ދުނިޔެ / ޔަހްޔާ ސިންވާރް

ސިންވާރު އޮންނެވީ އިޒްރޭލުން ބުނި ގޮތަށް ބިންގަރާހަކު ނޫން

ހަމާސް ޖަމާއަތުގެ ވެރިޔާ ޔަހްޔާ ސިންވާރް (މ) އޭޕްރީލް 14، 2023 ގައި ގުދުސް ދުވަސް ފާހަގަކުރުމަށް ޣައްޒާގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: އޭއެފްޕީ

18 އޮކްޓޯބަރ 2024 - 10:09

4 comments

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ދިން ކުއްލި އަދި ވަރުގަދަ ހަމަލާތަކަށް ފަހު "ގެއްލުނު" ހަމާސްގެ ޣައްޒާ އޮފީހުގެ ވެރިޔާ ޔަހްޔާ ސިންވާރް ހަމާސްގެ ވެރިޔަކަށް ހަމަޖެއްސީ މީގެ ދެތިން މަސް ކުރިންނެވެ. ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ އެކު ސިންވާރަށް މަތިވި ޒިންމާތަކާ އެކު އޭނާ އަވަހާރަކޮށްލަން އިޒްރޭލުން ކުރި މަސައްކަތް ވަރުގަދަކޮށް ފުޅާކުރި އެވެ.

އިޒްރޭލުން ބުނަމުން އައީ ސިންވާރު އުޅުއްވަނީ އިޒްރޭލުގެ ރަހީނުން އިންސާނީ އައްޑަނައަކަށް ހަދައިގެން ޣައްޒާގެ ޓަނަލްތަކުގެ ތެރޭގައި ބިރުން ފިއްލަވައިގެން ކަމަށެވެ.

އެކަަމަކު މިދިޔަ ބުދަ ދުވަހު އިޒްރޭލު ސިފައިން ދިން ހަމަލާތަކެއްގެ އަމާޒަކީ އުމުރުން 61 އަހަރުގެ ސިންވާރުކަން ވެސް އިޒްރޭލަށް އެނގުނީ އެއް ދުވަސް ފަހުންނެވެ.

ޔަހްޔާ ސިންވާރު

ސިންވާރު އަވަހާރަވީ ޣައްޒާގެ ދެކުނުގައި އިޒްރޭލުގެ ޕެޓްރޯލަކުން އާންމުކޮށް ޕެޓްރޯލްކުރާ އުސޫލުން ކުރަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހު ހަމާސްގެ ހަނގުރާމަވެރިންގެ ބަޔަކާ ހިނގި ކުރިމަތިލުމެއްގަ އެވެ. އިޒްރޭލުން ހަމަލާ ދިނީ ހަމަ އާދައިގެ ހަނގުރާމަވެރިންގެ ދެތިން މީހަކަށެވެ. އެތަނުގައި ސިންވާރު ހުންނެވި ނަމަ އޭނާގެ ސަލާމަތީ ކަންކަމަށް ބޮޑު ފައުޖެއް އޮންނާނެ ކަމަށާއި ހާމަ ބިމުގައި އިޒްރޭލު ސިފައިން އަބަދު ޕެޓްރޯލްކުރާ ތަނެއްގައި ސިންވާރު އެހެން އުޅެފާނެ ކަމަކަށް އިޒްރޭލުން ގަބޫލެއް ނުކުރެ އެވެ.

އަވަހާރަވެފައި އޮތް އިތު ހަނގުރާމައިގެ ހަތިޔާރާއި އެފަދަ ހާލަތަކަށް ބޭނުންވާނެ ހުރިހާ އެއްޗެއް ހުއްޓެވެ.

ރޫޓީން ޕެޓްރޯލެއްގައި ނޭނގި ކުރެވުނު ކަމެއް

އިޒްރޭލުގެ ދިފާއީ ބާރުތަކުން ބުނީ އެ ގައުމުގެ 828 ވަނަ ބިސްލާމަޗް ބްރިގޭޑްގެ ޔުނިޓަކުން ބުދަ ދުވަހު ރަފާގެ ސަރަހައްދެއް ކަމަށްވާ ތަލް އަލް ސުލްތާން ޕެޓްރޯލް ކުރަމުން ދިޔަ ކަމަށެވެ.

