ދިރާގުން ދަނީ އެކި ރަށްރަށުގައި އެ ހިދުމަތް ތައާރަފު ކުރަމުން. ފޮޓޯ: ދިރާގު
31 އޯގަސްޓް 2022 - 17:20
ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތް ހއ. މޮޅަދޫގައި ރަސްމީކޮށް ފަށައިފި އެވެ.
އެ ރަށަށް އިންޓަނެޓްގެ ހިދުމަތް ދޭން ފެށީ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކާ އެކު އެވެ. އެ އޮފާގެ ދަށުން، ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭއިރު ކަސްޓަމަރުންނަށް ހިލޭ ގުޅައިދިނުމާއި ރައުޓަރު ހިލޭ ދޭނެ އެވެ.
ދިރާގުން ބުނިގޮތުގައި، މޮޅަދޫގައި ކަސްޓަމަރުންނަށް ހަލުވި ސްޕީޑާއެކު ޑޭޓާ އެލަވަންސްގެ ހާއްސަ ޕެކޭޖުތަކެއް ވެސް އޮފާގެ ތެރޭގައި ހިމެނޭނެ އެވެ.
ދިރާގުން ބުނީ މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ދިރާގުގެ ފައިބަ އިންޓަނެޓުގެ ހިދުމަތް ތައާރަފު ކުރަމުން އަންނަނީ އެ ކުންފުނީގެ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ހުރިހާ ކަސްޓަމަރުންނަށް ވެސް ފޯރުކޮށްދިނުމަށް ކަމަށެވެ. ރާއްޖޭގެ ގޭބިސީގެ 85 ޕަސެންޓަށް އެ ހިދުމަތް ތައާރަފުކޮށްފައިވާ ކަމަށް ދިރާގުން ބުނެ އެވެ. އެ ކުންފުނިން ބުނީ 93 ރަށަކަށް އެ ހިދުމަތް މިހާރު ދޭން ފަށާފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy