ކޮޗިން އެއާޕޯޓް ބަންދު ކުރަން ޖެހުނީ އެއާޕޯޓުގައި ފެންބޮޑުވުމުން.
15 އޯގަސްޓް 2018 - 13:14
ކޮޗިން (އޮގަސްޓް 15) - އިންޑިއާގެ ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުގައި ފެންބޮޑުވުމުން އަންނަ ހޮނިހިރު ދުވަހު 2 ޖެހުމާ ހަމައަށް އެއާޕޯޓް ބަންދުކޮށްފި އެވެ.
އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެއާޕޯޓް ބަންދުކުރީ ފެންބޮޑުވެ އޮޕަރޭޝަންތަކަށް ދަތިވުމުން ކަމަށެވެ. އެއާޕޯޓުގެ ރަންވޭ އާއި ޕާކިން އޭރިއާގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. ކޮޗިންގެ ރޭލް ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.
ކޮޗިންގެ ގިނަ އަވަށްތަކުގައި ވަނީ މިއަދާއި މާދަމާ ރަތް އެލާޓް ނެރެފަ އެވެ.
ކެރަލާގެ ޗީފް މިނިސްޓަރު އިއްޔެ ވިދާޅުވީ މިއީ 1924 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓުގައި މިހާ ވަރަށް ފެންބޮޑުވި ފުރަތަމަ ފަހަރު ކަމަށެވެ. ކެރަލާ އަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ވަނީ 42 މީހުން މަރުވެފަ އެވެ. އަދި ހަތަރު މީހުން ވަނީ ގެއްލިފަ އެވެ. ފެންބޮޑުވުމުގެ ގެއްލުން ލައްކައަކަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިކަލޯ
15 August 2018
ކޮންބައެއްބާ ބަޔަކަށް ޤުދުރަތީގޮތުން ކުރިމަތިވި ކާރިސާ އަކާއި ގުޅިގެން އުފާ ފާޅުކުރަނީ ؟