ވިޔަފާރި

އިތުރު ރެކޯޑެއް، އިއްޔެ 7،668 ޓޫރިސްޓުން

ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ރެކޯޑު އަދަދަކަށް ޓޫރިސްޓުން އިއްޔެ ރާއްޖެ އައި ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު 2020 ވަނަ އަހަރު އަލުން ހުޅުވި ފަހުން އެއްދުވަސް ތެރޭ އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހެވެ. އެގޮތުން އިއްޔެ 7،668 ޓޫރިސްޓުން އައި ކަމަަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައީ މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އެ ދުވަހު 6،269 ޓޫރިސްޓުން އައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ފެށުނު ފަހުން ދުވާލަކު އެވްރެޖުކޮށް 4،300 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. މިދިޔަ ހަފުތާގެ ނިޔަލަށް ރާއްޖެ އައީ 171،982 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓް--

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެއީ 28،468 ޓޫރިސްޓުންނެވެ. ދެވަނައިގައި 18،348 ޓޫރިސްޓުންނާ އެކު އިނގިރޭސިވިލާތް އޮތް އިރު ތިންވަނައިގައި 13،947 ޓޫރިސްޓުންނާ އެކު އޮތީ އިންޑިއާ އެވެ.

އިންޑިއާ އަކީ މިދިޔަ އަހަރާއި 2020 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯން ފެތުރެން ފެށުމުން ދަތުރު ކުރާ މީހުންގެ އަދަދު މަދުވި އެވެ.

13 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޑޫކަލޯ

14 February 2022

ތި އަދަދުތަކާއި އެއްކޮށް ޑޮލަރު ރޭޓްތަށް ވެސް ރިޕޯޓު ކުރުން ރަނގަޅު. ރާއްޖެއަށް ވައްނަން ޖެހޭ 95 ޕަސެންޓް ބޭރު ފައިސާ ރާއްޖޭގެ ބޭންކްތަކަށް ނުވަދޭ. ދެތިން މަހުޖަނެއްގެ ބޭރު އެކައުންޓަށް އަދި ބޭރުގެ ކުންފުނިތަކުގެ އެކައުންޓްތަކަށް މި ފައިސާވަދެ މި ވިޔަފާރިވެރިން ފައިދަށަށް ސަރުކާރު ވެއްޓިފައި އޮންނަތަން މި ފެންނަނީ. ސަރުކާރު މިއޮތީ ކަޅުބާޒާރު ފައިދަށުވެ ނިކަމެތިވެފައި.

The name is already taken The name is available. Register?

ކޮރަލް

14 February 2022

އާއްމު މީހަކަށް ޑޮލަރެއް ނުލިބެ އެވެ. ޑޮލަރު ތައް ދަނީ ރާއްޖެއިން ބޭރަށް ދައްކަން ޖެހޭ ދަރަނި ދެއްކުމަށެވެ. ދެން ސިޔާސީ މީހުންނާއި ވިޔަފާރި ވެރީން ނަށެވެ. ދެން ވަގު ވިޔަފާރި ކުރާ ބިދޭސީންނަށެވެ. ރިސޯޓް ތަކުން ރާއްޖޭގެ ބޭންކް އަށް ޖަމާ ނުކޮށް އެތައް ސަތޭކަ މިލިއަން ރާއްޖެ އިން ބޭރު ކުރެ އެވެ. އެސްބީއައި އޭޓީއެމް ގެ އެކައުންޓްގަ ހުރި 300 ޑޮލަރު ނުނެގިގެން 3 ދުވަސް ވީ އެވެ. ބޭރުން ބޮޑެތި ލޯން ތައް ނެގުން ދެތިން އަހަރަށް މަޑު ކޮށްލަން ޖެހެ އެވެ.

The name is already taken The name is available. Register?

ތީގެ ބޭނުމަކީ ކޮބާ

14 February 2022

ރެކޯޑަކަށް ފަހު ރެކޯޑެއް. ޑޮލަރުގަނޑެއް ގަންނަން ލިބެނީ 18، 19 ރުފިޔާ އަށް.

The name is already taken The name is available. Register?

