25 ޖުލައި

July 25, 2019 7
ބަރެސްދޫ ޕްރޮޖެކްޓަށް ލިބުނު ފައިސާއެއް ނެތް:ރާއިދު

ބަރެސްދޫ ޕްރޮޖެކްޓުން ލިބުނު ފައިސާ ބޭނުންކުރީ ހިޔާނާތުގެ އެކި ކަންކަމަށް ކަމަށާއި ބުކިން ފީ އަށް ލިބުނު ހުރިހާ ފައިސާއެއް ހުސްވެފައިވާ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2019 68
ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ލަފާދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އޭނާގެ މައްސަލަ ތަހުގީގު ކުރި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ޓީމުން ލަފާދީފި އެވެ.

07 ޖުލައި

July 07, 2019 36
ސީ ލައިފް މައްސަލަ އަށް ކޯޓުން ބޭރުގައި ހައްލެއް!

ފްލެޓް ގަންނަން ސީ ލައިފަށް ފައިސާ ދައްކައި ހާލުގައި ޖެހުނު މީހުންގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމުގެ މަޝްވަރާތައް ސަރުކާރުން ފަށައިފި އެވެ.

27 ޖޫން

June 27, 2019 19
ފަނޑިޔާރު ޑީޑީއަށް ކުރާ ތުހުމަތުތަކަށް ޖަވާބުދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރާތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ ސުލޫކީ މައްސަަލާގައި އޭނާ މިއަދު ލިޔުމުން ޖަވާބުދާރީވެވަޑައިގެންފި އެވެ.

20 ޖޫން

June 20, 2019 164
ޑީޑީގެ ތަހުގީގު: ބޮޮޑު ތުހުމަތުތަކެއް، ހޫނު ބަހުސެއް!

މިއަދު ހެނދުނު ނޫސްވެރިންނާއި ބައެއް އާންމުން ރައްޔިތުންގެ ލޯ ދަރުބާރުގެ އަށް އަމާޒުވެފައި ހުރީ އާދައިގެ ކަމަކަށް ނޫނެވެ. އެއީ ރާއްޖޭގައި ފަނޑިޔާރެއްގެ މައްޗަށް ހިންގާ ތަހުގީގެއް ފުރަތަމަ ފަހަރަށް އާންމުންނަށާއި މީޑިއާ އަށް ހުޅުވާލައިގެން ދަރުބާރުގޭގައި ބާއްވާތީ އެވެ. ބޮޑެތި ރަސްމިއްޔާތުތަކާއި މީގެކުރިން ބައެއް ބޮޑެތި...

19 ޖޫން

June 19, 2019 58
ފަނޑިޔާރު ޑީޑީގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކުގެ ތަހުގީގު ހުޅުވާލައިގެން މާދަމާ ދަރުބާރުގޭގައި ފަށަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

17 ޖޫން

June 17, 2019 44
ޑީޑީ ސަސްޕެންޑް ކުރި އިރު އަނބިކަނބަލުން ވަޒީފާގައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލައެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑުކޮށް، ފުލުހުން ވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެ ފައިސާ ޖަމާވި ކަމަށް ބުނާ އެމަނިކުފާނުގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު އަދިވެސް ހުންނެވީ ސިޔާސީ މަގާމެއްގަ އެވެ.

21 މެއި

May 21, 2019 1
އިންތިހާބީ ރިޝްވަތުގެ 16 މައްސަލައެއް ނިންމައިފި

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ގުޅޭ ގޮތުން ހުށަހެޅި ރިޝްވަތުގެ މައްސަލައިގެ ތެރެއިން 16 މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބުނެފި އެވެ.

18 މެއި

May 18, 2019 94
އަދުރޭ އާއި އާރިފު މުޅިން ވެސް ދެއްކީ ސިޔާސީ ވާހަކަ!

އެމްއެމްޕީއާރުސީގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް އަލީ އާރިފް، އަދި ހިޔާނާތުގެ ފައިސާ ލިބުނު އެމްޑީޕީގެ މެމްބަރުންގެ ލިސްޓް އެނގިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި ވިދާޅުވުމަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް، އޭސީސީގެ ތަހުގީގުގައި ދެ ބޭފުޅުން...

15 މެއި

May 15, 2019 47
ރިފްއަތަކީ ނަޒާހަތްތެރިއެއް، ކޮރަޕްޝަން ނުހިންގަވާނެ:ނަޝީދު

ދައުލަތުން ބަދަލު ދޭންޖެހޭ ގޮތަށް މި ފަހުން ނިންމި ބޮޑެތި މައްސަލަތަކުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް އަމާޒުކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދޮގުކުރައްވައިފި އެވެ.

04 އެޕްރީލް

April 04, 2019 14
ރިޝްވަތު ބެހުން ހުއްޓުވައި ދިނުމަށް އޭސީސީން ފުލުހަށް

އަންނަ ހޮނިހިރުދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ރިޝްވަތު ދޭ ކަމުގެ ޝަކުވާތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަމުން އަންނާތީ އެފަދަ މައްސަލަތައް ބެލުމަށް އޭސީސީން ފުލުހުންގެ އެހީތެރިކަމަށް މިއަދު އެދިއްޖެ އެވެ.

