ޕޭމަންޓް އިންޑަސްޓްރީގައި ދުނިޔޭގެ މަޝްހޫރު ކުންފުނި މާސްޓަ ކާޑާއެކު، ސިޓީ ޕޮސިބަލް ނެޓުވޯކްގެ މެމްބަރަކަށް އެޗްޑީސީ ވެއްޖެ އެވެ.
އެ އެއްބަސްވުމުގައި އެޗްޑީސީ އާއި ސިޓީ ޕޮސިބަލް އިން ސޮއިކުރީ އިއްޔެ އެވެ.
އެޗްޑީސީން މިއަދު ބުނީ، ސިޓީ ޕޮސިބަލް ނެޓުވޯކްގެ މެމްބަރަކަށް ވުމުން، އެ ކުންފުނިން ފަށާފައިވާ ސްމާޓް ސިޓީ މަޝްރޫއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެވެ. ދުނިޔޭގެ އެހެން ސިޓީތަކުގައި ބޭނުން ކުރާ ސްމާޓް ސޮލިއުޝަންތަކުގެ މައުލޫމާތާއި އެ ފަދަ ސޮލިއުޝަންތައް ރާއްޖޭގައި ބޭނުން ކުރެވޭނެ ގޮތްތަކާއި ހުޅުމާލޭ ސްމާޓް ސިޓީއަކަށް ހެދުމަށް ހުރި ގޮންޖެހުންތައް ދަނެގަތުމާއި އެ ކަމަށް އެންމެ އެދެވޭ ހައްލުތައް ވެސް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ގޮތުގައި، ބުނީ އެ ކޯޕަރޭޝަނުން ވަރަށް ފަހުން ތައާރަފު ކުރި އޯޕަން އެކްސެސް ނެޓުވޯކުގެ ސަބަބުން ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރެއް ހުޅުމާލޭގައި ގާއިމު ވެފައިވާ ކަމަށެވެ. އަދި ސިޓީ ޕޮސިބަލްގެ މެމްބަރަކަށް ވުމުން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް އެޗްޑީސީން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ސިޓީ ޕޮސިބަލްއަކީ އެކި ސިޓީތަކާއި ވިޔަފާރިތަކާއި ތަޢުލީމީ ދާއިރާ އަދި ކޮމިއުނިޓީތައް އެކުވެގެން ދެމެހެއްޓެނިވި، އުފެއްދުންތެރި އުމްރާނީ ތަރައްގީ ގެނައުމަށް އެކުލަވާލާފައިވާ ވިއުގަ އެކެވެ. އެއީ މީގެ ތިން އަހަރު ކުރިން އުފެއްދި ނެޓުވޯކެކެވެ.
އެ ނެޓުވޯކުގައި 50 އަށް ވުރެ ގިނަ ގައުމުގެ 300 އަށް ވުރެ ގިނަ ސިޓީ އާއި 600 އަށް ވުރެ ގިނަ ކޮމިއުނިޓީ ހިމެނެ އެވެ. ސިޓީ ޕޮސިބަލް ނެޓުވޯކުން ސިޓީތަކަކަށް ދެމެހެއްޓެނިވި، އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީތައް ގެނައުމަށް އެކި ކުންފުނިތަކާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.