ދުނިޔެ

އިޒްރޭލުން އެހީވާ، ހަމާސްއާ ދެކޮޅު ގޭންގު ލީޑަރު މަރާލައިފި: ރިޕޯޓް

ފަލަސްތީނުގެ ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް، އިޒްރޭލުގެ މަދަދާ އެކު ހަރަކާތްތެރިވަމުން ދިޔަ ގޭންގުގެ ލީޑަރު ޔާސިރު އަބޫ ޝަބާބް

04 ޑިސެމްބަރ 2025 - 22:29

1 comments

ފަލަސްތީނުގެ ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް، އިޒްރޭލުގެ މަދަދާ އެކު ހަރަކާތްތެރިވަމުން ދިޔަ ގޭންގުގެ ލީޑަރު ޔާސިރު އަބޫ ޝަބާބް މަރާލާފައިވާ ކަމަށް އިޒްރޭލުގެ އެކި ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން ބުނެފި އެވެ.

އުމުރުން 35 އަހަރުގެ ޔާސިރު މަރާލީ "އެތެރޭގެ ހަމަނުޖެހުމެއްގެ ތެރޭގައި" ކަމަށް ސީއެންއެން އަށް ވާހަކަ ދެއްކި މީހުން ބުނެފައިވެ އެވެ.

އެކަމަކު ސީއެންއެން އިން ބުނި ގޮތުގައި ޔާސިރުގެ ދަށުން މަސައްކަތްކުރާ ޣައްސާން އަލް ދަހީނީގެ ނަމުގައިވާ ފޭސްބުކް އެކައުންޓަކުން ވަނީ ޔާސިރު މަރު ނުވާ ކަމަށް ބުނެ ސީއެންއެން އަށް މެސެޖުކޮށްފަ އެވެ.

އިޒްރޭލުގެ ދެ މަސްދަރަކުން ސީއެންއެން އަށް ކިޔައިދީފައިވާ ގޮތުގައި ޔާސިރަށް ހަމަލާ ދިނުމުން އޭނާ އިޒްރޭލުގެ ހޮސްޕިޓަލަކަށް ގެންދަން އިޒްރޭލުން މަސައްކަތްކުރި އެވެ. އެކަމަކު އޭގެ ކުރިން އޭނާ މަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އިޒްރޭލުން ރާވާފައި އޮތީ ޣައްޒާގައި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާގައި، ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފަށާއިރު ޔާސިރުގެ "ޕޮޕިއުލާ ފޯސް" އެ މަސައްކަތުގެ ތެރޭގައި ބޭނުންކުރަން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔާސިރުގެ މި ގޭންގުން ވަނީ ޣައްޒާ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލްކޮށް އަދި އެހީގެ ސާމާނު އުފުލާ ބައެއް މަގުތައް ވެސް އެ މީހުންގެ ބާރުގެ ދަށުގައި ގެންގުޅެފަ އެވެ.

ޔާސިރު ހޯދަން ހަމާސް އިން ވަނީ މަސައްކަތްކޮށްފަ އެވެ. އަދި އޭނާ ހަމާސްއާ ހަވާލުވުމަށް ވެސް މިދިޔަ ޖުލައި މަހު ހަމާސް އިން އިއުލާނުކުރި އެވެ. ނަމަވެސް އޭނާގެ މަރުގެ ރިޕޯޓްތަކާ ގުޅިގެން ހަމާސް އިން އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ހަމާސްއާ ގުޅުން އޮންނަ ޖަމާއަތަކުން ޓެލެގްރާމްގައި ޕޯސްޓްކުރި މެސެޖެއްގައި "އަހަރެމެން ކުރިން ވެސް ބުނިހެން، އިޒްރޭލުން ހިމާޔަތެއް ނުލިބުނު" ކަމަށް ބުނެފައިވެ އެވެ.

ޣައްޒާގެ އެކި މެސެޖިން ގްރޫޕްތަކުގައި ޔާސިރުގެ މަރާ ގުޅިގެން އާންމުން އުފާ ފާޅުކުރާ މަންޒަރުގެ ފޮޓޯ އާއި ވީޑިއޯ ގެންދަނީ ދައުރުކުރަމުންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ގޭންގަށް އިޒްރޭލުގެ އަސްކަރިއްޔާއިން އެހީވާ ކަމަށް އެއްބަސްވެފަ އެވެ.

ޔޫރަޕިއަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް (އީސީއާރް) ތިންކް ޓޭންކުން ބުނެފައިވަނީ ޔާސިރަކީ ޣައްޒާއަށް ގެންދާ އެހީގެ ތަކެތި ވަގަށް ނެގުމުގެ ޖަރީމާތައް ހިންގާ ގޭންގެއްގެ ލީޑަރު ކަމަށް ބެލެވޭ ހެކިތައް ގިނަ ކަމަށެވެ. އެކަމަކު އެހީގެ ސާމާނު ވަގަށް ނެގުމުގެ ތުހުމަތު އިޒްރޭލުން ކުރަމުން ދިޔައީ ހަމާސް އަށެވެ.

އީސީއާރުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަބޫ ޝަބާބު މީގެ ކުރިން ވެސް ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި ހަމާސް ޖަމާއަތުން ޖަލަށް ލައިފަ އެވެ. އދ.ގެ އެހީގެ ގާފިލާތަކަށް ދިން ހަމަލާތައް ހުއްޓުވުމުގެ ތެރޭގައި ހަމާސް އިން އޭނާގެ ކޮއްކޮ މަރާލާފައިވާ ކަމަށް ވެސް ބުންޏެވެ.

ތެލް އަވީވްގައި ހުންނަ މޮޝޭ ދަޔާން ސެންޓަރުގެ ފަލަސްތީނުގެ މައްސަލަތަކުގެ ސްޕެޝަލިސްޓެއް ކަމަށްވާ މައިކަލް މިލްޝްޓެއިން އޭއެފްޕީއަށް ވިދާޅުވެފައިވާ ގޮތުގައި ޔާސިރަކީ މިސްރުގެ ސައިނާއީ ޕެނިންސިއުލާ އާއި ޣައްޒާ ވަކިކުރާ ބޯޑަރު ހުރަސްކޮށް ފެތުރިފައިވާ ބަދަވީ ގަބީލާއަކާ ގުޅިފައިވާ ބައެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މަސްތުވާތަކެތީގެ ވިޔަފާރި އާއި އެފަދަ ހުރިހާ ކުށުގެ އަމަލުތަކެއް ހިންގަމުންދާ ބައެކެވެ.

މިލްޝްޓެއިން ވިދާޅުވީ އަބޫ ޝަބާބަކީ ޣައްޒާގެ ޖަލެއްގައި ދުވަސްތަކެއް ހޭދަކޮށްފައިވާ މީހެއް ކަމަށާއި ދާދި ފަހުން އޭނާގެ ގަބީލާގެ ލީޑަރުން ވަނީ އެއީ އިޒްރޭލާ ގުޅިގެން އުޅޭ ގޭންގްސްޓާރެއްގެ ގޮތުގައި ކަނޑައަޅައި އޭނާއާ ގުޅުން ކަނޑާލާފައި ކަމަށެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަގީގަތްް

05 December 2025

މިވަރުގެ ނުބައި ޖައްބާރަކުވެސް އެމެރިކާއާއި، އިސްރާއީލޭ ކިޔައިގެން އުޅޭ ބައިގަނޑާއި ޔޫރަޕަށްް ނުވާނެ ޓެރަރިސްޓަކަށްވެސް އަދި މުޖުރިމަކަށްވެސް. އެއީ އެމީހުންގެ ފައިބުޑަށް ވެއްޓި، އެމީހުންގެ ޕަޕެޓަކަށް ވެގެން އުޅޭހާ ހިނދެއްގަ. އެކަމަކު ހެޔޮނުބައި ވިސްނި، އިސްލާހްވެ، މި ބައިގަނޑަށް ފުރަގަސްދޭ ހިސާބުން އެމީހަކު ވާނީ ބޮޑުބިޔަ ޓެރަރިސްޓަކަށް. މީ ފެންނަން އޮތް ހާމަކަން ބޮޑު ހަގީގަތެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454