ޙިނި

14 February 2022

ފިނިހަންގުރާމައިގެ ދުވަސް ވަރެއް ނޫނީ 3 ވަނަ ބޮޑު ހަންގުރާމައިގެ ފެށުން ކުރިޔައް އޮތީ. ޗައިނާއިން އިންޑިޔާއިން އަދި ޔޫރަފުންވެސް ޓުވަރިސްޓުން ފޮނުވާނީ އެމީހުން ބުޔާބަހައް އާޙޫ ކިޔާ ގައުމުތަކައް. މިހުވަސްވަރު ރާއްޖެގެ ފޮރިން ރިލޭޝަން ނެވިގޭޓް ކުރަން އެންގުން ވަރައް މުހިއްމު.

The name is already taken The name is available. Register?

8 ފެބުރުވަރީގެ ބޮޑުހުޅު

14 February 2022

ވަންނަ ހުރިހާ ޑޮލަރެއް ދަނީ ގަވާއިދާ ޚިލާފަށް އުޅޭ ބަނގުލަދޭސް މީހުންގެ ޖީބަށް، ނިކަން މަސްފެށޭ ދުވަހު ޑޮލަރު އޭޓިއެމަކާ ގާތްކޮށްލަބަލަ، ވަގުވިޔަފާރި ރޯމާ ދުވާލު އެއްވެސް ބިރެއް ނެތި ބަންގާޅުން އެހިންގަނީ، ޑޮލަރެއް ވިއްސަށް ތިރީހަށް އެވިއްކާލަނީ، ސަރުކާރުން އުޅެނީ ސާރޭ ޖަހާސެ އައްޗާގައި، ބޮރުލަމަނީ ނިޒާމު ގެނެވޭތޯ

The name is already taken The name is available. Register?

ޙުނި

14 February 2022

ޑޮލަރގެ އަގަށް ބަދަލެއްނާދޭ

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

13 February 2022

ކޮބާހޭ ޑޮލަރު؟ ކޮބާހޭ ބޮޑުވަޒީރު 10 އަކަށް ހޯދައިދޭންބުނި ޑޮލަރު؟ މީކިހާބޮޑު އަޖައިބެއްނޫންހޭ؟

The name is already taken The name is available. Register?

ބޮންޖޮ

13 February 2022

3ވަނަ ބޮޑުހަގުރާމައަށް ރަޝިޔާ ތައްޔާރުވަމުންދާތީ ރަޝިޔާ އިން އައްނަ ޓޫރިސްޓުން މަދުވާންފަށައިފި.

The name is already taken The name is available. Register?

ރަންނަމާރި_001

13 February 2022

ޓުއަރިސްޓުން ގިނައިން އައިސްގެން ރިކޯޑް ހެދުނީމައި ނިމުނީ ތޯ؟ އަދިވެސް ބައެއް ރިސޯޓްތަކުގައި މުވައްޒަފުން ގެންގުޅެނީ ޤާނޫނު އަސާސީއިން ލިބިދީފައިވާ ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ނުލިބޭގޮތަށް. ސަރުކާރަށް އޯކޭ ޑޮލަރު ލިބެނިކޮށް. ސަރުކާރަށް އޯކޭ މުވައްޒަފުން ބަންދުކޮށްގެން ގެންގުޅުނަސް.

The name is already taken The name is available. Register?

ނިހާދާ

14 February 2022

ބައެއް ރިސޯޓޭ ނުކިޔާ، ރިސޯޓްގެ ނަމާއެކީ ކޮމެންޓް ކޮށްބަލަ

The name is already taken The name is available. Register?

ުޑޮލަރި

13 February 2022

ޓޫރިސްޓުން އިތުރު ވަނީ ޑޮލަރެއް ނުލިބެ ގަންނާކަށް

The name is already taken The name is available. Register?

ބޮންދު_ޑޮލަރު

13 February 2022

ރައްޔިތުންނަށް ދެއްކުމަށްޓަކައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލް ކުރާކަމަށްބުނާ ބަންގުލަދޭޝްގެ 03 ރައްޔިތުން ހިފާ ހައްޔަރުކުރި. އެކަމަކުވެސް ޑޮލަރުގެ އަގެއް ތިރިއެއް ނުވޭ. ޑޮލަރު ގަންނާކަށް ނުލިބޭ. މިހިރީ މިސަރުކާރުން ރައްޔިތުންނަށް ދައްކާ އަވާމެންދުރު.

The name is already taken The name is available. Register?

އިގް

14 February 2022

އިގްތިސާދު ނޭނގޭ ބަޔަކު ވެރިކަމުގައި ތިބީމާ ޑޮލަރ ނުލިބޭނެ. ޢަގުވެސް ތިރި ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454