މެލޭރިއާ އަށް ދޭ ބޭސް ހައިޑްރޮކްސީކްލޮރޯކްއީން މީހަކު ދައްކާލަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
ވޮޝިންޓަން (އެޕްރީލް 23) - ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި މެލޭރިއާ އަށް ދޭ ބޭސް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން އަކީ ކާމިޔާބު އެއްޗެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަން ސާބިތު ނުވާ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.
މާ ފުޅާ ދާއިރާއެއްގައި ހެދި ދިރާސާއެއް ނޫން ނަަމަވެސް ވެޓެރަންސް ހެލްތު އެޑްމިނިސްޓްރޭޝަން މެޑިކަލް ސެންޓަރުގެ 368 މީހަކަށް ދިން ފަރުވާ ވަނީ ރިސާޗަރުން އެނަލައިޒްކޮށްފަ އެވެ. މި ދިރާސާ އިން ދެއްކި ގޮތުގައި ހައިޑްރޯކްސީކްލޮރޯކްއީން (އެޗްސީކިއު) އާއި އާއްމުކޮށްދޭ ފަރުވާ އެއްކޮށްގެން ދިން މީހުންގެ 28 ޕަސެންޓް ވަނީ މަރުވެފަ އެވެ. އާއްމުކޮށްދޭ ފަރުވާ އެކަނި ދިން މީހުންގެ ތެރޭން މަރުވީ 11 ޕަސެންޓެވެ. އެޗްސީކިއު އާއި އެންޓިބަޔޮޓިކެއް ކަމަށްވާ އެޒިތުރޮމައިސިން ދިން މީހުންގެ ތެރޭން 22 ޕަސެންޓް ވަނީ މަރުވެފަ އެވެ.
ވެންޓިލޭޓަރަށް ލާން ޖެހޭ މީހެއް ނަމަ އެޗްސީކިއު ބޭނުން ކުރި ނަމަވެސް އަންނަ ތަފާތެއް ނެތް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އެޗްސީކިއު ޓްރަމްޕް ޕްރޮމޯޓް ކުރެއްވި ނަމަވެސް ސިއްހީ ތަޖްރިބާކާރުން ބުނެފައި ވަނީ އެއީ ސައެންޓިފިކް ގޮތުން ސާބިތު ކަމެއް ނޫން ކަމަށެވެ. އެޗްސީކިއު އެނެމެ ގިނައިން އުފައްދާ އިންޑިއާ އިން އެ ބޭސް އެކްސްޕޯޓް ކުރުން މަނާކޮށްފައި ވަނިކޮށް ޓްރަމްޕުގެ އެދިވަޑައިގަތުމަކަށް އެ ބޭސް މިހާރު ވަނީ އިންޑިއާ އިން ބައެއް ގައުމުތަކަށް ފޮނުވައިދޭން ފަށައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ފަހުދު
23 April 2020
ހައިޑްރޯކްސީކްލޮރޯކްއީން (އެޗްސީކިއު) އަކީ މަސްޓޭންކު ސާފުކުރަން ވަރައް ކަމުދާއެއްޗެއް.
އެލެކްސް އަހައްމަދު
23 April 2020
ޢިންޑިއާއިން ދިން ބައިލައްކަގުޅަ ބޭސް، ފާޚާނާ ތައްޓަށް އަޅާ ފްލަޝްކޮށްލަންޖެހުނީތާ! ޓްރަމްޕް ދައްކާވަަހަކަ އަޑުއެހީމާވާނީއެހެން.