ދިރާގުގެ ޑޭޓާ ޕްލޭނެއް ނަގައިގެން 50 ޕަސެންޓް ޑޭޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ދިރާގުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ޕްރޮމޯޝަންގައި ދިރާގުގެ ކޮންމެ ޕަވަ ޑޭޓާ ޕްލޭނެއް އެކްޓިވޭޓް ކުރިޔަސް، އެއްވެސް ޗާޖަކާ ނުލައި އޮޓޮމެޓިކުން 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ އެވެ. އެ ގޮތުން، ހިލޭ ލިބޭ ޑޭޓާއާ އެކު ކޮންމެ ޕެކޭޖަކަށް ލިބޭނެ ޖުމްލަ އަދަދަކީ:
- 99 ރުފިޔާ އަށް ލިބޭ ޕަވަ 500 އެމްބީގެ ޕެކޭޖަކަށް: 750 އެމްބީ
- 199 ރުފިޔާ އަށް ލިބޭ ޕަވަ 2 ޖީބީގެ ޕެކޭޖަކަށް: 3 ޖީބީ
- 249 ރުފިޔާ އަށް ލިބޭ ޕަވަ 3 ޖީބީގެ ޕެކޭޖަކަށް: 4.5 ޖީބީ
- 349 ރުފިޔާ އަށް ލިބޭ ޕަވަ 5 ޖީބީގެ ޕެކޭޖަކަށް: 7.5 ޖީބީ
- 549 ރުފިޔާ އަށް ލިބޭ ޕަވަ 8 ޖީބީގެ ޕެކޭޖަކަށް: 12 ޖީބީ
- 949 ރުފިޔާ އަށް ލިބޭ ޕަވަ 15 ޖީބީގެ ޕެކޭޖަކަށް: 22.5 ޖީބީ
މި ޕްރޮމޯޝަން ކުރިއަށް ދާނީ، ދިރާގުން ބުނި ގޮތުގައި، މިއަދުން ފެށިގެން އަންނަ މަހުގެ 9 ގެ ނިޔަލަށެވެ.
މުވާސަލާތީ ހިދުމަތް ދޭ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ދިރާގުން އަންނަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3ޖީގެ ހިދުމަތް ދެމުންނެވެ.
މީގެ އިތުރުން، 2015 ގައި ރާއްޖެ އަށް 4ޖީގެ ހިދުމަތް ތައާރަފް ކުރުމަށް ފަހު، ދިރާގުން ވަނީ އެ ކުންފުނީގެ 4ޖީގެ ނެޓްވޯކް ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް ފުޅާކޮށްފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތް ފޯރުކޮށް ދޭން ދިރާގުން ވަނީ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ.