ވިޔަފާރި / ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އެއާޕޯޓުގައި އާ ވީއައިޕީ ކޮމްޕްލެކްސްއެއް ހެދުމަށް ދައުވަތު ފޮނުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ވީއައިޕީ ކޮމްޕްލެކްސްގެ ކުރެހުމެއް. މިތަން އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ. ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އާ ވީއައިޕީ ކޮމްޕްލެކްސްއެއް ހެދުމަށް ރާއްޖެ އާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދައުވަތު ފޮނުވައިފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ކުރީގެ އަކުއާ ރެސްޓޯރަންޓް ހުރި ތަނުގައި މޫދު ފެންނަ ގޮތަށް ހަތަރު ބުރި އަށް ހަދާ އިމާރާތުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން މިހާރު ދައުވަތު ފޮނުވާފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި އެ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ވީއައިޕީ ކޮމްޕްލެކްސްގެ ކުރެހުމެއް. މިތަން އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ. ފޮޓޯ: އެމްއޭސީއެލް

"އަޅުގަނޑުމެން މި ޕްރޮޖެކްޓަށް ވަކިވަކި ދައުވަތު ފޮނުވަނީ. އޭގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކަށާއި އެއާޕޯޓުގެ އެކި ޕްރޮޖެކްޓްތައް ހިންގާ ބޭރުގެ ކުންފުނިތަކަށް ވެސް ދައުވަތު ފޮނުވާފައިވާނެ،" އާދިލް ވިދާޅުވި އެވެ.

އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް ވީއައިޕީ ކޮމްޕްލެކްސްގެ މަސައްކަތް ފަށައި މި އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި އަލަށް ހަދާ ވީއައިޕީ ކޮމްޕްލެކްސްގައި ޗެކިން ކުރެވޭނެ ފެސިލިޓީ އާއި ކެއިން ބުއިމުގެ ހިދުމަތްތަކާއި ފާޚާނާގެ އިތުރުން ފެންވެރޭނެ ގޮތާއި ދެ ޖިންސަށް ވަކިން ނަމާދު ކުރެވޭނެ ގޮތްތައް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ވީއައިޕީ ކޮމްޕްލެކްސްގެ ކުރެހުމެއް. މިތަން އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ. ފޮޓޯ: އެމްއޭސީއެލް

"މިހާރު ބޭނުންކުރާ ވީއައިޕީ އަދި ސީއައިޕީ ލައުންޖާ މިތަން ވަރަށް ތަފާތުވާނެ. އިންޓީރިއާ އަދި ބޭރުން ފެންނަ ގޮތް ވެސް ވަރަށް ރީތިވާނެ،" މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ކޮމްޕްލެކްސްގައި ވީއައިޕީ އާއި ސީއައިޕީ ލައުންޖްތައް ހުންނާނީ ވަކިވަކިން ކަމަށެވެ. އަދި އޭގެ އިތުރުން ވަކި ކޮޓަރިއެއް ބޭނުންވާ މީހުންނަށް އެކަން ވެސް ހަމަޖެހޭނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ވީއައިޕީ ކޮމްޕްލެކްސްގެ ކުރެހުމެއް. މިތަން އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ. ފޮޓޯ: އެމްއޭސީއެލް

"މިތަން ވާނެ މި ސަރަހައްދުގައި ހުރި އެންމެ ހިތްގައިމު ވީއައިޕީ ކޮމްޕްލެކްސް އަށް. އަޅުގަނޑުމެން މިތަން މި ހަދަނީ ކޮންމެ ފެންވަރެއްގެ މީހަކަށް ވެސް ބޭނުންކުރެވޭނެ ފެންވަރަށް،" އޭނާ ވިދާޅުވި އެވެ.

23 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 2%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެންޓަލް ކޭސް

03 March 2017

އަލަށް ހަދާ ޓަރމިނަލްގެ ޑިޒައިންތައް ދައްކާލަބަލަ، ވަރަށް ބަލާލަން ބޭނުން

The name is already taken The name is available. Register?

ޓާކުރު

03 March 2017

ކަންކަމާ ނުބައްދަލް އަގުތައް ޖަހައިގެން ތަކުރާ ތަކުރު ތިޖަހާ ސަކަރާތް ނޭނގޭ ހަމަ އެކަކުވެސް ނެތް ނުބީހެންޏާ ކަނޑާހަމަތޯ؟

The name is already taken The name is available. Register?

GAN Island

03 March 2017

ދައުލަތެއް ބަޤުރޫޓް ކޮށްފި. ރާއްޖޭގެ އެތައް ރައްޔިތުން ޙައްޤޫ ތަކުން މަހުރޫމް ކޮށް މާލޭގެ ބިންވެރިންގެ މަންފާއަށް މުޤައްދަސް މާލެ އަށް ހޭދަ ކުރުމަށް މުޅި ޤައުމު 1000 އހަރަށް ދަރަނިވެރިކޮށްފި.

The name is already taken The name is available. Register?

މާލެ

03 March 2017

އަހަރުމެން އަމިއްލައަކަށް ނޫން އެނގޭ މާލެއަށް އުފަންވީ، ކަލޭ އަމިއްލައަށްތަ ގަމަށް އުފަންވީ، އެއީ ހެއްދެވި ފަރާތުން މެދުވެރި ކުރެއްވި ގޮތް އެނގޭ، އެހެންވީމަ މާލެއޭ ކިޔައިގެން ފާޑު ފާޑު ވާހަކަ ނުދައްކާ، އަދި ކޮންމެ ގައުމެއްގަ ވެސް ވެރިކަން ކުރާ ރަށް އަބަދުވެސް ތަރައްގީ ވާނެ އެނގޭ

The name is already taken The name is available. Register?

ހުސެނދަރި

03 March 2017

ކޮންމެ ފެންވަރެއްގެ މީހުންނަށްވެސް ބޭނުން ކުރެވެންޏާ ވީއައިޕީ ނޫން މީހުންނަށްވެސް ބޭނުން ކުރެވޭނެތާދޯ!

The name is already taken The name is available. Register?

ބްލެޑާރ

03 March 2017

ޖމރ ގެންގުޅުނު ކޮންސެޕްޓް....ޖމރ އައުމުން އެމް.އ.ސ.ލ އަށް ވިޔަފާރި ކުރާނެ އުކުޅުތައް ދަސްވިއެވެ. ދިވެހިންނަކީ ވަރަށް އަވަހަށް ދަސްކުރާ މޮޅު ބައެކެވެ.

The name is already taken The name is available. Register?

ބޭޑްލުކްސް

03 March 2017

ވެލާނާ އެއާޕޯޓުގައި އާ ވީއައިޕީ ކޮމްޕްލެކްސްއެއް މިފަހަރު އެމްއޭސީއެލް އިން ހަދާއިރު މިޚަބަރުގެ އާރޓިކަލްގެ އިލަސްޓްރޭޝަން ގައި ވާ ގޮތުން ނަމަ އިމާރާތުގެ ބޭރު އެއީ ދަގަނޑު ފީންނެކެވެ. ތީގައި ހާދަ ދިވެހި ވަންތަ ސްޓައިލެއް ނެތޭ ދޯ ފުރާޅުގައި ވެސް. ކަމަކު ނުދޭ ތިޔާ އާރކިޓެކްޓަރ އެއް ގޮތަކަށް ވެސް މަމެންނަށް. ދިވެހި ހާދަ ރީތި ފުރާޅު ތައް ހުރެއޭ ދޯ. އިމާރާތެއްގެ އާރކިޓެކްޓްރަލް ލުކްސް އެންމެ ރީތި ވަނީ އެއީ އިމާރާތެއް ގެ ފުރާޅުންނެވެ. ރީތި ފުރާޅެއް ނުހުންނަ ރިސޯރޓްސް ތަކުގެ ވިލާތައް ވެސް ނުވިކެނީ އެހެން ވެގެންނެވެ. ތިޔާ ވީއައިޕީ ކޮމްޕްލެކްސް ގެ އާރކިޓެކްޓަރ ދައްކާ ގޮތުން ތިޔާއީ ދަގަނޑު ފީންނެއް ކަމަށްވާތީވެ ތި އޮންނާނީ ދުވަސް ކޮޅަކުން ދަބަރު ފީންނަށް ވެފައެވެ. ހިއުޖް މެއިންޓެނަންސް ކޮސްޓް ދާނެ ތިކަމަށް. ދަގަނޑު ބޭނުން ކުރާނަމަ އެހުންނަަން ޖެހޭނީ ފައިބަރ ކޯޓް ކުރެވިފައި. އެނޫންނަމަ ކިތަންމެ ވަރުގަަދަ ޕެއިންޓެއް ލި ނަމަވެސް ރާއްޖޭގެ މިވެދަރ ގައި ދަބަރަށް ވާނެއެވެ.