މި ޕެޓްރޯލްގައި ސިފައިންނަށް ތިން ހަނގުރާމަވެރިއަކު ފެނި، ހަމަލާ ދޭން ފެށީ އެވެ. އެ އެންމެން ވެސް މަރުވިކަން ކަށަވަރުކުރި އެވެ.

އެ މަރުހަލާގައި މި ދެވުނު ހަމަލާއާ ބެހޭ ތަފާތު އެއްވެސް ކަމެއް ނުފެނެ އެވެ. ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ވެސް ސިފައިން އެ ތަނަށް ގޮސް ނުވެސް ބަލަ އެވެ.

އިއްޔެ ގޮސް ބެލިއިރު، އޭގެ ތެރެއިން އެއް ހަށިގަނޑަކީ ހަމާސްގެ ލީޑަރާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް ހުރި ހަށިގަނޑެއް ކަން ފާހަގަވެ އިތުރަށް ބަލަން ފެށީ އެވެ.

އެއީ ސިމްވާރުކަން ކަށަވަރުކުރަން އިނގިލީގެ ބައެއް ނަގައި ޑީއެންއޭ ޓެސްޓު ކުރަން ފޮނުވި އެވެ. އަދި ފަހުން ހަށިގަނޑު ނަގައި އިޒްރޭލަށް ގެންދިޔަ އެވެ.

ޔަހްޔާ ސިންވާރު: އޭނާ އަވަހަރަކޮށްލީ ހަނގުރާމައިގެ މައިދާނުން

އައިޑީއެފްގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނީ ސިފައިންނަށް "ސިމްވާރު ހުރިކަން ނޭނގުނު ނަމަވެސް ލިބިފައި ހުރި މައުލޫމާތަށް ބަލައި ހަރަކާތްތެރިވަމުން ދިޔަ" ކަމަށެވެ.

އޭނާ ބުނި ގޮތުގައި ސިފައިން ހަމަލާ ދިނީ އެއް ގެއިން އަނެއް ގެއަށް ދުވަމުން ދިޔަ ތިން މީހުން ދެނެގަތުމަށް ފަހު އެވެ.

އެއީ "ސިންވާރު"

އިޒްރޭލުން އެންމެ ފުރަތަމަ އިއުލާނުކުރީ ޣައްޒާގައި ސިންވާރު އަވަހާރަވި ކަމަށް ބެލެވޭތީ އެކަން ބަލަމުން އަންނަ ކަމަށެވެ.

މިކަން އިއުލާނުކުރިތާ އިރުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ހަމާސްގެ ލީޑަރާ ވަރަށް އެއްގޮތް ސިފަތަކެއް ހުރި މީހެއްގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި އޮތެވެ.

ނަމަވެސް އޮފިޝަލުން ވަނީ "މި މަރުހަލާގައި" މަރުވި ތިން މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ވަނަވަރު ކަށަވަރު ނުކުރެވޭ ކަމަށް ބުނެފަ އެވެ.

ޓެސްޓުތަކަށް މާ ގިނަ އިރެއް ނުވެ އެވެ. ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވަނީ ސިންވާރު "ނައްތާލާފައިވާ" ކަން ކަށަވަރުވެފައިވާ ކަމަށް ބުނެފަ އެވެ.

ސިންވާރު އަވަހާރަކޮށްލާފައި ވަނީ ސީދާ އޭނާއަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ނޫން ނަމަވެސް އައިޑީއެފް އިން ބުނީ އޭނާ ހުރިކަން އިންޓެލިޖެންސަށް ބެލެވޭ ސަރަހައްދުތަކުގައި ހަރަކާތްތެރިވާތާ ހަފުތާތަކެއް ވެެއްޖެ ކަމަށެވެ.

ސިންވާރު ނުފެނިގެން އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ހަމާސްގެ އެހެން ލީޑަރުން ކަމަށްވާ މުހައްމަދު ދާއިފް އާއި އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާއި، އިޒްރޭލަށް 7 އޮކްޓޫބަރުގައި ދިން ހަމަލާގެ ނުރުހުމާ އެކު އިޒްރޭލުގެ ޕްރެޝަރު އިތުރުވަމުންދާކަން ސިންވާރަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ.

ހަމާސް ޖަމާއަތުގެ ވެރިޔާ ޔަހްޔާ ސިންވާރް (މ) އޭޕްރީލް 14، 2023 ގައި ގުދުސް ދުވަސް ފާހަގަކުރުމަށް ޣައްޒާގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: އޭއެފްޕީ

އައިޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ހަފުތާތަކުގައި، ޣައްޒާގެ ދެކުނުގައި ހިންގި އޮޕަރޭޝަންތަކުގެ ސަބަބުން ސިންވާރުގެ އޮޕަރޭޝަނަލް މޫވްމަންޓަށް ހުރަސް އެޅި ސިފައިން އޭނާގެ ފަހަތުން ގޮސް އޭނާ ނައްތާލުމަށް މަގުފަހިވީ ކަމަށެވެ.

މިއީ ނިމުމެއް ނޫން

ސިންވާރު އަވަހާރަކޮށްލުމަކީ އިޒްރޭލަށް ލިބުނު ހިތްހަމަޖެހުމެއް ނަމަވެސް އޭނާގެ ނިމުމަކީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމެއް ނޫނެވެ.

ބޮޑުވަޒީރު ނަތަންޔާހޫ ބުނީ ހަނގުރާމަ ކުރިއަށް ދާނެ ކަމަށާއި ހަމާސް ޖަމާއަތުގެ ބަންދުގައި އަދިވެސް ތިބި 101 މީހުން ސަލާމަތް ކުރަން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށެވެ.

"ހިތާމާގައި ތިބި ޢާއިލާތަކަށް އަޅުގަނޑު މިދަންނަވަނީ، މިއީ ހަނގުރާމައިގެ ވަރަށް މުހިންމު ވަގުތެއް. ތިޔަ ހުރިހާ ލޯބިވާ މީހުން، އަޅުގަނޑުމެންގެ ލޯބިވާ އެންމެން ވެސް ގެއަށް އަންނަންދެން އަޅުގަނޑުމެން ފުރިހަމަ ބާރުގައި ދެމިތިބޭނަން."

4 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 85%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޞުތާންތޭ

18 October 2024

ޓެރަރިސްޓް އިޒްރޭލުގެހުރިހާ ބާރަކީ ޓެރަރިސްޓް އެމެރިކާ. ޢެމެރިކާގެ ފައިސާއާއި ހަތޔާރަކީ އިޒުރޭލުގެބާރު. ވުމާއެކު، އެމެރިކާގެ އެޖެންސީތަކާ، އިދާރާތަކާ، ގްރޫޕްތަކުންރާވާ ޓްރޭނިން ޕްރޮގްރާމްތަކާ، ލެކްޗަރތަކަށް، ނޫނެކޭ ބުނަމާހިނގާ.

The name is already taken The name is available. Register?

ހަންނާނު

18 October 2024

ޔަހޫދީންނަށް އަދިވެސް މުސްލިމުން ދަހެއް ނުވޭ. މުސްލިމުންނަކީ ވެރިކަމުގައި ބަގުޑިބައްދައިގެން ފިލާތިބޭނެ ބައެއް ނޫން. މުސްލިމުންގެ އެންމެ ބޮޑު އުއްމީދަކީ ޝަހީދެއްގެ ދަރަޖަ ލިބުން. އިންސާނާ ކިތަންމެ ބޭނުން ނުވިޔަސް މަރުވާނެ ކަން މުސްލިމުން ދަނޭ.

The name is already taken The name is available. Register?

އެޗް އެމް

18 October 2024

އެއީ ސިންވާރު ނޫންކަމަށް އަހަރެން ނިންމައިފިން. އެއީ ސިންވާރުގެ ފޮޓޯ ކޮޕީއެއް ނޫނީ ކްލޯންޑް ބޮޓެއް. އެއީ އަހަރެން ގަބޫލުކުރާ ގޮތް.

The name is already taken The name is available. Register?

ޑީިޑީި

18 October 2024

ސިންވާރަކީ މަހުމޫދު އައްބާހެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454