްޕީ
13 ޖޫން 2024 - 06:54
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގާފައިވާ ކަމަށާއި މީގެ އިތުރުން އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވެސް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް އދ. އިން ކުރި ތަހުގީގަކަށް ފަހު އިއްޔެ ބުނެފި އެވެ.
މިނިވަން ކޮމިޝަނެއް ކަމަށްވާ، ކޮމިޝަން އޮފް އިންކުއަރީގެ މި ރިޕޯޓަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު ހަމަލާތައް ދޭން ފެށި ފަހުން އދ. އިން ކުރި މިފަދަ އެންމެ ބޮޑު ތަހުގީގެވެ.
ރިޕޯޓްގައި ބުނެފައި ވަނީ އިޒްރޭލުން ހަނގުރާމައިގެ ޖަރީމާ، އިންސާނިއްޔަތާ ހިލާފް އަމަލު އަދި ބައިނަލްއަގުވާމީ ގާނޫނާ ހިލާފް އަމަލުތައް ވެސް ހިނާފައިވާ ކަމަށެވެ. އިޒްރޭލުން ވަނީ އާންމުން އުޅޭ ސަރަހައްދުތަކަށް، ރާވައިގެން ގަސްތުގައި ހަމަލާތައް ދީފައި ކަމަށް ވެސް މި ރިޕޯޓްގައިވެ އެވެ.
"ބައިބަޔަށް މީހުން މެރުން، ފިރިހެނުންނާއި ފިރިހެން ކުދިން މަރައި ފިރިހެން ޖިންސު ނައްތާލަން މަސައްކަތްކުރުން، މަޖުބޫރުން އެކި ތަންތަނަށް މީހުން ގެންދިއުން، ލާއިންސާނީ އަނިޔާކުރުން ފަދަ އަމަލުތައް އިޒްރޭލުން ހިންގާފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގަށް ވަނީ އެނގިފައި،" ރިޕޯޓްގައިވެ އެވެ.
މި ރިޕޯޓަށް ދެކޮޅު ހަދަމުން އިޒްރޭލުން ބުނީ ރިޕޯޓް ހެދި ކޮމިޝަނަކީ އިޒްރޭލާ ދެކޮޅު އަދި ޒާތީ ކޮމިޝަނެއް ކަމަށެވެ.
އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމާސް އިން ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 251 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 37،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
އދ.ގެ ކޮމިޝަނުން ބުނީ ހަމާސް އާއި ފަލަސްތީނުގެ އެހެން ބައެއް ޖަމާއަތްތަކުން ވެސް ހަނގުރާމައިގެ ޖަރީމާ އާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ހިލާފް އަމަލުތައް ހިންގާފައިވާ ކަމަށެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލްް
13 June 2024
އަނގައެއް އޮތަތީ ބުނެވިދާނެ ހަމާސްއިން ހަނގުރާމައިގެ ޖަރީމާ ހިންގިޔޭ. އެކަމަކު ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ހަމާސްއިން ހިންގިކަމަށް ބުނާ އެންމެ ކަމެއްވެސް ނުދެއްކޭ. ޒަޔަނިސްޓު ބައިގަނޑު ދުނިޔެ ކުރިމަތީ ލަދުން ބޮލާފޮށާ އެޅޭތީ އެކަމުން ސަލާމަތްވާން ފާފަޅޮލޭ ވީދެނީ.
ބަދުރު.
13 June 2024
އިޒްރޭލުގެ އާންމު ރައްޔިތުންގެ އެތައް ސަތޭކަ ބައެއްގެ ގަޔަށް ބަޑިޖަހާ މެރިކަމަށް ހަމާސް ވެސް އެއްބަސްވޭ. ދުނިޔެ އެކަމަށް ހެކިވޭ. ބަޔަކާ ޒާތީވިއަސް ތިއީ ބޮޑުވަރު، އިޒްރޭލު ހުރިހާ އެންމެނަކީ ޔަހޫދީންނެއް ނޫން. ޔަހޫދީން ކިއަނީ ތައުރާތުގެ ހުކުމްތައް އޮޅުވާލި ޖަމާޢަތަށް. މުސްލިމުންގެތެރޭގައި ވެސް ގުރުއާނުގެ މާނަ އޮޅުވާ މީހުން އުޅޭ، އާންމުންގެ ގަޔަށް ބަޑިޖެހުމަކީ ބަލައިގަނެވޭނެކަމެއް ނޫން،. އިޒްރޭލަކީ އަނިއާވެރި ނުބައި ބައެއްކަން ދުނިޔެ ދަންނާނެ.
ރަދީފު ބިން ރަފައިދާ
13 June 2024
އިޒްރޭލުން ބޭތުވެދިޔަ 75 އަހަރު ހިންގި ޖަރީމާތައް ކޮބާ؟ ޖަރީމާގެގޮތުން ހަމާސްއަށް އަދި ނުކުރެވެއެއްނު ކަމެއް.
އެހެންވެ
13 June 2024
އެއީ އިޒުރޭލުން ހިންގާފަ ހުރި ޖަރީމާތަށް ގިނަކަމުން އެކަމާލަދުން އެވާހަކަ ދައްކާއިރު އެބަޖެހޭ ކޮންމެހެންވެސް ހަމާސްގެ ވާހަކަވެސް ދައްކަން..ހަމައެކަނި ހަމާސްގެ ވާހަކަ ދެއްކީމަ މުޅި ދުނިޔެވެސް މަލާމާތްކުރާނެއެއް ނުން ދޯ.