އިޒްރޭލުގެ މަޝްހޫރު ޖާސޫސް އެލީ ކޯހެން: އޭނާއާ ގުޅޭ ސާމާނުތައް ސީރިއާގައި ފޮރުވާފައި ވަނިކޮށް އިޒްރޭލުން ވަނީ ވަގަށް ނަގާފައި.
19 މެއި 2025 - 05:52
ސީރިއާގައި 1965 ވަނަ އަހަރު ދަންޖެއްސި އިޒްރޭލުގެ މަޝްހޫރު ޖާސޫސް އެލީ ކޯހެންއާ ގުޅޭ 2،500 އަށް ވުރެ ގިނަ ޑޮކިއުމެންޓާއި ފޮޓޯތަކާއި އޭނާގެ އަމިއްލަ އެތައް ސާމާނެއް އިޒްރޭލުގެ ސިއްރު އޮޕަރޭޝަނެއްގައި ވަގަށް ނަގައި އިޒްރޭލަށް ގެންގޮސްފި އެވެ.
"ސްޓްރެޓެޖިކް ޕާޓްނާ ސާވިސްއަކާ ގުޅިގެން މޮސާޑުން ހިންގި އުނދަގޫ، ސިއްރު އޮޕަރޭޝަނެއްގައި އެލީ ކޯހެންއާ ގުޅޭ ސީރިއާގެ ރަސްމީ އާކައިވް މިހާރު ވަނީ އިޒްރޭލަށް ގެނެސްފައި،" އިޒްރޭލުގެ އެކްސްޓާނަލް އިންޓެލިޖެންސް އެޖެންސީއަށް އިޝާރާތްކޮށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"މި ތަކެތީގެ ތެރޭގައި ސީރިއާގެ ޖާސޫސީ އިދާރާއިން އެތައް ޒަމާނެއް ވަންދެން ރައްކާތެރިކަމާ އެކު ބަހައްޓާފައި ހުރި އެތައް ހާސް އެއްޗިއްސެއް ހިމެނޭ،" އެ ބަޔާނުގައި ވެ އެވެ.
ކޯހެން އަކީ ސީރިއާގެ ސިޔާސީ އަދި އަސްކަރީ އިސް ވެރިންނާ އެކު ވަރުގަދަ އަދި ގާތް ގުޅުމެއް އުފައްދައި، ޖާސޫސް ކުރުމުގެ އޮޕަރޭޝަނެއްގައި ހަތަރު އަހަރު ހޭދަކުރި މީހެކެވެ. އެކަމަކު އެންމެ ފަހުން އޭނާ ފަޅައިއެރުމުން ހައްޔަރުކޮށް މެއި 18، 1965 ގައި އާންމުންގެ ތެރެއަށް ނެރެ އެންމެން ކުރިމަތީ ދަންޖައްސައި މަރާލީ އެވެ.
"އެލީ ކޯހެން އަކީ ލެޖެންޑެއް. އެއީ އިޒްރޭލުގެ ތާރީހުގައި ވެސް އެންމެ ކުޅަދާނަ އިންޓެލިޖެންސް އެޖެންޓުކަން އޭނާ ވަނީ ސާބިތުކޮށްދީފައި،" ނަތަންޔާހޫގެ ބަޔާނުގައިވެ އެވެ.
އިނގިރޭސި އެކްޓަރު ސަޗާ ބެރޮން ކޯހެން ކުޅުނު ނެޓްފްލިކްސް މިނިސީރީޒް "ދަ ސްޕައި" އަކީ ކޯހެންގެ ވާހަކަ ކިޔައިދޭ ސީރީޒްއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލިއާ
19 May 2025
ލޮލް ވަގަށް ނެގީކީ ނޫން، ސިރީޔާ ވެރިޔަކަށް މިހާރު ހުރީ މޮސާޑެއް. އިޒްރޭލް މޮޅުކޮށްފަށް ޕަބްލިކް ހައްދާލައިފަައި ޑެލިވަރ ކޮށްދިނީ
އިސްމާލި
19 May 2025
ތި އިޒްރޭލުން ވަގަށް ނެގީކީ ނޫން. ސީރޔާގައި މިހާރު ވެރިއަކައް ހުރި ޔަޙޫދީންގެ ގޮނޑިކޮއްކޮ، ކުރީގެ އައިސިސް ޓެރަރިސްޓު، ނަމަވެސް މިހާރު ހުދު ކާފޫރައްވެފައިވާ އެމެރިކާގެ އެކުވެރި ޖޮލާނީ ހިތުން ރުހުމުން ދިނީ ކަމަށް ވާނީ. ސީރިއާ ގެ ބިންތައްވެސް ހަނަ އެހެން އިޒްރޭލައް އެބަ ދޭ.
ދޮން
19 May 2025
ޖިހާދުގެ ނަމުގައި ރާއްޖެއާއި ބޭރު ޤައުމުތަކުގެ މީހުންގޮސް ހަނގުރާމަކޮށް އަސަދުގެ ވެރިކަން ވައްޓާލުމުގެ ނަތީޖާ އަކީ އިޒުރޭލުން އިސްލާމީ ޝަޤާފީ ކިއްލާއެއްކަމުގައިވި ސީރިޔާ އަށް ބޮންއަޅާ ޤައުމު ފުޑާލުން އަދި ބޭނުން އިރަކު ބޭނުން ކަމެއް ސީރިޔާގައި ކުރުން ، މިހާރު ޖިހާދުގެ ނަމުގައި ހަނގުރާމަ ކުރި ވެރިޔާ މިވަނީ ހުޅަގުގެ އެޖެއްޓަކަށް ، ހިތާމައިގެ ކޮޅެއްނެތް .
ހާހަަ
19 May 2025
ކޮންމެ މީހަކީ ޖިހާދުގެ އަދި ބޭރު ދުނިޔޭގެ ސިޔާސީ އެކްސްޕާޓެއް މިރާއްޖޭގަ