އިންޑިއާގެ ވެރިރަށް ނިއު ދިއްލީން ވެސްޓް ބެންގަލްގެ ބަގްޑޯރާ އަށް ދަތުރުކުރި އިންޑިގޯގެ މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރާ އެކު އިމަޖެންސީގައި ޖައްސައިފި އެވެ.
މިއަދު ހެނދުނު ދަތުރު ފެށި ފްލައިޓަށް ދިން އިންޒާރާ އެކު އިމަޖެންސީގައި ޖެއްސީ ލަކްނޯގަ އެވެ. ފުލުހުން ބުނި ގޮތުގައި ބޯޓުގައި ތިބި 222 މީހުން ރައްކާތެރިކަމާ އެކު ބާލައި ބޯޓު ފާސްކުރި އިރު ޓިޝޫކޮޅެއްގައި ހިންދީ ބަހުން "ބޯޓުގައި ބޮމެއް" ކަމަށް ބުނެ ލިޔެފައިވާ ޓިޝޫކޮޅެއް ވަނީ ފެނިފަ އެވެ.
އަހަރު ނުވާ އަށް ކުދިން ވެސް ދަތުރުކުރި ފްލައިޓް 6E-6650 އަށް އިންޒާރުގެ މެސެޖު ލިބުނީ ހެނދުނު 8:46 ގައި ކަމަށާއި އިމަޖެންސީގައި ޖެއްސީ 9:17 ކަމަށް އެއާލައިނުން ބުންޏެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ލަކްނޯގެ އެއާޕޯޓެއްގައި ބޯޓު ޖައްސައި، މީހުން ހުސްކޮށް، ވަކިން ޕާކްކޮށްފައި ބޭއްވުމަށް ފަހު މުޅި ބޯޓު ވަނީ އެއްކޮށް ފާސްކޮށްފަ އެވެ.
ބޯޓުން ބޮމެއް ނުފެނުނު ކަމަށާއި އޮތީ "ބޯޓުގައި ބޮމެއް" ކަމަށް ބުނެ ޓިޝޫކޮޅެއްގައި ލިޔެފައިވާ ނޯޓެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އިންޑިއާގައި މަތިންދާބޯޓުތަކަށް ބޮމުގެ އިންޒާރު ދިނުމުގެ މައްސަލަ މީގެ ދުވަސްކޮޅެއް ކުރިން ވަރަސް ބޮޑުވި އެވެ.