ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް

ވޮޝިންޓަން (ޖުލައި 1) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތާ ދެކޮޅަށް ގައުމުގައި ކުރަމުންދާ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ އެވެ.


ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ ދެކޮޅަށް 630 އަށް ވުރެ ގިނަ އިވެންޓް ވަނީ ރާވައިފަ އެވެ. މުޒާހަރާތަކަށް ނުކުތް މީހުން ވަނީ ގަވާއިދާޚިލާފަށް އެމެރިކާ އަށް އެތެރިވި މީހުންގެ ތެރޭން މެކްސިކޯ ބޯޑަރު ކައިރިން ވަކިކޮށްފައިވާ އާއިލާތައް އަލުން ގުޅުވައި ދިނުމަށް ގޮވާލައިފަ އެވެ. ޓްރަމްޕުގެ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން 2،000 އަށް ވުރެ ގިނަ ކުޑަ ކުދިން ވަނީ އެ ކުދިންގެ މައިންބަފައިންނާ ވަކިކޮށްފަ އެވެ.

އެންމެ ބޮޑެތި މުޒާހަރާތައް ބާއްވާފައި ވަނީ ނިއު ޔޯކް، ވޮޝިންޓަނުގަ އެވެ. އަދި އެހެން ބައެއް ސިޓީތަކުގައި ވެސް ވަނީ މުޒާހަރާތައް ބާއްވައިފަ އެވެ.

ޓްރަމްޕުގެ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން މެކްސިކޯ-އެމެރިކާ ބޯޑަރު ގަވާއިދާ ޚިލާފަށް ހުރަސްކުރާ ކޮންމެ މީހަކު ހައްޔަރު ކުރެ އެވެ. މި ގޮތަށް ހައްޔަރު ކުރާ މީހުންނާ އެކު ކުޑަ ކުދިން ނުބޭތިއްބޭތީ އެ ކުދިން ވަނީ އާއިލާތަކާ ވަކިކޮށްފަ އެވެ. އެކަމަކު ގައުމުގެ އެތެރޭންނާއި ބޭރުން ކުރިމަތިވި ޕްރެޝަރުތަކާ ގުޅިގެން ޓްރަމްޕް ވަނީ އެ ސިޔާސަތު މިހާރު އުވާލައިފަ އެވެ.

މުޒާހަރާތައް އިންތިޒާމްކުރި ފަރާތްތަކުގެ ތެރޭގައި އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން، ލީޑަޝިޕް ކޮންފަރެންސް އޮން ސިވިލް އެންޑް ނޭޝަނަލް ޑޮމެސްޓިކް ވޯކާސް އެލަޔަންސް ހިމެނެ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