އެމެރިކާގެ ރަހުމެއް ނެތް ފިޔަވަޅުތަކަށް އދ. ގައި ރޫހާނީގެ ނުރުހުން

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 26) - އެމެރިކާ އިން އަޅާފައިވާ އެއްވެސް ރަހުމެއް ނެތް ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުގެ ރައީސް ހަސަން ރޫހާނީ އދ.ގެ ޖެނެރަލް އެސެމްބްލީގައި ފާޑުވިދާޅުވެއްޖެ އެވެ.


ރޫހާނީ ވިދާޅުވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ދެމިއޮތްހާ ދުވަހަކު އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރޫހާނީގެ ބައްދަލުވުމެއް ބޭއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އެވެ.

ރޫހާނީ ވިދާޅުވީ އީރާނާ ދެކޮޅަށް "ތާރީޚުގައި ވެސް އެޅި އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން" އެމެރިކާގެ އޮފިޝަލުން އަމިއްލަ ނަފްސަށް ފަޚުރުވެރިވާ އިރު ޓްރަމްޕުގެ ސަރުކާރުގެ އެއްވެސް އިޚްލާސްތެރި ކަމެއް ނެތް ކަމަށެވެ.

"މި މުޖްރިމުންގެ މު ކުށްތަކަށް އީރާނުން ދުވަހަކު ވެސް މައާފެއް ނުކުރާނަން،" ރޫހާނީ ވިދާޅުވި އެވެ.

ރޫހާނީގެ ތަގްރީރުގެ ކުރިން ވެސް ޓްރަމްޕް ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން ދެކޮޅު ހައްދަވައިފަ އެވެ.

ގަލްފުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާ ސިފައިން ހަރަކާތްތެރިވާން އުޅޭތީ ވެސް ރޫހާނީ ވަނީ ފާޑުވިދާޅުވެފަ އެވެ. އަދި އެމެރިކާ އަށް އިތުބާރު ނުކުރުމަށް ވެސް ރޫހާނީ ވަނީ ގަލްފުގެ ގައުމުތަކަށް ގޮވާލައްވައިފަ އެވެ.

"އެމެރިކާ އަކީ ގަލްފުގެ އަވަށްޓެރިއެއް ނޫން. އަވަށްޓެރިއަކީ އީރާން،" ރޫހާނީ ވިދާޅުވި އެވެ.