ސީރިއާ އިން އައި އެމެރިކާގެ މުސްލިމް ނޫސްވެރިޔާ ތުރުކީން ހައްޔަރުކޮށްފި

އަންކާރާ (ސެޕްޓެމްބަރު 1) - އެމެރިކާގެ މުސްލިމް ނޫސްވެރިއަކު އަސްކަރީ ޒޯނަކަށް ގަވާއިދާ ޚިލާފަށް ވަދެފައިވާ ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ޔަގީންކޮށްދީފި އެވެ.


ތަރުޖަމާން ޖޯން ކިރްބީ ވިދާޅުވީ ސީރިއާ އިން އައި ނޫސްވެރިޔާ ލިންޑްސޭ ސްނެލް ތުރުކީން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު ކުރީކޮޅު ކަމަށެވެ. ފްލޮރިޑާގެ މީހެއް ކަމަށްވާ ސްނެލްގެ ފޭސްބުކުގައި ދާދި ފަހުން ބުނެފައި ވަނީ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ ޖަބްހަތުން ނުސްރާ އިން ކިޑްނެޕްކޮށްފައި ކަމަށެވެ. އަދި ތުރުކީ އަށް އެތެރެވީ ފިލައިގެން ކަމަށް ވަނީ ބުނެފަ އެވެ.

ސްނެލް ބަންދުކޮށްފައި ހުރީ ތުރުކީގެ ދެކުނުގެ ހަތާޔް ޕްރޮވިންސްގަ އެވެ. ކިރްބީ ވިދާޅުވީ މިދިޔަ މަހު 6 ވަނަ ދުވަހު އޭނާ ހައްޔަރު ކުރި ނަމަވެސް އެމެރިކާގެ އޮފިޝަލުންނަށް އޭނާ އަށް ބައްދަލުކުރެވުނީ ތިން ހަފުތާ ފަހުން، އޮގަސްޓް 26 ގައި ކަމަށެވެ.

އެމެރިކާގެ ފްލޮރިޑާގެ ނޫސްވެރިޔާ ބުނެފައި ވަނީ އޭނާ ދިރިއުޅެނީ އިސްތަންބޫލްގައި ކަމަށް. --ފޮޓޯ:ފޭސްބުކް

ސްނެލް ބުނެފައިވާ ގޮތުގައި އޭނާ އަކީ މުސްލިމް ވީޑިއޯ ޖާނަލިސްޓެކެވެ. ޖަބްހަތުއް ނުސްރާ އިން އޭނާ ބަންދުކޮށްފައި ހުރީ އެ ޖަމާއަތުގެ މީހެއްގެ އާއިލާގެ ކައިރީގައި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ މީހުން ވަނީ އޭނާ ފޯނު ބޭނުން ކުރުމުގެ ހުއްދަ ދީފައި ކަމަށާއި ބަންދުގައި ހުރި ތަން ފޮޓޯ ނަގާއި ވީޑިއޯ ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އަދި ފިލައިގެން ދާން ފުރުސަތު ލިބުނު ކަމަށް ވެސް ބުންޏެވެ.

ތުރުކީ ސަރުކާރާ ގުޅުން އޮންނަ ނޫހަކުން ބުނީ ސްނެލް ހައްޔަރުކުރީ ގަވާއިދާ ޚިލާފަށް ސަރަހައްދީ ރޮނގު ހުރަސް ކުރަން އުޅުމުން ކަމަށެވެ.

ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން އެ ގައުމުން އަނބުރާ ގެންނަން ބޭނުންވެފައިވާ ފަތުހުﷲ ގުލަން ފޮނުވަން ދެކޮޅު ހަދާ މައްސަލާގައި އެމެރިކާ އާއި ތުރުކީގެ ގުޅުން ވަނީ ގޯސްވެފަ އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