ވިޔަފާރި / އުރީދޫ

އުރީދޫން ހުރިހާ ކަސްޓަމަރުންނަށް ރޯދަ ހަދިޔާ ދެނީ

އުރީދޫގެ ސީއޯއޯ ހުސެއިން ނިޔާޒް ރޯދަ އޮފާތަކުގެ މައުލޫމާތު ހިއްސާ ކުރައްވަނީ. -- ފޮޓޯ: އުރީދޫ

މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އުރީދޫން ގިނަ ހަދިޔާތަކެއް ކަސްޓަމަރުންނަށް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން އުރީދޫން "ހަދިޔާ ފޮށީ"ގެ ނަމުގައި ހުރިހާ ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބޭ އޮފާއެއް ވަނީ ތައާރަފްކޮށްފަ އެވެ. ހަދިޔާ ފޮށީގެ ހަދިޔާ ލިބޭނީ ކޮންމެ ދުވަހަކު ވެސް އުރީދޫގެ މޮބައިލް އެޕަށް ވަދެ، ހަދިޔާ އައިކަން އަށް ގޮސް ހަދިޔާ ފޮއްޓެއް ހުޅުވުމުންނެވެ.

ކޮންމެ ދުވަހަކު ވެސް އެޕް މެދުވެރިކޮށް އެއް ހަދިޔާ ފޮށި ހުޅުވޭނެ އެވެ. ހަދިޔާ ފޮށިން ކަސްޓަމަރުންނަށް މޮބައިލް ޑޭޓާ އާއި އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ސްކޫޕީ ސައިކަލެއް، އައިފޯން 14 ޕްރޯ، 65" ޓީވީ އަދި ހޯމް ޕޮޑް މިނީ ހިމެނެ އެވެ.

އުރީދޫން ރޯދަ މަހަށް ތައާރަފް ކުރި އޮފާތަކުގެ ތެރޭގައި "ރޯދަ ހަދިޔާ"ގެ ނަމުގައި އާޗާ 500 އަދި އުރީދޫ ޑޭޓާ 500 ޕެކް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ ގެ ގޮތުގައި 10 ޖީބީ ޑޭޓާ ނުވަތަ 5 ޖީބީ ޑޭޓާ ލިބޭނެ އެވެ. އަދި އެ ކަސްޓަމަރުންނަށް 200 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދް އަލް ހަމަދީ އުރީދޫގެ ރޯދަ ކެމްޕެއިން ލޯންޗްކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އުރީދޫ

އާޗާ ޕްރީޕެއިޑް 750 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 6 ޖީބީ ޑޭޓާ ލިބޭނެ އެވެ. އާޗާ ޕްރީޕެއިޑް 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 2 ޖީބީ ޑޭޓާ އަދި އުރީދޫ ޑޭޓާ 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް 30 ދުވަހަށް 35 ޖީބީ ޑޭޓާ ލިބޭނެ އެވެ.

އުރީދޫން ވަނީ ރޯދަ މަހު އުމްރާ އަށް ދާ ފަރާތްތަކަށް ހާއްސަކޮށް ހެޔޮ އަގުތަކެއްގެ ރޯމިންކޮށް ގުޅުމަށް "ޕާސްޕޯޓް ސިމް"ގެ ނަމުގައި ސިމެއް ތައާރަފް ކޮށްފަ އެވެ. އުރީދޫގެ ފިހާރަތަކުން ޕާސްޕޯޓް ސިމް ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރެއްގެ ނަންބަރުގައި ނެގޭނެ އެވެ. ޕާސްޕޯޓް ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ހެޔޮ އަގުތަކެއްގައި އާއިލާ އަށް ގުޅޭނެ އެވެ.

އުރީދޫން ރޯދަ މަހަށް ތައާރަފް ކުރި އޮފާތަކުގެ ތެރޭގައި އެމް ފައިސާއިން ފިހާރަ އަދި ރެސްޓޯރަންޓުތަަކަށް ފައިސާ ދައްކައިގެން ދެ ޕަސެންޓު އަނބުރާ ވޮލެޓަށް ލިބޭ "ކޭޝްބެކް" އޮފާ ވެސް ހިމެނެ އެވެ. މި އޮފާ އަކީ ވެސް ރޯދަ މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ލިބޭ އޮފާއެކެވެ.

ރޯދަ މަހަށް އުރީދޫން މި ފަހަރު ތައާރަފް ކުރި ކެމްޕެއިންގެ ތީމަކީ ހަދިޔާ އެވެ. އެ ތީމުގެ ދަށުން އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ އިންތިޒާމު އުރީދޫން ވަނީ ހަމަޖައްސައިފަ އެވެ. އެ ޕެކްތަކުގައި ކާބޯތަކެތީގެ ޒަރޫރީ ތަކެތި ހިމެނޭނެ އެވެ. މިއީ އުރީދޫން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި އަހަރުގެ ރޯދަ މަހު ވެސް އުރީދޫ ކަސްޓަމަރުންނަށް ނަމާދު އެލާޓު ލިބޭނެ އެވެ. ނަމާދު އެލާޓު އެކްޓިވޭޓު ކުރެވޭނީ "GO" ޖެއްސެވުމަށް ފަހު 4777 އަށް މެސެޖުކޮށްގެންނެވެ. އޭގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އުރީދޫ ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް އަދި *909# އަށް ޑައިލް ކޮށްގެން ފިތުރު ޒަކާތް ދެއްކޭނެ އެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 8%
icon angry icon angry 75%
icon wow icon wow 8%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454