ދިރާގާއި ވަށްމާފުށީގެ ފަރާތުން 3 ނަސީބުވެރިއަކަށް ދޭ ރާއްޖޭގެ ފުރަތަމަ ޒިޕްލައިން އެޑްވެންޗާ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭ ސޯޝަލް މީޑިއާ ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެ ކަމަށް ދިރާގުން ބުނެފި އެވެ.
އެ ހާއްސަ އިނާމު ލިބޭ ކޮންމެ ނަސީބުވެރިއަކަށް، ވަށްމާފުށީގެ ޒިޕްލައިން 2 މީހަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެ އެވެ.
އެ ގިވްއަވޭގައި ބައިވެރިވެވޭނީ ވިޒިޓްމާފުށި، ދިރާގު އަދި ޒިޕްލައިން އެމްވީ އެކައުންޓުތައް ފޮލޯކޮށް، ގިވްއަވޭގެ ޕޯސްޓު ޝެއާ ކުރުމަށްފަހު 3 ރަށްޓެހިން ޓެގުކޮށްގެންނެވެ.
ގިވްއަވޭގެ ޕޯސްޓު ޝެއާ ކުރުމަށްފަހު ދިރާގު އަދި ޒިޕްލައިން އެމްވީ އެ ޕޯސްޓުގައި ޓެގުކުރަން ޖެހޭނެ އެވެ.
ދިރާގުން ވަނީ ދާދިފަހުން ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފައެވެ.
އެ ޕާޓްނަޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް ވަށްމާފުށީގެ ހިދުމަތްތަކުން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. އަދި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.
ކަސްޓަމަރުން ބުކިން ހަދާއިރު އެ ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން އެ ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ އެވެ.