10 ސެޕްޓެމްބަރ

September 10, 2017 79
ބަންގުލަދޭޝް މީހުންގެ ވިސާ ރިޝްވަތުގެ ތެރެއިން؟

ބަންގުލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ގެންނަ އެއް ސަބަބަކީ އެ މީހުންނަށް ދޭން ޖެހޭ މުސާރަ ކުޑަ ވުމެވެ. އާންމުކޮށް އެ މީހުންގެ މުސާރަ އުޅެނީ 150 ޑޮލަރާއި 200 ޑޮލަރާ ދޭތެރޭގަ އެވެ. އެއީ ރާއްޖެ އަންނަ އެންމެ އަގުހެޔޮ މަސައްކަތު މީހުންނެވެ. އަވަށްޓެރި އިންޑިއާގެ ލޭބަރެއްގެ މުސާރަ 400 ޑޮލަރަށް އަރާއިރު ބަންގުލަދޭޝް މަސައްކަތު މީހުން...

07 ސެޕްޓެމްބަރ

September 07, 2017 6
ފާރިސް މިނިވަންކޮށްދޭން ކްރިމިނަލް ކޯޓުގައި އެދެފި

ރިޝްވަތުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވަގުތުން މިނިވަންކޮށްދޭން އޭނާގެ ވަކީލު ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ.

06 ސެޕްޓެމްބަރ

September 06, 2017 26
ޝާފިއު ދޫވުމާ އެކު، ފާރިސަށް އޮތީ ކޮން ފުރުސަތެއް؟

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ހުންނަތާ ދެ މަސް ވާން ގާތްވީ އެވެ. އޭނާ ބަންދުގައި ހުންނަތާ އިއްޔެ އަށް 50 ދުވަސް ވީ އެވެ. ފާރިސަށް ކުރަނީ، އިދިކޮޅު ފަރާތްތަކުން ގުޅިގެން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން...

05 ސެޕްޓެމްބަރ

September 05, 2017 29
ގެއަށް ދޫކުރެވޭ ވަރަށް ވުރެ ގާސިމް ސީރިއަސް: ސަމީރު

ހިތުގެ އާލާސްކަންފުޅާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގެއަށް ދޫކުރެވޭ ވަރަށް ވުރެ ހާލު ސީރިއަސް ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

28 އޯގަސްޓް

August 28, 2017 4
ރިޝްވަތުގެ ދައުވާގެ ލިޔުންތައް ފާރިސްއާ ހަވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު އޭނާއާ ހަވާލުކޮށްފި އެވެ.

23 އޯގަސްޓް

August 23, 2017 5
ޝާފިއު ދޫކޮށްލީ ރަނގަޅަށް: ހައި ކޯޓު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަހުމަދު ޝާފިއު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

20 އޯގަސްޓް

August 20, 2017 27
ފާރިސްގެ ޝަރީއަތަށް ދުންޔާ ވަޑައިގެންފި

ރިޝްވަތުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކޮއްކޯފުޅު، އަހްމަދު ފާރިސް މައުމޫންގެ މިއަދުގެ ޝަރީއަތަށް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން، އެންމެފަހުން ވަޑައިގެންފި އެވެ. އޭނާ ވަޑައިގަތީ ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚުސް އޮޅުވާލުމުގެ ދައުވާގެ މިއަދުގެ އަޑު އެހުމަށެވެ.

18 އޯގަސްޓް

August 18, 2017 25
ފާރިސް ޖަލުގައި އެއް މަސް، މައުމޫން ހިތްހަމަނުޖެހިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި މަސް ދުވަސް ވަންދެން އޮންނަވަން ޖެހުމުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައި، ކަމާގުޅޭ މިނިވަން މުއައްސަސާތަކަށް ގިނަ ސުވާލުތަކެއް މިރޭ ކުރިމަތިކުރައްވައިފި އެވެ.

17 އޯގަސްޓް

August 17, 2017 85
ޚިޔާނާތުގެ ފައިސާއިން ހޮވުނު މެމްބަރަކު ނެތް: ޕީޕީއެމް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ހޮވަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހޭދަކުރެއްވި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެ ވާހަކަފުޅު ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މިއަދު ދޮގުކުރައްވައި އެ ތުހުމަތުން...

16 އޯގަސްޓް

August 16, 2017 15
ރައީސްގެ ގެކޮޅަށް "ފައިސާ ވަތް" މައްސަލަ ހުށަހަޅައިފި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުން، ހަލާލު ނޫން ފައިސާ އެމަނިކުފާނުގެ ގެކޮޅު، ދޫވެއްސަށް ވަތް ކަމަށް ރައީސް އަބްދުﷲ ޔާމީން "އިއުތިރާފްވެވަޑައިގެންފައި"ވާ ކަމަށް ބުނެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިދިކޮޅު ފަރާތްތަކުން މިއަދު ހުށަހަޅައިފި...

