ވިޔަފާރި

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި

ބީއެމްއެލްގެ ސީއީއޯ ކާލް. އޭނާ ވަނީ އިސްތިއުފާގެ ނޯޓިސް ހަވާލުކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ އިއްޔެ އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

އެ ބޭންކުން ބުނީ، އިސްތިއުފާގެ ނޯޓިސް ހުށަހެޅުއްވިޔަސް އޭނާ ވަޒީފާ އަށް ނުކުންނަވާ އެންމެ ފަހު ދުވަހަކަށް ވާނީ މި މަހުގެ 21 ކަމަށެވެ. އެ ދުވަހު ބާއްވާ ބީއެމްއެލްގެ އީޖީއެމްގައި ވެސް ކާލް ސްޓުމްކަ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކާލް މި ވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވި ނަމަވެސް އޭނާ ގެންދަވަނީ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުންނެވެ.

އޭނާ ބީއެމްއެލްގެ ހިންގުމާ ހަވާލުވެވަޑައިގަތީ އޮކްޓޫބަރު 2022 ވަނަ އަހަރު އެވެ. ސައުތު އެފްރިކާ އަށް ނިސްބަތްވާ ކާލް އަކީ ބޭންކިން ދާއިރާގެ 35 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ކާލް އިސްތިއުފާ ދެއްވުމުން، ބީއެމްއެލްގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވަން ބައެއް މިނިސްޓަރުންނާއި އެހެން ބައެއް އިސްވެރިން މީގެ ކުރިން ވަނީ ގޮވާލައްވައިފަ އެވެ.

ބީއެމްއެލް އިން ކާޑު ލިމިޓާ ގުޅޭ ގޮތުން ނިންމި ބޮޑު ނިންމުމާއި އެކަމާ ގުޅުވައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ފުލުހުން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.

މައްސަލަ ހޫނުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ބީއެމްއެލް އިން ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު އުވާލައި ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު މަހަކަށް 100 ޑޮލަރަށް ކުޑަކުރުމުންނެވެ. އެކަން އެގޮތަށް ކުރަން ޖެހުނީ، ބީއެމްއެލްގައި ނެތް ޑޮލަރު ގަންނަން ޖެހި އެ ބޭންކުގެ މާލީ ހާލަތަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުން ދާތީ ކަމަށް އެ ދުވަހު ބޭންކުން ނެރުނު ބަޔާނުގައި ވެ އެވެ. އެ ނިންމުން ބީއެމްއެލް އިން ބަދަލު ކުރީ ސަރުކާރާއި އެމްއެމްއޭގެ ލަފާގެ މަތިންނެވެ.

48 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 35%
icon angry icon angry 19%
icon wow icon wow 13%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަނާ

09 September 2024

ތީ އަނެއްކާ އިސްތިއުފާ ދޭން ކުރި މަޖްބޫރެއްބާ...ގިނަފަހަރަށް އޮންނަނީ އެހެންވެފާއި

The name is already taken The name is available. Register?

ކަންޑާ

10 September 2024

މަޖުބޫރު ކޮށްގެންވިއަސް ތިމީހާ އިސްތިއުފާ ދިނިއްޔާ ރަނގަޅީ.

The name is already taken The name is available. Register?

ނިލިސް

09 September 2024

ކުންފުނީގެ މަޞްލަޙަތު އިސްކޮށްގެން ހިންގާނެ އެމްޑީ އެއް އައްޔަނުކުރުން މުހިންމު. ފާއިތުވި އަހަރުތަކުގައި ކުންފުންޏަށް ރެކޯޑު އަދަދެއްގެ ފައިދާ ހޯދާފައިވާކަން ފާހަގަކުރަން.

The name is already taken The name is available. Register?

ަގދޖއ

09 September 2024

އެކްސްޕީރިއަންސް ހުރި ބޭންކިންގް ދާއިރާއިން ކިޔަވައިގެން ވާނުވާ އެނގޭ މީހުން މި ސަރުކާރުން ސިޔާސީ ސަކަރާތް ޖަހާ އޭނަގެ އަގުވައްޓާލާތަން ބަލަން މުސާރައިގެ ދަހިވެތިކަމުގަ ނުހުންނާނެ. ޕޮލިޓިކަލް މީހުނަކަށް ނޭނގޭނެ ބޭންކިންގް ދާއިރާގެ ކަންތައްތަކެއް!

The name is already taken The name is available. Register?

ނާނަކައްޓި

09 September 2024

މާލަސްވެއްޖެ. ދިހައަކުރުން މީސްމީހުންގެ އެކައުންޓަށް ޑޮލަރ ޖަމާކޮށްފަ ޑޮލަރެއްނެތޭ އަނެކެއްޗެކޭ ކިޔާމީހުން އައިތަނަށްދޭ. ދުނިޔޭގަ ހާހުން ތިމުސާރައަށް އަންނާނެ މީހުންތައް ބައިވަރު. ބޭނުންވަނީ ހިންގޭ ރަނގަޅުމީހަކު. އައިސްތު ވެސް ނުވާ ނަމަ ހަމަ ދާންވީ.

The name is already taken The name is available. Register?

