ވިޔަފާރި / އިގްތިސާދު

ރާއްޖޭގެ ރިޒާވް މަދުވެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑު: ޖޭޕީމޯގަން

ފިނޭންސް މިނިސްޓްރީގެ އިމާރާތް. ރާއްޖެއަކީ ދަރަނި ބޮޑުވެ، ޑީފޯލްޓް ވުމުގެ ފުރުސަތު އެންމެ ބޮޑު އެއް ގައުމުކަމަށް ޖޭޕީ މޯގަން އިން ބުނެފައިވޭ--ފޮޓޯ:މިހާރު

ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނާއި ލޯނު ހޯދުމުގެ ދަތިކަމާ ބޮޑުވަމުން އަންނަ އިގްތިސާދީ މައްސަލަތަކުގެ ތެރޭގައި ރިޒާވް މަދުވެ ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަން އިން ބުނެފި އެވެ.

ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ޖޭޕީމޯގަން އިން ކޮށްފައިވާ ދިރާސާގައިވާ ގޮތުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރާނެ އެވެ. އަދި ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑުވެ، ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގެ ދަރަނި އަދާކުރަން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ބުނެފައިވެ އެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ މިހާރު ވެސް ދަރަނި ބޮޑު ގައުމުތަކަށް ކަމަށް އެ ބޭންކުން ބުންޏެވެ.

ޖޭޕީމޯގަން އިން ބުނެފައިވާ ގޮތުގައި ދަރަނި ނުދެއްކި ސްރީ ލަންކާ ޑިފޯލްޓަކަށް ގޮސްފައި ވާއިރު އެ ހާލަތަށް ދިއުން ދެން އެންމެ ކައިރި ކައިރި ގައުމުތަކަކީ ލުބުނާން، ސުރިނާމް، ވެނެޒުއޭލާ އަދި ޒެމްބިއާ އެވެ.

މި ދިރާސާއާ ބެހޭ ގޮތުން ސްޓްރެޓެޖިސްޓް ޓްރެންގް ގުޔެން ވިދާޅުވީ، ޖޭޕީމޯގަން އިން ދިރާސާކުރި ގައުމުތަކުގެ ތެރެއިން 50 ޕަސެންޓް ގައުމަކީ ދަރަނި ބޮޑުވެ، ދަރަނި އަދާ ނުކުރެވުމުގެ ބިރު އޮތް ގައުމުތައް ކަމަށެވެ. ދަރަނި ނުދެއްކި ޑީފޯލްޓަކަށް ދިއުމުގެ ފުރުސަތު އެންމެ ބޮޑު އަށް ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

ރާއްޖޭގެ ރިޒާވްގައި މާޗް މަހުގެ ނިޔަލަށް ހުރީ 865 މިލިއަން ޑޮލަރެވެ.

ސޮވެރިން ގެރެންޓީ ހިމަނައިގެން، ރާއްޖޭގެ ދަރަނި މިއަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117 ޕަސެންޓެވެ. ހަރަދަށް ޒިންމާވާ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ދަރަނި ހުންނަންވާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ބޮޑުވެގެން 60 ޕަސެންޓުގަ އެވެ. ނަމަވެސް އެ އަދަދު މިހާރު އެވަނީ ގާނޫނުގައި ބުނާ މިންގަނޑަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އުފުލިފަ އެވެ.

ރާއްޖޭގެ އިތުރުން، ޑިފޯލްޓް ވެދާނެ އިގްތިސާދުތަކުގެ ތެރޭގައި ބަހާމަސް އާއި ސެނެގާލް އާއި ރުވަންޑާ އާއި އިތިއޯޕިއާ ހިމެނެ އެވެ.

ބޭންކްތަކުން ނަގާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓުތައް އެހާ ބޮޑަށް އުފުލުނީ ދުނިޔޭގެ އިންފްލޭޝަން ރޭޓް ވަރަށް ބޮޑަށް އުފުލުމާ ގުޅިގެންނެވެ. ޖޭޕީމޯގަން އިން ކުރި ދިރާސާއިން ފާހަގަކޮށްފައިވާ ގޮތުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެންމެ ބޮޑެތި ދަރަނި ނަގާފައިވާ ގައުމުތަކުގެ ތެރެއިން 10 ޕަސެންޓް ގައުމު ޑީފޯލްޓަކަށް ހިނގައިދާނެ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައިވާ ގޮތުގައި އާމްދަނީ އެންމެ މަދުން ލިބޭ 60 ޕަސެންޓް ގައުމުގެ ދަރަނި އިންތިހާއަށް ބޮޑު ކަމަށެވެ.

