ޖަޕާނުގެ ހޮކާއިޑޯއަށް ސުނާމީގެ ރާޅުތައް އަރަނީ
30 ޖުލައި 2025 - 07:58
ރަޝިޔާ ކައިރިއަށް 8.7 މެގްނިޓިއުޑްގައި އައި ބިންހެލުމަށް ފަހު ޖަޕާނާއި ރަޝިޔާގެ އެކި ހިސާބުތަކަށް ސުނާމީ އަރަން ފަށައިފި އެވެ.
ޖަޕާނުގެ އެންޗްކޭ އިން ބުނީ ކަމްޗަޓްކާ ޕެނިންސިއުލާގައި އޮންނަ ޕެޓްރޯޕަވްލޮވްސްކްގެ އިރުން ގާތްގަނޑަކަށް 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) އަޑިއަށް އައި ބިންހެލުމަށް ފަހު ޖަޕާނަށް އައި ސުނާމީގެ ފުރަތަމަ ރާޅުތަކުގެ އުސްމިނުގައި 30 ސެންޓިމީޓަރު ހުރި ކަމަށެވެ.
މި ރާޅުތައް އެރީ އުތުރުގެ މައި ރަށެއް ކަމަށްވާ ހޮކައިޑޯއަށެވެ. ނަމަވެސް އެންއެޗްކޭއިން ބުނީ ރާޅުތައް އަދި ވަރަށް ބޮޑަށް އުސްވެ ނުރައްކާވެދާނެ ކަމަށެވެ.
Drone footage shows the aftermath at the port of Severo-Kurilsk, Russia following the tsunami. pic.twitter.com/ZF3WKiQMA4
— Faytuks Network (@FaytuksNetwork) July 30, 2025
ރަޝިޔާގެ ބަނދަރުމަތީ އަވަށެއް ކަމަށްވާ ސެވެރޯ-ކުރިލްސްކް އަށް ސުނާމީ އަރައި ފެނު އަޑީގައި
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރު ދީފައިވާ ގޮތުގައި ޖަޕާނުގެ އުތުރާއި އިރުމަތީގެ މުޅި އައްސޭރިފަށަށް ތިން މީޓަރު އުސްމިނުގައި ރާޅު އަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ދެކުނުން އޮސާކާ ކައިރީގައި ވާކަޔާމާއާ ހަމައަށް ރާޅު އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
ރަޝިއާގެ އިރުމަތީ އައްސޭރިފަށަށް ވެސް ސުނާމީ އަރައި، ގާތްގަނޑަކަށް 2،000 މީހުން ދިރިއުޅޭ ބަނދަރުމަތީ ސަރަހައްދެއް މިހާރު އޮތީ ފެނު އަޑީގައި ކަމަށް ރަޝިއާގެ އިމަޖެންސީ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
First tsunami waves beginning to break along the coast of Hokkaido, Japan. #earthquake pic.twitter.com/kNy9amXGnL
— Scott (@RandomHeroWX) July 30, 2025
ޖަޕާނުގެ ހޮކައިޑޯއަށް ސުނާމީގެ ފުރަތަމަ ރާޅުތައް އަރަނީ
"ސުނާމީގައި، ބަނދަރުމަތީ އަވަށެއް ކަމަށްވާ ސެވެރޯ-ކުރިލްސްކްގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ... މިހާރު ވަނީ އެތަނުން މީހުން ހުސްކޮށްފައި،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ރަޝިއާގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ރަށުގެ އިމާރާތްތައް ވަނީ ފެނުން އަޑީގަ އެވެ.
BREAKING:
— Visegrád 24 (@visegrad24) July 30, 2025
A series of large tsunami waves are now hitting Russia after an 8.7 magnitude earthquake pic.twitter.com/QxUgzpZfst
ރަޝިޔާގެ ސަރަހައްދަކަށް ސުނާމީގެ ރާޅުތައް އަރަނީ
މިއަދު އައި ބިންހެލުމަކީ 1952 ވަނަ އަހަރުގެ ފަހުން އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް، ބިންހެލުން ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.
އެމެރިކާގެ ހަވާއީ ސްޓޭޓަށް ވެސް ސުނާމީ އަރާނެ ކަމަށް ބެލެވޭތީ އެތަނުގައި ވަނީ ވަނީ ކުއްލި ހާލަތު އިއުލާނުކޮށް ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިއުމުގެ މަސައްކަތް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަލޯ
30 July 2025
30 ސެންޓިމީޓަރު އެއީ 1 ފޫޓު ހާދަބޮޑޭމީ
އެޗް އެމް
30 July 2025
ސުނާމީ، ބިންހެލުން، ތޫފާން ފަދަ ނުރައްކާތައް ކުރިމަތިވަނީ ބަސްނައަހާ ގޯސް މީހުން އުޅޭ ސަރަހައްދުތަކަށް ކަމަށް ބުނެ އުޅޭ.
raajje
30 July 2025
ސުނާމީއާ މިފަދަ ގުދުރަތީ ހާދިސާތައް އަދި ހަނގުރާމަތައްއޮތީ ކުރިޔަށް، ހަނގުރާމައިގާ ބައިވެރިނުވެ ހަނގުރާމައިގެ ސަބަބުން އެންމެބޮޑަށް ދަތިވެ ހާލުގައިޖެނޭނެ އެއްބަޔަކީ ދިވެހިން، މިކަމުގެ "އައިއޯޕަނިންގ" އެއް އިޒުރޭލާ އެމެރިކާއަށް އިރާނުން ރައްދުދޭންފެށުމުން ފުލައިޓުތައް ހިނދުކޮޅަކަށް މެދުކަނޑާލީމާވީގޮތްއެއީ! ހަނގުރާމަނުވެސްނިމޭ، އިޒުރޭލާ އެމެރިކާއަށް ގޮތްހުސްވެގެން މެދުކަނޑާލީ، ހަނގުރާމަ އަދިފެށޭނެ، އިނުނަށްވުރެން މާބޮޑުދިގުދެމެިގެންދާ ހަނގުރާމައެއް
އުދަ އުތަ
30 July 2025
30 ސެންޓިމީޓަރ ދޯ!
އަފްރާސިޔާބު
30 July 2025
މިރާއްޖޭގައި އާދައިގެ ކުދި ރާޅެއްގައިވެސް 30 ސެންޓިމީޓަރު ހުންނާނެ. އެހެންވީ ބިންގަނޑު ގުޑުމަކުން މާބޮޑު ރާޅެއް ނުއުދޭތާ؟ މަށަށްހީވަނީ ލޯ ކުދި ވީމާ ރާޅުވެސް ކުދި ވަނީ ހެން.
ސޔބ ބއޕ.
30 July 2025
ފުރަތަމަ ރާޅުގެ ވާހަކަ އެ ދައްކަނީ، ދެން ކުދީ ކޮން ރާޅެއްތޯ ބަލަންތިބެމާ، ރޯނުއެދުރުން.