"ޗަނާޗާ 2022" މިއުޒިކް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

އެ މިއުޒިކު ފެސްޓިވަލަކީ ސްޓްރީމިން ޕްލެޓްފޯމު ބައިސްކޯފުން އިންތިޒާމުކޮށް ބާއްވާ ފެސްޓިވަލެކެވެ. ދިރާގުން ބުނީ އެ ކުންފުނިން، ޒުވާނުންގެ ހުނަރު ދައްކާލުމަށް އޮންނަ އެފަދަ ހަރަކާތްތަކަށް އަބަދުވެސް ތާއިދުކޮށް އެއްބާރުލުން ދޭ ކަމަށެވެ. އަދި އެ ފެސްޓިވަލަކީ ގިނަ ޒުވާނުންތަކެއްގެ ހުނަރު ފެނިގެންދާނެ ފެސްޓިވަލެއް ކަމަށް ވެސް ބުންޏެވެ.

އެ ފެސްޓިވަލުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޭންޑުތަކުގެ އިތުރުން ބޭރުގެ މަޝްހޫރު އާޓިސްޓުން ވެސް ބައިވެރިވާނެ ކަމަށް ބައިސްކޯފުން ވަނީ ބުނެފަ އެވެ. އެގޮތުން ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ އާއި އިންޑޮނޭޝިއާގެ ލަވަކިޔުންތެރިޔާ ނަތާޝާ ފެނިގެންދާނެ ކަމަށް ބުންޏެވެ.

އެ ފެސްޓިވަލުގައި ދިވެހި ބޭންޑު ރަވިއޯ، ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ޑިޓިއުން ބޭންޑް އަދި ފަސީ ލައިވްގެ ހުށަހެޅުންތައް ފެންނާނެ އެވެ. އެ ފެސްޓިވަލް އޮންނާނީ މާދަމާ ހަވީރު 4އިން 6އަށް އަދި ރޭގަނޑު 8އިން 10އަށެވެ.