79 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 20%
icon angry icon angry 69%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދުވާފަރު މީހާ

30 May 2022

ހުކުރު ނަމާދަށް އަރާ ވަރަށް މީހުން އެހެން ނަމާދުތަކަށް އަރަންފެށުނު ދުވަހަކުން ރަނގަޅުވާނެ

The name is already taken The name is available. Register?

އިހްސާސް

25 May 2022

ޓީޗަރުންގެ މުސާރަ ބޮޑުކުރީ އެ ބަޖެޓަށް ވައްދާނެ ކޮޅެއް ނުހޯދާބާ؟ ރާއްޖެއަށް އެތެރެކުރާ ބައެއް ބޭކާރު ލުއިކާނާތައް އިމްޕޯޓުކުރުން ހުއްޓާލަންޖެހޭ. ސިނގިރޭޓު އެތެރެކުރުންވެސް ހުއްޓާލަންވީ. އޭރަށް ކޮންމެވެސް ވަރަކަށް ގައިމު ބޭކާރު ހަރަދުކުރުން ހުއްޓޭނެތާ. މަހުޖަނުންނަށް ރާއްޖޭގެ ފަޅުރައްތަށް ބޮޑުއަގުގައި ކުއްޔަށްދޭންވީ.

The name is already taken The name is available. Register?

އިގްތިސޯދީ އަޑިގަނޑު

25 May 2022

ކަލޯ މެނޭ، ބޭކާރު ޚަރަދުކުރުން ހުއްޓާލާ އަވަހަށް. ލޯނު ނުނަގާތި. ޗަމްޕާ އަތުން ކުރެޑިޓަށް މުދާ ނުނަގާތި. ޑޮލަރު އަގު އަރާނެ. ދެނޭ ފެށޭނީ އެއްޗެހި އަގުބޮޑުވާން. ނެސްކެފޭ ދަޅަކުން ކޮފީ ނިންމާލާ. އަނގަތަޅަން ބޭރު ތޮއްޓަށްދޭ. ސައިބޯނި ފަޅިއަކުން މަހަކަށް ފުއްދާލާ. ޓެކްސީ އަށް ނާރާތި. ގެއިން ދުވަލަކު 1 ގަޑިއަރަށް ކަރަންޓު ކަނޑާލާ ބޭރަށް ނިކުމޭ. މަހުޖަނު އަތު ބޯކޮށް ލާރި އެބަހުރި. ކަލޯމެން ހާލުގަ ޖެހޭނީ.

The name is already taken The name is available. Register?

އަފްރާސިޔާބު

25 May 2022

ޖޭޕީ މޯގަން އިން އެބުނަނީ ރަނގަޅުވާހަކައެއް. ކުރިން އޮތް ސަރުކާރާއި މިހާރު އޮތް ސަރުކާރަކުންވެސް ގައުމަށް އާމްދަނީ ވަންނަ އިންވެސްޓެއް ކޮށްފައެއްނެތް. ދަރަނިނަގައިގެން ފަޅުކޮނުމާއި ޚަރަދު ފޫނުބެއްދޭ ގޮތަށް އެއަރޕޯޓް އެޅުމާއި، ޓާފް ދަނޑު ހެދުމަށް ބޮޑެތި ހޭދަކުރަމުން އެދަނީ. ރަނގަޅު އިންވެސްޓެއް ކުރަނީ ދެދާއިރާއަށް. އެއީ މަތީތަޢުލީމަށް ހޭދަކުރުމާއި ޞިއްޙީ ނިޒާމު ހަރުދަނާކޮށް ފުޅާކުރުން. ޓޫރިޒަމަކީ އަވާމެންދުރެއްކަހަލަ އެއްޗެއް.

The name is already taken The name is available. Register?

