އިޒްރޭލުން ރޭ ޣައްޒާއަށް ދިން ހަމަލާގައި ޝަހީދުވި ބަޔަކަށް އާންމުން ކަށުނަމާދު ކުރަނީ: އިޒްރޭލުން މިއަދު ވަނީ ހަމާސްގެ އެއްވެސް ލީޑަރަކަށް އެއްވެސް ތަނެއްގައި ހިމާޔަތެއް ނޯންނާނެ ކަމަށް ބުނެ އިންޒާރު ދީފައި. -- އޭއެފްޕީ
29 އޮކްޓޯބަރ 2025 - 15:42
ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތް ނުލިބޭނެ ކަމަށާއި "ސޫޓް ލީ މީހުންނާއި ބިންގަރާހުގައި ތިބި މީހުންނަށް" ވެސް އޮތީ އެ ގޮތް ކަމަށް އިޒްރޭލުން ބުނެފި އެވެ.
ޣައްޒާގައި ހަމަލާ ދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވެފައިވާ ކަމަށް ބުނެ ރޭ ދިން ވަރުގަދަ ހަމަލާތަކަށް ފަހު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނީ "ޓެރަރިސްޓް ހަމާސް ޖަމާއަތުގެ އެއްވެސް ލީޑަރަކަށް ހިމާޔަތެއް ނޯންނާނެ" ކަމަށެވެ. ގަތަރާއި އެހެން ގައުމުތަކުގައި ތިބި ހަމާސްގެ ބައެއް ލީޑަރުންނަށް ވެސް އިންޒާރު ރައްދުކުރަމުން ކާޒް ބުނީ "ސޫޓް ލައިގެން ތިއްބަސް" އަދި "ބިންގަރާހުގައި ތިއްބަސް" ހިމާޔަތް ނޯންނާނެ ކަމަށެވެ.
"އިޒްރޭލު ސިފައިންގެ މީހަކާ ދެކޮޅަށް އުފުލައިފި ކޮންމެ އަތެއް ބުރިކޮށްލާނަން. ހަމާސްގެ އަމާޒުތަކަށް ހަމަލާ ދިނުން ކުރިއަށް ގެންދަން އޮންނަނީ ސިފައިންނަށް އަންގާފައި،" ކާޒްގެ ހަރުކަށި އިންޒާރުގައި ބުންޏެވެ.
ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް އިޒްރޭލުން އިންޒާރު ދީފައި ވާއިރު ގަތަރަކީ އޮކްޓޫބަރު 7، 2023 އިން ގައި އިޒްރޭލާއި ހަމާސްއާ ދެމެދު ފެށި ހަމަލާތައް ނިމުމަކަށް ގެނެސް އިޒްރޭލުގެ އަސީރުން މިނިވަންކުރުމަށް މެދުވެރިއެއްގެ ދައުރު އެންމެ ބޮޑަށް އަދާކުރި ގައުމެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމަށް ޔަގީންކަން ދިން ގައުމުތަކުގެ ތެރޭގައި ވެސް ގަތަރު ހިމެނެ އެވެ.
އިޒްރޭލުން ވަނީ ސުލްހައިގެ މަޝްވަރާގައި ހަމާސްގެ ފަރާތުން ބައިވެރިވާ ލީޑަރުން ގަތަރުގައި މަޝްވަރާކުރަމުން ގެންދަނިކޮށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެތަނަށް ވެސް ހަމަލާ ދީފަ އެވެ. އެކަމަކު އެ ހަމަލާއާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ނުރުހުންވެ އިޒްރޭލަށް ފާޑު ވިދާޅުވެފަ އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެ، ޓްރަމްޕުގެ 20 ނުކުތާގެ ހުށަހެޅުމަށް ހަމާސް އާއި އިޒްރޭލުން އެއްބަސްވީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އީމަން
02 November 2025
ހަމާސްގެ ލީޑަރުން ނޫޅޭ ކަލޭމެން ފަރާތުން ހިމާޔަތް ބޭނުންވެގެން. އިޒްރޭލް އަކީ ބައިނަލްޢުވާމީ ކޯޓް އޮފް ޖަސްޓިސްގަ ޣަތުލްއާނމުގެ މައްސަލަ ބަލާ ސާބިތުވެ ޢަތުލްއާނމުގަ ބައިވެރި އެންމެނަށް ގިސޯސް ހުކުން އިއްވާނެ މީހުން ! ޖަޖްމަންޓް އިން ނިއުރެންބާޢް 2.0 ބަލަން މުޅި ދުނިޔެ ހުރީ ކެއްމަދުވެފަ !
ފޫހި
30 October 2025
ކަލޭމެން އެންމެންގެ އަތްބުރިކުރާއިރު ދެން ތިބި މީހުންވެސް ކަލޭމެންގެ އަތް ބުރިކުރާނެ. ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ކަލޭމެންގެ ދެ އަތް އަދި ބުރިވާނެ. ތިޔައީ ނުބައި ކަން ބޮޑު ފިތުނައާއި މަކަރާއި އޮޅުވާލުން ދުނިޔޭގައި އެންމެ ބޮޑު ބައިގަނޑު. ޔާ ﷲ މި ޒައިނިސްޓް އިޒްރާއީލް ބަލިކަށި ކުރައްވާންދޭވެ. އާމީން.
ނަމެއް
29 October 2025
ގުއިރޯނުގަ ޖެހިފަ އެތިބީ. މިހާރުދެން ބާގެއިން ކުރާނެ އެއްވެސް އެއްޗެއްވެސް ނެތް.
ބަހު
30 October 2025
ކެކެކެކެ. ހަމާސް ނައްތާލަން ކަމަށްވަނީ ހަނގުރާމަ ފެށީ. ދެއަހަރު އެންމެ މޮޅު ހަތިޔާރުގައި އެތައް އަހަރެއްވަންދެން ބަންދު ކޮށްގެން އުޅުނު ބަޔަކާ ހަނގުރާމަކޮށް އިސްރާއީލަށް ކާމިޔާބެއް ނުލިބުނު. ހަމާސްއިން އަބަދުވެސް އެބުނަނީ ވާހަކަ ދައްކައިއެން ކަމަށް. ހަމާސްއިން ބުނިގޮތައް ހެދީމަ ހަނގުރާމަ ހުއްޓުނީ
ކަބައްޑި
29 October 2025
ކުރިން ހިމާޔަތްދީގެންތަ އުޅުނީ؟