ރެއާލް މެޑްރިޑްގެ ރައީސް ކަމުން އޭނާ އިސްތިއުފާ ނުދޭނެ ކަމަށް ވިދާޅުވެ ކްލަބުގެ އާ އިންތިހާބެއް ބޭއްވުމަށް ފްލޮރެންޓީނޯ ޕެރޭޒް އިއުލާންކޮށްފި އެވެ.
ވިދިވިދިގެން ދެ ސީޒަނުގައި ބޮޑު ތައްޓެއް ނުހޯދި، ރެއާލް ވަނީ ހުސްއަތާ ނިންމާލަން ޖެހިފަ އެވެ. ކޯޗުން ބަދަލުކޮށްގެން ވެސް ރެއާލްގެ ހާލަތު ރަނގަޅެއް ނުކުރެވުނެވެ. ފަހުން ޓީމުތެރޭގައި ކުޅުންތެރިންގެ މެދުގައި ވެސް އަރާރުންވެ، މާރާމާރީއަކާ ހަމައަށް ވެސް ދިޔަ އެވެ.
ފެންމަތިވި މައްސަލަތަކާ އެކު ރެއާލްގެ ގިނަ އަދަދެއްގެ މެންބަރުންނާއި ސަޕޯޓަރުން ދަނީ ޕެރޭޒް އިސްތިއުފާއަށް ގޮވާލަމުންނެވެ.
ރެއާލް ބަލިކޮށް، ވާދަވެރި ބާސެލޯނާއިން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމުން އުފެދިފައިވާ ހޫނުގަނޑުގެ ތެރޭގައި ޕެރޭޒް، ރޭ ވަނީ ކުއްލި ޕްރެސް ކޮންފަރެންސެއް ބާއްވައި އޭނާ އަށް ފާޑުކިޔާ މީހުންނަށާއި މީޑިއާ އަށް ބަހުގެ ހަމަލާތައް ދީފަ އެވެ.
އޭނާ ވިދާޅުވީ ރެއާލްއާ ދެކޮޅު ހަރަކާތްތަކެއް ހިނގަމުންދާ ކަމަށެވެ. ކްލަބާއި އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް ނޫސްވެރިން ކެމްޕޭނެއް ހިންގަމުންދާ ކަމަށް ތުހުމަތު ކުރި އެވެ. އަދި އޭނާ ކެންސަރު ޖެހިފައިވާ ކަމަށް ބުނެ ބަލިވެ އުޅޭ ކަމަށް ވެސް މީހުން ވާހަކަ ދައްކާކަށް ޕެރޭޒް ވިދާޅުވި އެވެ.
އެ ވާހަކަތަކަކީއެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭނާ ވަނީ ފާޑުކިޔާ ފަރާތްތަކަށް ގޮންޖަހާފަ އެވެ.
"އަހަރެން އިސްތިއުފާއެއް ނުދޭނަން. އަހަރެން މި މަގާމުން ވަކިކުރަން ބޭނުންނަމަ ޖެހޭނީ އަހަރެންގެ ގަޔަށް ބަޑިޖަހަން،" އުމުރުން މިހާރު 79 އަހަރުގެ ޕެރޭޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރެއާލްގެ މިލްކުވެރިންނަކީ ކްލަބް ރަސްމީ މެންބަރުންގެ ގޮތުގައި ތިބި 100،000 މީހުން ކަމަށެވެ. އެކަމަކު ބަޔަކު ރާވައިގެން ކްލަބުގެ މިލްކުވެރިކަން ފޭރިގަންނަން އުޅޭ ކަމަށް އޭނާ ތހުމަތު ކުރި އެވެ.
އޭނާއަށް ކެންސަރު ބަލި ޖެހިފައިވާ ކަމަށް ބުނެ ފަތުރަމުންދާ އަޑުތަކަށް އޭނާ ރައްދު ދިނީ ވަރަށް ހަރުކަށި އިބާރާތުންނެވެ.
"ބައެއް މީހުން ބުނެފި އަހަރެންނަށް މަރުވާ ބައްޔޭ ޓާމިނަލް ކެންސަރު ޖެހިފައޭ. އަހަރެންގެ ސިއްހަތު ހަމަ ރަނގަލު. އަހަރެން ކެންސަރު މަރުކަޒަކަށް ދާނަމަ އެކަން މުޅި ދުނިޔެއަށް އެނގުނީސް ނޫންތަ،" ޕެރޭޒް ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ބައެއް މީޑިއާތަކުން، ޚާއްސަކޮށް ސްޕެއިންގެ މަޝްހޫރު ނޫހެއް ކަމަށްވާ އޭބީސީ ނޫހުން ރެއާލްއަށް ހަމަލާދެމުންދާ ކަމަށް ޕެރޭޒް ތުހުމަތުކުރެއްވި އެވެ.
އޭނާ ވިދާޅުވީ މީޑިއާތަކުން ބޭނުންވަނީ ކްލަބުގެ ތެރޭގައި ހަމަނުޖެހުން އޮތްކަން ދައްކަން ކަމަށެވެ.
