ކުޅުންތެރިޔަކު ރިޓާޔާ ކުރާ އުމުރާ ގާތަށް ވެސް، މޮރޮޖޯގެ ޑިފެންޑަރު ނުސައިރު މަޒްރަވީ އަދި ނުދެ އެވެ. ބޮޑު އަނިޔާއެއް އޭނާ އަށް ކުރިމައްޗެއް ނުވެ އެވެ. އެކަމަކު އުމުރުން 28 އަހަރުގައި އޭނާ ކުޅުން ހުއްޓާލަފާނެކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފަ އެވެ. 

މިހާުރު ކުރިއަށްދާ ވޯލްޑް ކަޕްގައި މޮރޮކޯގެ ޑިފެންސްގެ އެއް ތަނބަކީ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރެވެ. ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއާގެ އެންމެ ޕީކްގައި އޭނާ ކުޅުން ހުއްޓާލަނީ ކީރިތި ގުރުއާން ހިތުދަސް ކުރުމަށެވެ. 

ބްރެޒިލްގެ ރަފީނިއާ އަދި މޮރޮކޯގެ މަޒްރަވީ ބޯޅައަށް މަސައްކަތް ކުރަނީ --- ފޮޓޯ: ޖުވެލް ސަމަދު | އޭއެފްޕީ
ބްރެޒިލްގެ ރަފީނިއާ އަދި މޮރޮކޯގެ މަޒްރަވީ ބޯޅައަށް މަސައްކަތް ކުރަނީ --- ފޮޓޯ: ޖުވެލް ސަމަދު | އޭއެފްޕީ

މޮރޮކޯގެ ފުޓްބޯޅައިގެ ރަން ޖީލުގެ މި ކުޅުންތެރިޔާ ބުނީ ދިރިއުޅުމަކީ ވަރަށް ކުރު ހަޔާތެއް ކަމަށެވެ. ގުރުއާން ހިތުދަސްކޮށް އިސްލާމީ އިލްމަށް ވަގުތު ހުސްކުރަން އޭނާ ބޭނުންވާ ކަމަށް ބުންޏެވެ. 

އޭނާ ބުނު ގޮތުގައި އޭނާގެ ކުރިއަށް އޮތް ޕެލޭނަކީ ހިފްޡު ކުރުމެވެ.  އަދި އޭގެ ފަހުން ދީނީ އިލްމް އުނގެނި އިމާމަކަށްވުމެވެ. އަދި އެ އިލްމު އެހެން މީހުންނަށް އެ އިލްމު ފޯރުކޮށްދިނުމަކީ އޭނާގެ އަމާޒެކެވެ.  

"ވޯލްޑް ކަޕަށް ފަހު އަހަރެން ކުޅުން ހުއްޓާލަން ނިންމަފާނަން. ދިރިއުޅުމަކީ ކުރު އެއްޗެއް. އަހަރެން ބޭނުންވަނީ ކީރިތި ގުރުއާން ހިތުދަސްކޮށް، ކޮންމެވެސް ދުވަހަކުން މިސްކިތެއްގެ އިމާމަކަށް ވާން،" އޭނާ ބުންޏެވެ.