އިރާނުން ދިން މިސައިލް ހަމަލާގައި ތެލްއަވީވްގައި ހުރި އިމާރާތެއް ހަލާކުވެފައި: އެމެރިކާގެ ހަމަލާތަކަށްފަހު މިއަދު އީރާނުން ދިން ހަމަލާތަކެއް ވެސް އިޒްރޭލަށް ވަނީ އަމާޒުވެފައި --- ފޮޓޯ/އޭއެފްޕީ
22 ޖޫން 2025 - 12:26
އީރާނާއި އިޒްރޭލުން ދެމުންދާ ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ އިން ވަދެ، އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ރޭ ހަމަލާ ދިނުމުން ރައްދުގައި އީރާނުން އިޒްރޭލަށް ދިން ހަމަލާގައި 16 މީހަކަށް އަނިޔާވެއްޖެ އެވެ.
އިޒްރޭލުން އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރަމުން ދަނިކޮށް ރޭ އެމެރިކާ އިން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. އިތުރު ހަމަލާތައް ވެސް ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭގެ ފަހުން ދެއްވި އެވެ.
ރައްދުގައި އީރާނުގެ 27 މިސައިލް ހަމަލާއެއް އިޒްރޭލްގެ ހައިފާ އާއި ތެލްއަވީވަށް އަމާޒުވި ކަމަށް އިޒްރޭލް ސިފައިންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުންޏެވެ. އެ ހަމަލާތަކުގައި މަދުވެގެން 16 މީހަކަށް އަނިޔާވެފައިވާ ކަމަށް އިޒްރޭލްގެ ސިފައިންނާ ހަވާލާދީ ރިޕޯޓުތަކުގައިވެ އެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން މިއީ އީރާންގެ އެހާ ގިނަ މިސައިލް ހަމަލާތަކެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަމާޒުވި ފުރަތަމަ ފަހަރެވެ. މި ފަހަރު ބައިގަޑިއިރުގެ ތެރޭގައި އެ ހުރިހާ ހަމަލާތަކެއް އިޒްރޭލްގެ އެކި ތަންތަނަށް އަމާޒުވި އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނިގޮތުގައި ހައިފާ އާއި ތެލްއަވީވްގެ އިތުރުން އިޒްރޭލްގެ ބެންގުރިން އެއާޕޯޓާއި ބައެއް ރިސާޗް ފެލިސިޓީތަކަށް ވެސް މިއަދު ވަނީ ހަމަލާ ދީފަ އެވެ. އިޒްރޭލްގެ އެންމެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
އެމެރިކާއިން ދިން ހަމަލާތަކާ އެކު ވެސް، އީރާންގެ ހަމަލާތަކެއް އިޒްރޭލަށް އަމާޒުވަމުން ދާއިރު، އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ ވަނީ އެއްވެސް ގައުމަކުން ދޭ އިންޒާރަކަށް އީރާނުން ތަބާނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސްތީ
23 June 2025
އަލްޙަމްދު ލިއްﷲ، ސާބަހޭ އީރާން. މިފަހަރު ޓްރަމްފް އާއި ނަތަންޔާހޫއޭ ކިޔާ ދެދައްޖާލަށް ކުޅިސަމާ ދައްކާލަންވާނެ. މާތް ﷲ އީރާނަށާއި އިސްލާމްދީނަށް ނަޞްރު ދެއްވާށި، އާމީން
ްަލީ123
22 June 2025
އިރާނު މީހުންނަށް މިފެންވަރުގެ މިސައިލް ހެދެންޏާ މޮޅެތި ފޯނާއެއްޗެހި އުފައްދާގެން މުއްސަނދި ބާރުހުރި ބަޔަކަށް ވެވިދާނެ.
ކައުންސެލަރު......
22 June 2025
އީރާނަށް ނަސްރު ދެއްވާށި! އާމީން
ރަދީފްއޮފިޝަލް /
22 June 2025
ސާބަަހޭ އިރާން.ރަނގަޅަށް ވާންކޮށްފަ ބަހައްޓާތި.
ފޫހި
22 June 2025
އިޒްރާއީލް ފުޑާލާތި. މި ފަދަ އެހެން ފުރުޞަތެއްނުލިބޭނެ. އަދި ޗައިނާއާއި ރަޝިޔާވެސް ބައިވެރިކުރާތި.
ޑެބީ
22 June 2025
ބަރާބަރު. އިސްރާއިލުގެ އެއާޕޯޓާއި އަސްކަރީ ބޭސްތަކާއި މޮސާޑުގެ ހުރިހާތަނެއްވެސް ބިމާ ހަމަކުރާތި.