"އަހަރެންގެ ބައްޕަގެ ޒަމާނުންސުރެ ކިޔަމުން އައި އޭބީސީ ނޫހުގެ ސަބްސްކްރިޕްޝަން އަހަރެން މިހާރު ކެންސަލްކޮށްފިން. އެއީ އަހަރެންގެ ބައްޕަގެ ޝަރަފުގައި ކުރި ކަމެއް. އޭރުން ބައްޕަވެސް އަހަރެންނަށް ޝުކުރުވެރިވާނެ،" މީޑިއާ އަށް ގަންޖަހަމުން ޕެރޭޒް ވިދާޅުވި އެވެ.
އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަމުން ޕެރޭޒް ވިދާޅުވީ، އޭނާ ހުރީ އަދިވެސް އިންތިޚާބުގައި ވާދަކުރަން ތައްޔާރަށް ކަމަށާއި، އޭނާއާ ވާދަކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެ ފުރުސަތު އެބައޮތް ކަމަށެވެ.
"އަހަރެން މިހާރު މި ގޮވާލަނީ އިންތިޚާބަށް. ކެރޭ ބަޔަކު ހުރިއްޔާ އިންތިޚާބަށް ނުކުމޭ. އަހަރެން މިހުރީ ރެއާލްގެ ހައްގުގައި ކުރިމަތިލާން ތައްޔާރަށް،"
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޕެރޭޒް ފާހަގަކުރެއްވީ، ރެއާލްގެ މިލްކުވެރިންނަކީ ކްލަބުގެ 100،000 މެންބަރުން ކަމަށާއި، ބަޔަކު ރާވައިގެން ކްލަބުގެ މިލްކުވެރިކަން ފޭރިގަންނަން އުޅޭ ކަމަށެވެ. އަދި އޭނާއަށް ކެންސަރު ބަލި ޖެހިފައިވާ ކަމަށް ބުނެ ފަތުރަމުންދާ އަޑުތަކަށް އޭނާ ރައްދު ދިނީ ވަރަށް ހަރުކަށި އިބާރާތުންނެވެ.
"ބައެއް މީހުން ބުނެފި އަހަރެންނަށް މަރުވާ ބަލި (ޓާމިނަލް ކެންސަރު) ޖެހިފައިވާ ކަމަށް. އަހަރެންގެ ސިއްހަތު ހަމަ ސާފު. އަހަރެން ކެންސަރު މަރުކަޒަކަށް ދާނަމަ އެކަން މުޅި ދުނިޔެއަށް އެނގުނީސް ނޫންތަ؟"
ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ބައެއް މީޑިއާތަކުން، ޚާއްސަކޮށް އޭބީސީ (ABC) ނޫހުން ރެއާލްއަށް ހަމަލާދެމުންދާ ކަމަށް ޕެރޭޒް ތުހުމަތުކުރެއްވި އެވެ. އޭނާ ވިދާޅުވީ މީޑިއާތަކުން ބޭނުންވަނީ ކްލަބުގެ ތެރޭގައި ހަމަނުޖެހުން އޮތްކަން ދައްކަން ކަމަށާއި، ނަމަވެސް ރެއާލްއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑް ކަމަށެވެ.
"އަހަރެންގެ ބައްޕަ ކިޔަމުން އައި އޭބީސީ ނޫހުގެ ސަބްސްކްރިޕްޝަން އަހަރެން މިހާރު ކެންސަލްކޮށްފިން. އެއީ އަހަރެންގެ ބައްޕަގެ ޝަރަފުގައި ކުރި ކަމެއް. އޭރުން ބައްޕަވެސް އަހަރެންނަށް ޝުކުރުވެރިވާނެ."
އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަމުން ޕެރޭޒް ވިދާޅުވީ، އޭނާ ހުރީ އަދިވެސް އިންތިޚާބުގައި ވާދަކުރަން ތައްޔާރަށް ކަމަށާއި، އޭނާއާ ވާދަކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ކްލަބުގެ މެންބަރުންގެ ތެރޭގައި ހިމެނޭ "ސްކަލްޕަރުން" ނުވަތަ ޓިކެޓް ބްލެކްކުރާ މީހުންނާއި "އަލްޓްރާސް" ސަޕޯޓަރުންނަށް ކްލަބުގެ ކޮންޓްރޯލް ދޫކޮށްނުލާނެ ކަމަށް ޕެރޭޒް ވިދާޅުވި އެވެ.
"އަހަރެން މިހާރު މި ގޮވާލަނީ އިންތިޚާބަށް. ކެރޭ ބަޔަކު ހުރިއްޔާ އިންތިޚާބަށް ނުކުމޭ. އަހަރެން މިހުރީ ރެއާލްގެ ހައްގުގައި ކުރިމަތިލާން ތައްޔާރަށް،" ރެއާލްގެ ރައީސްކަމުގައި އޭނާގެ ހަތްވަނަ ދައުރު ގުނަމުންދާ ޕެރޭޒް ވިދާޅުވި އެވެ.