ދުނިޔޭގެ ކުޅިވަރު / ސްޓީވެން ޖެރާޑް

ލިވަޕޫލަށް ދާނީ ކްލަބް ވެރިންގެ އިތުބާރާ އެކު: ޖެރާޑް

26 ފެބުރުއަރީ 2021 - 10:37

ގްލާސްގޯ (ފެބްރުއަރީ 26) - ލިވަޕޫލް ކޯޗަކަށް އޭނާ ގެންދަން ގިނަ ބަޔަކު ބޭނުންވާނެ ކަމަށާއި އެކަމަކު އެ ޓީމާ ހަވާލުވެވޭނީ ކްލަބްގެ ވެރިންގެ ފުރިހަމަ އިތުބާރު ލިބުމުން ކަމަށް ރޭންޖާސްގެ ކޯޗު އަދި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ބުނެފި އެވެ.

އުމުރުން 40 އަހަރުގެ ޖެރާޑް ކޯޗިން ކެރިއަރު ފެށީ ލިވަޕޫލް ޔޫތު ޓީމުންނެވެ. ޖެރާޑް، ރޭންޖާސްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. ޖެރާޑް އެ ޓީމާ ހަވާލުވީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

މި ސީޒަނުގައި ޖެރާޑްގެ ކޯޗުކަމުގައި ރޭންޖާސް އޮތީ ތަފާތު ފޯމެއްގަ އެވެ. ސްކޮޓްލޭންޑް ލީގުގައި މި ސީޒަނުގައި މިހާތަނަށް ކުޅުނު 30 މެޗުން ރޭންޖާސް ބަލިވެފައިނުވާއިރު، އެ ޓީމު ލީގުގެ އެއް ވަަނައިގައި އޮތީ 18 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ރޭންޖާސް ވަނީ ޔޫރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުން ވެސް ފުރުސަތު ހޯދައިފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ކޮންޓްރެކްޓް ހަމަވާނީ 2024 ވަނަ އަހަރު އެވެ. ކްލޮޕްގެ އެއްބަސްވުން ހަމަވުމުން ލިވަޕޫލާ ދެން ހަވާލުވާނީ ޖެރާޑް ކަމަށް އިނގިރޭސި މީޑިއާ ތަކުން ރިޕޯޓްކުރެ އެވެ.

"ދަ މެއިލް އޮން ސަންޑޭ" ގެ ފަރާތުން ޑެނީ މާފީ ކުރި ސުވާލަކަށް ޖެރާޑް ބުނީ ލިވަޕޫލް ކެޕްޓަނެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ހުރުމުގެ ފައިދާނަގައި އެ ގޮތަށް ޓީމާ ހަވާލުވާން ބޭނުންނުވާ ކަމަށެވެ.

"އަހަންނަށް ގަބޫލުކުރެވިފައި އޮތްގޮތުގައި ވަރަށް ގިނަ ސަޕޯޓަރުން ބޭނުންވޭ (ކްލޮޕަށް ފަހު) އަހަރެން ޓީމާ (ލިވާޕޫލް)އާ ހަވާލުވާން. އެއީ އަހަރެން ގިނަ ދުވަސްތަކެއް ވަންދެން ކްލަބް ކެޕްޓަނަކަށް ހުރީމަ ކަމަށް ވެސް ވެދާނެ،" ޖެރާޑް ބުންޏެވެ.

"އެކަމަކު އެ ހުރިިހާ ކަމަކަށް ވުރެން ބޮޑަށް އަހަރެން ދެކޭ ގޮތުގައި އެންމެ މުހިއްމީ ކްލަބްގެ ވެރިންގެ އިތުބާރު އަހަންނަށް އޮތުން. އަހަންނަކީ ލިވަޕޫލާ ހަވާލުވާން އެކަށީގެންވާ ކޯޗުކަމަށް ލިވަޕޫލްގެ ވެރިން ގަބޫލުކުރުން އެއީ އެންމެ މުހިއްމު ކަންތައް،"

އޭނާ ބުނީ ލިވަޕޫލް ކޯޗަކަށް އޭނާ ގެންދަން ބަލަން ޖެހޭނީ ޓީމުގެ ކުރީގެ ކުޅުންތެރިއެއްގެ ނަޒަރުން ނޫން ކަމަށާއި ކޯޗިންގައި އޭނާ ކުރާ މަސައްކަތަށް ކަމަށެވެ.

އެންމެ ފަހުން ކުޅުނު މެޗުތަކުގައި ލިވަޕޫލްގެ ނަތީޖާތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، އެ ޓީމުގެ ކޯޗުކަމުގައި ކްލޮޕްގެ މުސްތަގުބަލާ މެދު މީޑިއާގައި ވާހަކަ ދެކެވުނެވެ. ދާދި ފަހުން ކްލޮޕް ބުނީ އޭނާގެ ހުރިހާ ފޯކަސް އެއް ހުރީ ލިވަޕޫލަށް ކަމަށާއި ކްލަބްގެ ވެރިންނާ ވެސް އޭނާގެ ގުޅުން ރަނގަޅު ކަމަށެވެ.

ޖަރުމަނުގެ މީޑިއާ ބިލްޑް އިން ރިޕޯޓްކުރާ ގޮތުގައި މި ސީޒަނަށް ފަހު ކްލޮޕް ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު ސްކައިސްޕޯޓްސްގެ ސްޕެނިޝް ފުޓްބޯލް އެނަލިސްޓް ގިލެމް ބަލާގު ބުނީ ލިވަޕޫލާއި ކްލޮޕްގެ ގުޅުން ވަރުގަދަ ކަމަށާއި އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ކްލޮޕް ފުރިހަމަކުރާނެ ކަމަށް ބުނެފަ އެވެ. ހާލަތުގެ ގޮތުން ކުރިއަށް އޮތްތަނުގައި ލިވަޕޫލުން ހުށަހެޅުމެއް ލިބިއްޖެނަމަ އެ ޓީމުގެ ކުރީގެ ކޯޗު ރަފައެލް ބެނިޓޭޒް ވެސް ލިވަޕޫލާ އަލުން ހަވާލުވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބަލާގު ބުންޏެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 30%
The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454