05 ޖެނުއަރީ 2021 - 11:33
ލަންޑަން (ޖެނުއަރީ 5) - ދާދި ފަހުން އެތުލެޓިކޯ މެޑްރިޑާ އެކު ހަދާފައިވާ އެއްބަސްވުން އުވާލި ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާގެ ސޮއި ހޯދުމުގެ ރޭހުގައި އުޅެނީ އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 32 އަހަރުގެ ކޮސްޓާއާ އެތުލެޓިކޯގެ ކޯޗިން ސްޓާފަކާ މައްސަލަޖެހި އޭނާ އެ ޓީމު ދޫކޮށްލަން ނިންމީ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތް ހަ މަސް ދުވަހަށް އެއްވެސް ބަަދަލެއް ހޯދުމެއް ނެތި އެވެ. ކޮސްޓާ ހޯދަން އިޓަލީ އާއި އިންގްލެންޑްގެ ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު، އޭނާގެ ބޮޑު ޝައުގުވެރިކަމެއް ހުރީ އަލުން ޕްރިމިއާ ލީގުގެ ކްލަބަކާ ކުޅޭށެވެ.
ކޮސްޓާ ގެންދާނެ ކަމަށް މިހާރު އެންމެ ބޮޑަށް ބެލެވެނީ ވުލްވްސް އެވެ. ވުލްވްސްގެ އެއް ވަނަ ފޯވާޑް ރައުލް ހިމެނޭޒްގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ސީދާ ނޭނގޭއިރު ވުލްވްސް އިން ފޯވާޑެއް ގެންނަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަނީ ބުނެފަ އެވެ.
ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ކޮސްޓާ ވެސް ވަނީ އަލުން ޕްރިމިއާ ލީގުގައި ކުޅެލުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ވުލްވްސް އިން އޮތީ ކުރު ކޮންޓްރެކްޓެއްގައި ބޮޑު މުސާރަ ދޭ ގޮތަށް ވެސް ކޮސްޓާ ގެންނަން ތައްޔާރަށެވެ. އެއީ އަންނަ ސީޒަނުގައި އަލުން ޔޫރަޕްގެ މުބާރާތެއްގައި ކުޅެން ބޭނުންވާތީ ރަނގަޅު ފެންވަރުގެ ފޯވާޑެއް ނެތި މި ސީޒަނުގެ ރަނގަޅު ހިސާބެއްގައި ނިންމައިލެވޭނެ ކަމުގެ ޔަގީންކަމެއް ނެތުމުންނެވެ.
ކޮސްޓާ އެންމެ ފުރަތަމަ އެތުލެޓިކޯއާ ގުޅުނީ އުމުރުން 17 އަހަރުގައި 2006 ގަ އެވެ. ލޯން އުސޫލުން ތިން ޓީމަކަށް ކުޅުމަށް ފަހު އޭނާ އެތުލެޓިކޯ ދޫކޮށްލީ 2009 ގައި ރެއާލް ވަލަޑޮލިޑް އަށް ކުޅޭށެވެ. އެއް އަހަރަށް ފަހު އެނބުރި އެތުލެޓިކޯ އަށް ދިޔަ އެވެ. އަދި ހަތަރު އަހަރު ކުޅުމަށް ފަހު އިންގްލެންޑުގެ ޗެލްސީ އަށް ބަދަލުވީ އެވެ. އޭނާ އެތުލެޓިކޯ އަށް ތިން ވަނަ ފަހަރަށް ބަދަލުވީ 2018 ގަ އެވެ.
ޗެލްސީއާ އެކު ޕްރިމިއާ ލީގު ދެ ފަހަރެއްގެ މަތިން ކާމިޔާބުކުރި ކޮސްޓާ ހޯދަން އާސެނަލުން ވެސް މަސައްކަތްކުރެ އެވެ. އާސެނަލުން ބޭނުންވަނީ ކުޑަ މުސާރައެއްގައި ކޮސްޓާ ލައްވައި ސޮއިކުރުވަން ކަަމަށްވާތީ އެ ޓީމުގެ ހުށަހެޅުމާ މެދު އޭނާ ސީރިއަސް ނަޒަރަކުން ނުވިސްނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގި ކޮމިޝަނަރ
05 January 2021
އާސެނަލްއަކަށް ކޮސްޓާއެއް ނުގެނެވޭނެ. އެކުލަބުގެ ޔަހޫދީ އޯނަރު ކޮރެންކޭއަކީ އެވަރުގެ ޚަރަދެއް ކުރަންކެރޭވަރުގެ މީހެއްނޫން. ލަންޑަނުގެ 3 ވަނަކުލަބުގެ އާނަރަކީ އެއަށްވުރެއް މާދަހިވެތި މަހުޖަނެއް.
ގަމަރުއްތަ
05 January 2021
މަވެސް ކޯސްޓާހޯދަންއުޅޭތާ ކޮންދުވަހެއް. މިފެނުނީ.