August 16, 2017 23
ރައީސް ޔާމީން އެ ހުންނެވީ އަޒުލްވެފައި: ޖަމީލް

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު އިއުތިރާފުވުމާ އެކު، މިހާރު އެ ހުންނެވީ މަގާމުން އަޒުލްވެފައި ކަމަށާއި ރައީސްގެ ނަމުން މުޚާތަބު...

August 16, 2017 13
މެޖޯރިޓީ ގެއްލޭނެތީ އުޅެނީ ކޮރަޕްޝަން ބަލާނެތީ:ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިދާނެ ކަމަށް ސަރުކާރުން ކަންބޮޑުވަނީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލާނެތީ ކަމަށް މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ...

15 އޯގަސްޓް

August 15, 2017 85
ރައީސްގެ ވާހަކަފުޅުގެ މާނަ ދަނީ އޮޅުވާލަމުން: ޕީޕީއެމް

"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލަމުން ދާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.

14 އޯގަސްޓް

August 14, 2017 333
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށާއި އޭގެ އިތުރުން އެ ފައިސާ...

August 14, 2017 11
ރިޝްވަތުގެ މައްސަލާގައި ފާރިސަށް ދައުވާކުރަން ޕީޖީއަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ...

07 އޯގަސްޓް

August 07, 2017 2
މެމްބަރުން ޖަލްސާއަށް ހާޒިރުނުކޮށްދޭ މައްސަލަ މަޖިލީހަށް

ފުލުހުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރުން ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުނުކޮށްދޭ ކަމަށް ބުނެ، ކުއްލި މައްސަލައެއް މަޖިލީހަށް ވައްދައިފި އެވެ.

06 އޯގަސްޓް

August 06, 2017 23
ގާސިމް ހާޒިރު ނުވިޔަސް ޝަރީއަތް ބާއްވާނެކަން އަންގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިރެއަށް ތާވަލްކޮށް، އެ އަޑުއެހުމަށް ހާޒިރުވާން އޭނާ އަށް ކްރިމިނަލް ކޯޓުން އަންގައިފި އެވެ.

02 އޯގަސްޓް

August 02, 2017 18
ފާރިސް މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ޕެޓިޝަން ކޮމެޓީ އަށް ހާޒިރުކޮށްދޭން އެދިފައިވަނިކޮށް، އެ ކޮމެޓީން އޭނާ މިއަދު ވަކިކޮށްފި އެވެ.

31 ޖުލައި

July 31, 2017
ފާރިސް ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ޕެޓިޝަން ކޮމެޓީ އަށް ހާޒިރުކޮށް ދިނުމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދުގެ އަރިހުން މަޖިލީހުގެ އިދިކޮޅު ތިން މެމްބަރަކު މިއަދު އެދިވަޑައިގެންފި އެވެ.

25 ޖުލައި

July 25, 2017 10
ފާރިސް އަނެއްކާވެސް މާފުށީ ޖަލަށް ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަނެއްކާވެސް މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.

23 ޖުލައި

July 23, 2017 21
އަޅުގަނޑު މިހުރީ ގަދަކޮށް، ދޫނުދެއްވާތި: ފާރިސް

ރިޝްވަތުގެ ތުހުމަތުކޮށް ބަންދުކޮށްގެން ގެންގުޅުނު ނަމަވެސް އޭނާ ހުންނެވީ ވަރަށް ހިތްވަރު ގަދަކޮށް ކަމަށާއި އިސްލާހީ މަސައްކަތުގައި އެންމެ ތަންކޮޅެއް ވެސް ދޫ ނުދިނުމަށް އިދިކޮޅު...

July 23, 2017 13
ތަހުގީގު ގާނޫނާ ޚިލާފު، ފާރިސް ވާހަކައެއް ނުދެއްކެވި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށް ގާނޫނާ ޚިލާފަށް އަމަލުކުރަމުންދާތީވެ، ތަހުގީގުގައި އޭނާ...

20 ޖުލައި

July 20, 2017 24
ފާރިސް މާފުށީ ޖަލަށް ބަދަލުކޮށްފި

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިއަދު މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

19 ޖުލައި

July 19, 2017 7
ފާރިސް ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރަނީ

ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާ އުފުލުމެއް ނެތި، އޭނާ...

July 19, 2017 39
ފާރިސް ޝަރީއަތް ނިމެންދެން ބަންދަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ގެ މައްޗަށް ތުހުމަތުކުރާ ރިޝްވަތު ހުށަހެޅުމުގެ މައްސަލައިގެ ޝަރީއަތް...