02 އެޕްރީލް

April 02, 2019 19
މާފަރު އެއާޕޯޓު ތަރައްގީކުރަން ރިޝްވަތު ނެގި: ނަޝީދު

ނ. މާފަރު އެއާޕޯޓުގެ މަސައްކަތް ނުނިމި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިން ރިޝްވަތު ނަންގަވާފައި އޮތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތު...

April 02, 2019 4
ރިޝްވަތުގެ ތުހުމަތުގައި ހަލީމްއާ އޭސީސީން ސުވާލުކޮށްފި

ހޮނިހިރު ދުވަހު އޮންނަ އާންމު އިންތިޚާބުގައި މަނަދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ރިޝްވަތު ދެއްވާ ކަމަށް ބުނެ، ހުށަހެޅި...

26 މާޗް

March 26, 2019 30
އަނދުން ހުސެއިން ރިޝްވަތުގެ އަމަލެއް ނުހިންގާ: އޭސީސީ

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ހުސެއިން ޝަމީމް (އަނދުން ހުސެއިން)ގެ ޚަަރަދުގައި އެ ދާއިރާގެ ދަރިވަރުންތަކެއް ބޭރަށް ކިޔަވަން ފޮނުވުމަކީ ރިޝްވަތުގެ އަމަލެއް ނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

22 މާޗް

March 22, 2019 2
ހަދިޔާގެ ނަމުގައި ވިއަސް ރިޝްވަތު ހަރާމް ވާނެ

އިސްލާމީ މުޖުތަމައުތަކުން މިއަދު ފެންނަ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ އިސްލާމްދީން އެކަމަކަށް ހިތްވަރުދޭ ރަނގަޅު ކަމެއް ކަމުގައިވާ ހަދިޔާ ދިނުމުގެ ނަމުގައި އިސްލާމްދީން ޙަރާމް ކުރައްވާފައިވާ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމެވެ. މިކަން މިގޮތަށް އާދަވެގެން ގޮސް މިއަދު ބައެއް މީހުންނަށް މި ދެކަމުގެ ފަރަގު ވެސް ނޭނގޭ...

20 މާޗް

March 20, 2019 80
ވެށިފަހިން ފްލެޓަށް އެދުނު އެންމެންނަށް ފްލެޓު ލިބޭނެ

އެމްޑީޕީގެ ވެރިކަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި 'ވެށިފަހި މާލެ ޕްރޮގްރާމް' ގެ ދަށުން ފްލެޓަށް އެދި ކުރިމަތިލި އެންމެންނަށް ފްލެޓް ލިބޭނެ ކަމަށް ކުރީގެ ރަައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

March 20, 2019 15
ފްލެޓް ފޯނު ކޯލުގެ މައްސަލަ އޭސީސީގެ ސަމާލުކަމަށް

އެމްޑީޕީގެ ސަރުކާރުގައި ހުޅުވާލި ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލައި ޝަރުތު ހަމަވި މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީން ކުރި ފޯނު ކޯލްތަކުގެ މައްސަލަ...

March 20, 2019 39
އަނދުން ހުސެއިނާ އޭސީސީން ސުވާލުކޮށްފި

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ހުސެއިން ޝަމީމް (އަނދުން ހުސެއިން) މިދިޔަ ހޯމަދުވަހު އެންޓި ކޮރަޕްޝަން...

10 މާޗް

March 10, 2019 39
ވޯޓު ވިއްކުމުގެ ސަގާފަތް ނައްތާލަން ބޭނުން: މުއައްވިޒު

ރާއްޖޭގައި އޮންނަ އިންތިޚާބުތަކުގެ ދުވަސްވަރު ވޯޓު ވިއްކުމުގެ ސަގާފަތް ނައްތާލަން ބޭނުންވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

06 މާޗް

March 06, 2019 2
އޭސީސީގެ މެމްބަރުން ކޮމިޓީ އަށް މިއަދު ހާޒިރު ކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ތަހުގީގު ރިޕޯޓުގައި ހިމެނޭ އިތުރު ކަންކަން ސާފު ކުރަން ހުރި ކަމަށް ބުނެ، އެ ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު...

26 ފެބުރުއަރީ

February 26, 2019 31
ރިޝްވަތުގެ ކުށެއް ނުކުރަން ކެންޑިޑޭޓުންނަށް އަންގައިފި

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަމުން އަންނަ މީހުން ރިޝްވަތުގެ ކުށެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ނުހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

23 ފެބުރުއަރީ

February 23, 2019 6
ކެންޑިޑޭޓުންނާ ގުޅޭ ތިން މައްސަލައެއް އޭސީސީއަށް

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ރިޝްވަތުގެ ތިން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބަލަން ފަށައިފި އެވެ.

22 ފެބުރުއަރީ

February 22, 2019 37
ޚިޔާނާތުގެ ތަހުގީގު ނުނިމޭ، އިތުރު ކަންކަން ހާމަވާނެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ތަހުގީގާ ގުޅިގެން އިތުރަށް ބަލާ ކަންކަން ނިމުމުން ރައްޔިތުން ބޭނުންވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރޭ ބުނެފި އެވެ.