ބައްލާ

25 May 2022

އައްލާއަށް ބުނެލަން އޮތީ ގައުމު ދިރުވާލި މީހާ އައްލާ އަށްވަނީ އޮޅިފައޭ. 2018ގެ ނިޔަލަށް ދަރަނި ހުރިވަރުގެ ދެގުނަ ހަތަރުއަހަރު ފުވަހު ތެރޭ އަރުވާލީ މިސަރުކާރުން. އަދި ރިޒާވްއަށް އެއްޗެއް އިތުރު ނުކޮށް. ދަރަނި ނަގާނަގާ ވަރުން ހަމަ ނަގަނީ . އަދި މިހާރުވެސް ވިސްނަނީ ރިދޯޓްތަކުގެ ކުލި ކުރަން ސޭޓްމެން ރުއްސަން ވެގެން. ގަވަރނަރ އެބުނަނީ ބަނގްުރޫޓް ވެދާނެޔޭ. އެކަމަވެސް ވަރިހަމަ.

The name is already taken The name is available. Register?

ކަތްދައިތަ

25 May 2022

އެހެންވެ ނޫންބާ ރިޒާވް ހުސްވެފަ އެއޮތީ ވަރިހަމަދޮއްތަ ދަރަނި ނަގައިގެން ނުދެއްކި ގެން ގައުމު ބަނގުރޫޓްވެ ރައްޔިތުން ބަނޑަށް ޖެހުނަސް . މީގެ ކުރިންވެސް ވޯލްޑްބޭންކުން ބުނެފަ އޮތީ ތަރައްގީގެ މޝްރޫޢުތައް މަޑުޖައްސާލަން. ގައުމު ބަގްރޫޓުވިޔަސް ވަރިހަމަ އިބޫ ބޭނުންވަނީ 2023 ރީދޫ ކުދިންނަށް ލިބުން. މައުމޫނުގެ ވެތިކަމުން ފަށައިގެން ޔާމީނުގެ ވެރިކަން ނިމުމާ ހަމައަށް ހުރި ދަރަނީގެ ދެގުނަ އަރުވާލައިފި އެންމެ ހަތަރު އަހަރު ދުވަހުގެ ތެރޭގަ. ތަމެންނަށް ފެންނަނީ ހަމައެކަނި ތަރައްޤީ ގައުމު އިނދަޖެހޭ ތަނެއް ނުފެނޭ. ތަރައްޤީއަކަށް ވާނީ ރިޒާވްގަވެސް އެއްޗެއް ބެހެއްޓޭނަމަ. ދަރަނި ނަގަ ނަގައިގެން ގައުމު ބަނގުރޫޓް ކޮށްލާފަ ކަންތައް ކޮށްދިނުމަކީ ތަރައްގީ ގެނެސް ދިނުމެއްނޫން. އެއީ ގައުމު ފަނާކޮށްލުން.

The name is already taken The name is available. Register?

ޏިން

25 May 2022

60% ހުންނަންޖެހޭ އެއްޗެއް 117% އެރީމަ އިސްތިއުފާ ދޭންވީ. ބުރިޖާ، ފުޓްބޯޅަ ދަޑުތައް އަޅައިގެން ވޯޓު ހާދަން އެޅެންވީކީނޫން.

The name is already taken The name is available. Register?

9065

25 May 2022

ޓޫރިޒަމްއަށް ވެސް ހީނަރުކަން އަންނަންފަށާނެ ވަސީލަތްތަށް އިމްޕޯރޓް ކުރަން ސަރުކާރުގެ ފައިސާ ހުސްވާ ހިސާބުން. ލަންކާގައިވެސް ޓުއަރިޒަމް އޮވޭ. އެކި ޤައުމުތަކުން ޓްރެވަލް ރެސްޓިރިކްސަން ނެރެފަ އެއޮތީ.

The name is already taken The name is available. Register?

Draw

25 May 2022

ހަމައެކަނި ބިގޭ ހިތްރުއްސުމުގެ ބޭނުމުގައި އަލިފުށީގައި އެއަޕޯރޓެއް އަޅަން 450 މިލިއަަން ރުފިޔާ. މިވަރުން ގައުމު ބަގުރޫޓް ނުވިއްޔާ ދެރައެއްނު. މިއީ ބިގޭގެ ނޫނީ އިބޫގެ ތަރިކަމުދާތަ ފަޢިސާތައް އަޗާތަޅާބުރުވަން. ދުވަހަކުވެސް ކަލޯމެންނަކަށް މާފެއްނުކުރާނަން

The name is already taken The name is available. Register?

އަސްލުމީހެއް

25 May 2022

އަދިވެސް ޗައިނާއާއި އިންޑިއާއިން މިގައުމަށް ނުފޫޒްފޯރުވުމުގެ ބޭނުމުގައިދޭހާލޯނެއް ނަގާފަބަހަށްޓާ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454