މާލެ ކައިރިން ލޯންޗެއް އެކްސިޑެންޓުވެ ދެ މީހަކަށް ބޮޑެތި އަނިތާކެއް ވެއްޖެ އެވެ. 

އެމްއެންޑީއެފުން ބުނީ ދެ މީހުންނާ އެކު، ދަތުރުކުރަމުން އައި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓު ވެގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެކްސިޑެންޓުވީ ވިލިނގިލިން ގިރިލަންކަންފުއްޓަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަަމަށާއި ލޯންޗު އެކްސިޑެންޓުވީ ވިލިނގިއްޔާ ވަރަށް ކައިރީގައި އޮއްވާ ކަމަށް އެމްއެންޑީއެފުން ބުންޏެެވެ.

އެކްސިޑެންޓުވި ލޯންޗުގެ ކުރީކޮޅު ފުނޑިފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެކްސިޑެންޓުވި ލޯންޗުގެ ކުރީކޮޅު ފުނޑިފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިންނެވެ. އެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ލޯންޗު އެކްސިޑެންޓުވީ ގޮތް ބަލަމުން އަންނަ ކަމަށެވެ. ލޯންޗަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ އެހެން ލޯންޗެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައިކަން އަދި ސާފުނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. 

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުވެގެން ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އެ ދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ އިމަޖަންސީ ރޫމުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އެކަމަކު އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ވިދާޅެއް ނުވެ އެވެ.

 

އެކްސިޑެންޓުވި ލޯންޗަށް ގެއްލުންވެފައި: އޭގައި ތިބި ދެ މީހަކަށް އަނިޔާވެގެން ދަނީ ފަރުވާދެމުން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެކްސިޑެންޓުވި ލޯންޗަށް ގެއްލުންވެފައި: އޭގައި ތިބި ދެ މީހަކަށް އަނިޔާވެގެން ދަނީ ފަރުވާދެމުން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކްސިޑެންޓުގައި އެ ލޯންޗު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެ ލޯންޗުގެ ކުރީކޮޅު އެއްކޮށް ވަނީ "ފުނޑުފުނޑުވެފަ" އެވެ.