ގަތަރުގައި ހުންނަ އިމާރާތަކަށް އިޒްރޭލުން ހަމަލާ ދިނުމުން ދުން އަރަނީ. -- ފޮޓޯ: އޭއެފްޕީ
09 ސެޕްޓެމްބަރ 2025 - 20:44
އިޒްރޭލުން މިއަދު ގަތަރުގެ ވެރިރަށް ދޯހާގައި ދިން ހަމަލާތަކަކީ ގުދުސްގައި އިއްޔެ ބަޑިޖަހައި ފަސް މީހަކު މަރާލުމުން ދިން ހަމަލާތަކެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރި އިޒްރޭލް ކާޒް އާއި ނަތަންޔާހޫގެ ގުޅިފައިވާ ބަޔާނެއްގައި ބުނީ ގައުމުން ބޭރުގައި އުޅުއްވާ ހަމާސްގެ ލީޑަރުންނަށް ހަމަލާ ދިނުމުގެ ތައްޔާރީތައް ވާން އެންގީ ގުދުސްގައި އިއްޔެ ބަޑިން ހަމަލާދީ ބަޔަކު މަރާލި ހާދިސާއަށް ފަހުގައި ކަމަށެވެ.
"މިއަދު މެންދުރު، އޮޕަރޭޝަނުގެ ކާމިޔާބީ ބޮޑުވާނެ ގޮތަށް ބަލައިގެން މިކަން ތަންފީޒުކުރުމަށް ޑިފެންސް މިނިސްޓަރާއި ބޮޑުވަޒީރު އެންގީ ރޭގެ ވަގުތެއްގައި،" ބަޔާނުގައިވެ އެވެ.
އިރުމަތީ ގުދުސްއަށް ވަންނަ މައި ގޭޓް ކައިރީ ދިން ބަޑީގެ ހަމަލާތަކެއްގައި ފަސް މީހަކު މަރާލާފައި ވާއިރު އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
އިޒްރޭލުން ގަތަރުގައި ހަމަލާ ދިނީ އެ ގައުމުގައި ހަމާސްގެ ލީޑަޝިޕްގެ ބޭފުޅުން އުޅުއްވާ ތަންތަނަށް ކަމަށް ގަތަރު ސަރުކާރުންނާއި ހަމާސްގެ އޮފިޝަލުން ވެސް ވަނީ ވިދާޅުވެފަ އެވެ.
މި ހަމަލާތައް ދިނީ ހަމާސްގެ ލީޑަރުން އެކި ގައުމުތަކުގައި އުޅޭ ކަމަށާއި އެ މީހުންނަށް ވެސް ހަމަލާ ދޭނެ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން އިންޒާރު ދިންތާ ދެ ހަފްތާއެއް ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން
10 September 2025
އެމެރިކާ އެންމެ ބޮޑު އަސްކަރީ މަރުކަޒު ހަދައިގެން ކާފަރުންގެ ހިމާޔަތް ލިބޭނެކަމަށް އަރަބި ވެރިން ދެކި ފައިސާ ގުނަށް ތިބެވިއްޖެ ، މިހާރު މިހާރަށް ޤަތަރުން އެމެރިކާގެ ހީލަތްތެރި ސިފައިން ބޭލުމަށް ގޮވާލަން
ރަދީފްއޮފިޝަލް / ބަތަންޔާހޫ ފޮސްކަލޯ
09 September 2025
ނަތަންޔޫ ތޯ ބަލަގެން ހިށު ތަގޭ އަަޖަލަ ޖެހޭނެއި ޝެރޯނަށް ވަނި ނިކަމެތި ހާލަތި ކަކިޑަށްގޮތެ އޮވެ.އިންޝާﷲ.
ކަޓަން
09 September 2025
ދެން މިމީހުން ފަލަސްތީނު މީހުން އުޅޭ ކޮންމެތާކަށް ހަމާހޭ ބަނޑޭ ހަންގަޑޭ ކިޔާފަ ބޮން އަޅަންވީދޯ. ބޮޑު ބ ކަހަލަ އ ތަކެއް ތި ޔަހޫދީންނަކީ.