މިލާން (ޖޫން 29) - އޭސީ މިލާނުގެ ކޯޗަކަށް ސަމްޕްޑޯރިއާގެ ކުރީގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ހަމަޖައްސައިފި އެވެ.
މިލާނުގެ ކޯޗުކަމުން ސީޒަނުގެ ފަހުކޮޅު ސިނިސާ މިހަލޮވިޗް މަގާމުން ވަކިކުރުމަށް ފަހު ސީޒަން ނިމެންދެއް ވަގުތީ ކޯޗަކަށް މަސައްކަތްކުރީ ކްރިސްޓިއަން ބޮރޮއްޗީ އެވެ. މިދިޔަ ސީޒަން ލީގުގެ ހަތް ވަނައިގައި މިލާން ނިންމާލިއިރު އިޓާލިއަން ކަޕުގެ ފައިނަލުން ޔުވެންޓަސް އަތުން ބަލިވީ އެވެ.
ކަޓާނިއާ އަދި ފިއޮރެންޓީނާ އަށް ކުރިން ކޯޗުކޮށްދީފައިވާ މޮންޓެލާ އަކީ އިޓަލީ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ފޯވާޑެކެވެ. އޭނާ ވަނީ ކްލަބް ލެވެލްގައި ސަމްޕްޑޯރިއާ އާއި ރޯމާ އަދި ޕްރިމިއާ ލީގުގެ ފުލަމް އަށް ވެސް ކުޅެފަ އެވެ.
މޮންޓެލާ އަކީ 2014 ވަނަ އަހަރު މަސިމޯ އެލެގްރީ ވަކިކުރި ފަހުން މިލާނާ ހަވާލުވާ ހަތަރު ވަނަ ކޯޗެކެވެ. އޭގެ ފަހުން ކްލަރެންސް ސީޑޯފާއި ފިލިއްޕޯ އިންޒާގީ އާއި މިހަލޮވިޗް އަދި ބްރޮއްޗީ އަށް ވެސް އެ ކްލަބުގެ މެނޭޖްމަންޓުން ބޭނުންވާ ނަތީޖާ ހޯދައިނުދެވުނެވެ.