ޖަގޭ

09 September 2024

ކީއްކުރާނީ؟ ރާއްޖޭގައި އޮތް އެންމެ ރަގަޅު އެންމެ ބޮޑު ފައިދާއެއް ދައުލަތައް ހޯދައިދޭ ތަންވެސް "ބާގީ" ގެ ލަގަބުދީ ހަލާކު ކޮށްލީ....

The name is already taken The name is available. Register?

ދޮން ސޮރު

09 September 2024

އަދި ތިޔަތަނަކަށް ސަހަލު ސީއީއޯ އެއް ނާދޭ. ކުރިން ހުރި އެންޑްރިއު ހީލީ ދިޔައީ އެސް.އޯ.އެފް އެމް.އެމް.ޕީ.އާރު.ސީ ޚިޔާނާތަށް މަގުފަހި ކޮށްދީފައި. ދެންވެސް ދޮން ސޮރެއް ގެނޭ.

The name is already taken The name is available. Register?

ފަރަންޖީ

09 September 2024

ދިވެހިންނަށް ކަމުދާ މީހަކު ހިއެއް ނުވޭ ދުވަހަކުވެސް އަންނާނެހެންނެން. ކުރިން ހުރި މީހާ ދާންޖެހުނީ ބާރު ހުރި މީހުން ކުރާ ކަންކަމަށް އެއްޗެކޭ ނުބުނީމައި. މިހާރު ހުރި މީހާ ދާންމިޖެހެނީ އެއްޗެކޭ ބުނެގެން. ހަގީގަތަކީ ކާލް ހައްގުބަސް ބުނިކަން. ބޯޑާ ސީއީއޯ ސިޔާސީ މީހުންނަށް އަނބުރާލަން އޮތީ ދޮންކޮށްފައި. ބީއެމްއެލްއާ މެދު އެއްވެސް އިތުބާރެއްނެތް.

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

09 September 2024

އިސްތިއުފާދިނުންވެސް މީ ބަޣާވާތުގެ ބައެއްތަ؟

The name is already taken The name is available. Register?

ހުސެންފުޅު

09 September 2024

ކާލް ތިކުރީ ބޮޑު ބަގާވާތެކޭ ނުބުނާނެބާ!! މި ދައުރު ނިމޭއިރު ބޭންކްގެ ހާލަތައް ވާނެ ގޮތަކާމެދު ކަންބޮޑުވޭ. އަަވަހަށް ލާރިކޮޅު އެހެން ބޭންކަކަށް ޖަމާކުރަން ވިސްނަން.

The name is already taken The name is available. Register?

ހީހީ ސުލީހް

09 September 2024

ކާލްއައްވެސް އިނގޭ ޑޮލަރަކީ ވެރިޔަކަށްހުންނަމީހާ އަނގައިން އިތުރުކުރެވޭ އެއްޗެއްނޫންކަން

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

09 September 2024

ދިވެހިބޭންކްގެ ސީއީއޯ ކަމުގެމަޤާމް އަދާކުރެވޭނެ ބޭންކިންގ ދާއިރާގެ ތަޖުރިބާއާއި ތަޢުލީމް ލިބިފައިވާ ދިވެހިން ރާއްޖޭގައި އެބަތިބި. # ބީއެމްއެލްގެ ސީއީއޯ ކަމުގެ މަޤާމްއަދާކުރި ބިދޭސީއެއްގެ ފަރާތުން މިހާތަނަށް ބޭންކަށްހޯދުނު ވަކި މޮޅުކަމެއް ކުރިއެރުމެއް ފެންނާކަށްނެތް. # ރާއްޖޭގައި ކީއްކުރަންތޯ ސައުތު އޭޝިޔާގައިވެސް ދައުލަތުގެ ޙަޒާނާއިން ކުރި އެންމެބޮޑުވައްކަންކަމުގައިވާ MMPRC ވައްކަމުގެ މުޢާމަލާތްހިންގިއިރު ބޭންކްހިންގާންހުރީ އިޤިރޭސި ރަށްވެއްސެއް.

The name is already taken The name is available. Register?

ހައްސާސް

09 September 2024

ދާއިރާގެ ތަޖުރިބާއާއި ތަޢުލީމް ލިބިފައިވާ ދިވެހިން ރާއްޖޭގައި ތިބިނަމަ އެބޭފުޅުންގެ ނަންތައް ހާމަކޮށްލަ ދެއްވާ

The name is already taken The name is available. Register?

ސުއޭޒްކެނެލް

09 September 2024

ރައްޖޭގައި ކަންތައްތއް ހުންނަ ގޮތުން މިކަހަލަ މަގާމަކަށް ދިވެއްސަކު ލައިފިއްޔާ ގިނަފަހަރަށް ހުންނާނީ ސިޔާސީގޮތުން ފިތިފައި! ބޭންކް އަޑިއަޅާލާކަށް މާކަ ގިނަ ދުވަހެއް ނުނަގާނެ. އެކަމަކު އޮނަރަބްލް އަށް ލައްވާލައިފިއްޔާ ފަހަރެއްގައި ރަނގަޅުވެދާނެ.

The name is already taken The name is available. Register?

އަލީ!!

09 September 2024

ބޭންކަށް ކުރިހޯދިފައިވާތީ އެހާވަރުންވެސް އެހިގަނީ.

The name is already taken The name is available. Register?

ސަންސް

09 September 2024

ޢަމާނާތް ތެރިކަމޭނެތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454