ީ ލަންކާގައި 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ ދަތިކަމުގެ ތެރޭގައި، ކިއޫގައި ޖެހިގެން މީހަކު ޕެޓްރޯލް ގަނެގެން ދަނީ. -- ފޮޓޯ: އޭއެފްޕީ
24 އެޕްރީލް 2025 - 06:07
މާލީ ދަތިކަން ކުރިމަތިވެފައިވާ ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ހަލުވިކަމާ އެކު ކުރިއަރަމުން ދިޔަ ނަމަވެސް އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ދިރިއުޅެމުން ދަނީ ފަގީރުކަމުގެ ތެރޭގައި ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން ބުނީ މިދިޔަ އަހަރު ލަންކާގެ އިގްތިސާދީ ކުރިއެރުން 4.4 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް އެ އަދަދު ފަހަނަޅައި 5 ޕަސެންޓަށް ކުރިއެރުން ދިޔަ ކަމަށެވެ. މިއީ 2022 ވަނަ އަހަރު ލަންކާގެ އިގްތިސާދަށް ކުރިމަތިވި ބޮޑު ހީނަރުކަމަށް ފަހު ލިބުނު ފުރަތަމަ ކުރިއެރުމެވެ.
"އިގްތިސާދު ކުރިއަރަމުން ދިޔަ ނަމަވެސް ލަންކާގެ ގިނަ ބަޔަކު އަދިވެސް އުޅެން ޖެހިފައިވަނީ ދަތިކޮށް ... ފަގީރުކަމުގެ ނިސްބަތް 24.5 ޕަސެންޓުގައި ހުރި އިރު މިއީ ކަންބޮޑުވާންޖެހޭ މިންވަރެއް،" ލަންކާއާ ބެހޭ ގޮތުން ވޯލްޑް ބޭންކުން އާންމުކުރި އަޕްޑޭޓްގައި ބުނެފައިވެ އެވެ.
"މަސައްކަތްތެރިންގެ ބާޒާރު އަދިވެސް ހަލަބޮލިވެ، މީހުން ގައުމުން ބޭރުގައި ފުރުސަތުތައް ހޯދަމުން އަންނައިރު ހިޖުރަކުރުން އިތުރުވެގެންދޭ. ގޭބިސީތަކަށް ލިބޭ އާމްދަނީ އާއި ވަޒީފާ އާއި ޖުމްލަ ވެލްފެއާ އަދި ވެސް އޮތީ އިގްތިސާދީ ކާރިސާގެ ކުރިން އޮތް މިންވަރަށް ވުރެ ދަށުގައި."
އެ ބޭންކުން ބުނީ މުސާރަތައް އަދިވެސް ހުރީ 2019 ވަނަ އަހަރު ވެސް ހުރި ރޭޓްތަކުގައި ކަމަށެވެ. އެ ހިސާބުން ފެށިގެން، ފަގީރުކަން [ދުވާލެއްގެ މައްޗަށް 3.65 ޑޮލަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހުން] ވަނީ ދެ ގުނަ އިތުރުވެފައި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރުގެ ކުރިއެރުން 3.5 ޕަސެންޓަށް ދަށްވާނެ އެވެ.
ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ އިމްޕޯޓަށް ފައިނޭންސް ކުރުމަށް ބޭރު ފައިސާ ހުސްވުމުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ލަންކާއިން ވަނީ 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުދެއްކި ބަނގުރޫޓުވެފަ އެވެ.
އެ ދުވަސްވަރު ކުރިމަތިވި ދަތިކަމާ އެކު އާންމުން ފެށި މުޒާހަރާތައް ހޫނުވެ އޭރުގެ ރައީސް ގޮޓާބެ ރާޖަޕަކްސަ އިސްތިއުފާ ވެސް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
24 April 2025
ރާއްޖޭގައިވެސް ފަގީރުކަން ބޮޑެވެ. އެކަމު އެކަން ނުފެންނަނީ މީހުން އެހީވާތީ އެވެ. ކުލި ކަރަންޓް ބިލް ފެން ބިލް ނުދެއްކޭ މީޙުން ގިނަ އެވެ. އެކަމު ދިވެހީންނަކީ ހިތް ހެޔޮ ބަޔަކަށް ވާތީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީވަނީ އެވެ. ވީމާ ހަގީގަތް އޮންނަީ ފޮރު ވިފަ އެވެ.
ހަސަނު
24 April 2025
ސިޔާސީ ވެރިން ކުފޫ ހަމަ ނުވާ ބޮޑެތި މަގާމު ތަކާ ހަވާލުވެ ނާޗަރަންގީ ކުޅުނީމާ ހުރިހާ ގެއްލުމެއް ލިބޭނީ ގައުމުގެ އެންމެ ނިކަމެތި ރައްޔިތުންނަށް. ކިތަންމެ ބޮޑު ގެއްލުމެއް ދިނުމަށްފހުވެސް ސިޔާސީ ވެރިން ތިބޭނެ، އެމީހުން ލާރި ހޯދާނެ.
ޢަލްޓިކޯ
24 April 2025
ވާނުވާ ވެރިން ގައުމުތަކާ ހަވާލުވީމަ ވާގޮއި...ބައެއްގައުމުތަކުގަ ވުޒާރާތައް ހިންގަންލަނީ ވެސް ޓީވީ ޕްރެޒެންޓަރުން ނާ ޓީޗަރުން ވިއްޔާ މިނިސްޓްރީ ތައް ހިންގަންލަނީ ފޮރިން ޕާސްޕޯރޓް އޮން ދެ އޮޑިއަށް ފައިނަގައިގެންތިބި މީހުން ދެންނިކަން ގައުމީ ކުލުނު ހުންނާނެ ވަރު ވިސްނާލާ
މަބުނީ
24 April 2025
ސަބްސިޑީއަށް ބަރޯސާވެ ދިރިއުޅޭނީ. މުސާރަ ހެދަކުރަނީ މަޖާކުރަން. ޚޮދީއާ ސިގިރެޓާ ޗުއްޓީހެދުން. ފުރަތަމަ ރައްޔިތުން އިސްލާހުވަންވީ.
ޗޫޤީ
24 April 2025
ލަންކާގައި ފަގީރުކަން އާންމު ނުވިއްޔާ ދެރައެއްނު، އެގައުމުގެ ވެރިކަން ކުރި މީހުން ވެރިކަމުން ފައިބައިގެން ދިޔައީ ދައުލަތުގެ ޚަޒާނާ ލޫޓުވާލާފައި. ވީމާ ލަންކާއަށް ދިމާވި ފަދަ ކަމެއް މިގައުމަށް ދިމާވުމުގެ ކުރިން ފިލާވަޅު ލިބިގަނެ މިގައުމުގެ ރައްޔިތުން އިސްލާހު ވާންޖެހޭ. އެންމެ ފުރަތަމަ ކޮރަޕްޝަނަށް ނޫނެކޭ ބުނަން ޖެހޭނީ ރައްޔިތުން. ކޮރަޕްޓު ރައްޔިތުން ގިނަ ތަނެއްގައި އުފެދޭނީ ކޮރަޕްޓު ސަރުކާރުތައް.