އުރީދޫން ރޯދަ މަހަށް ހާއްސަ ކުއިޒެއް މިއަދު ފަށައިފި އެވެ.
ރޯދަ މަސް ނިމެންދެން ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު އޮންނަ މިކުއިޒުގައި އުރީދޫގެ ސޯޝަލް މީޑިއާގައި ސުވާލެއް ޕޯސްޓު ކުރާނެ އެވެ. އެ ސުވާލަށް ޖަވާބު ދޭން ޖެހޭނީ ސުވާލާ އެކު ޕޯސްޓްކުރާ ޓޭބަލުގައި ބޮޅު އަޅައިގެންނެވެ.
މިއީ ޕީސް ފައުންޑޭޝަނާ ގުޅިގެން އުރީދޫން ކުރިއަށްގެންދާ ކުއިޒެކެވެ.
އުރީދޫން އެ ކުއިޒުގެ ހަތަރު ސުވާލު މި ރޯދަ މަހު ކުރާނެ އެވެ. މި ސުވާލުތަކަށް ރަނގަޅު ޖަވާބު ހުށަހަޅާ މީހުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް ސެމްސަން ގެލެކްސީ ބަޑްސް ލައިވްއެއް ހުށަހަޅާފައިވާއިރު މުޅި ކުއިޒުގެ ހުރިހާ ޖަވާބެއް ދިމާކުރާ މީހުންގެ ތެރެއިން ހޮވޭ މީހަކަށް އައިފޯން 13 ޕްރޯއެއް ވަނީ ހުށަހަޅައިފަ އެވެ.
ކުއިޒުގައި ބައިވެރިވާން ޖަވާބު ހުށަހަޅަން ޖެހޭނީ ޖަވާބުގައި ބޮޅު އަޅައި #OoredooRoadhaQuiz ޖެހުމަށް ފަހު އުރީދޫގެ ޓްވިޓާ އަދި ފޭސްބުކް ޕޯސްޓަށް ކޮމެންޓް ކޮށްގެންނެވެ. އިންސްޓަގްރާމުގައި ބައިވެރިވާން އެކައުންޓް ޕްރައިވެޓްކޮށް ވަކި ޕޯސްޓެއްގެ ގޮތުގައި ޖަވާބު ހުށަހަޅަން ވާނެ އެވެ. މިގޮތަށް ހުށަހަޅާ އިރު އުރީދޫ ޓެގް ކުރަން ޖެހޭނެ އެވެ.
މި ހަފުތާގެ ސުވާލު މިހާރު ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާއިރު ޖަވާބު ދިނުމުގެ ފުރުސަތު މާދަމާ ރޭ 11:30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.