The name is already taken The name is available. Register?

ލުކްވެލް

03 March 2017

މިފަހަރު ވެލާނާ އެއާރޕޯރޓްގެ ވީއައިޕީ ލޫންޖް ހަދާއިރު ހަދަންވީ ވަރަށް ކޮލިޓީ ކޮށް އެވެ. އަދި ވީއައިޕީ ލޫންޖް ގައި ޕްރައިވެޓް ކޮޓަރި ތައް ވެސް ހުންނަން ޖެހޭނެއެވެ. އަދި ބޮޑު އޮފީސް ސްޕޭސް އެއް ވެސް ހުންނަން ޖެހޭނެއެވެ. މަމެންނަށް އެއްގޮތަކަށް ވެސް ކަމަކު ނުދޭ ސިންގަޕޫރުގެ ޗަންގީ އެއާރޕޯރޓްގެ ވެސް ބިޒްނެސް ލޫންޖް. ކޮމަން ޓޮއިލެޓް ހުންނަނީ އަދި ޓޮއިލެޓް ވެސް ހީވަނީ ކުޑަ ކުޑަ ސެލް އެއް ހެން ދޯ. ދެން އޮފީސް ސްޕޭސް އެއް ނުހުރޭ ލެޕް ޓޮޕް ބަހައްޓައިގެން މަސައްކަތް ކޮށްލާނެ. އަރާމު ކޮލިޓީ ހައިބެކް ޗެެއާރސް ތަކެއް ނުހުރެއެވެ. ސިންގަޕޯރގެ ޗަންގީ އެއާރޕޯރޓްގެ ބިޒްނެސް ކްލާސް ލޫންޖް ހީވަނީ އެއީ ކާން ވަންނަ ތަނެއް ހެން. އެގޮތަށް އެތަން ޑިޒައިން ކުރެވިފައި ވަނީ. ބިގް ބޯއިސް ތިބެން ބޮޑެތި ސޯފާ ސެޓް ވެސް ނުުހުރޭ ދެން ވަރަށް ކުދި ކުދި ކުދި ސޯފާ ސެޓްސް ތައް ހުންނަނީ. އެއެއްޗެހީ ގައި އިށީންނައިރު ފައި ދަމައިލައިގެން ސޯފާގެ ހެޑްގައި ދެއަތް އަޅުވައިގެން އަރާމު ކޮށްލެވޭނެ ގޮތެއް ވެސް ނުހުރޭ. ކަން މިހެން ހުރުމުން މިފަދަ ކަންކަން ޖެހޭނެ ވަރަށް ރަނގަޅަށް އެކުލެވެން ވެލާނާ އެއާރޕޯރޓްގެ ވީއައިޕީ ލޫންޖް ގައި.

The name is already taken The name is available. Register?

ޔަގީންދޯ

03 March 2017

ވެލާނާ އެއާޕޯޓުގައި އާ ވީއައިޕީ ކޮމްޕްލެކްސްއެއް ހެދުމަށް ދައުވަތު އެމްއޭސީއެލް އިން ފޮނުވުމުން އެކަމަށް ފުރަތަމަ ވެސް ޝައުގުވެރިކަން ފާޅުކުރަން ޖެހޭނީ އެމްޓީސީސީން ނެވެ. އެމްޓީސީސީ މިވަނީ ވެލާނާ އެއާރޕޯރޓްގެ ވަރަށް ބޮޑު ޕްރޮޖެކްޓެއް ނިންމާފައެވެ. ކަން މިހެން ހުރުމުން އެމްޓީސީސީން ވެލާނާ އެއާރޕޯރޓްގެ ވީއައިޕީ ކޮމްޕްލެކްސް އިމާރާތް ކޮށްފިނަމަ އެއީ ވަރަށް ރަނގަޅު ޓްރެކްރިކޯރޑެއް އެމްޓީސީސީ އަށް ލިބިގެންދާނެ. އޭގެ ސަބަބުން ފާފު އަތޮޅުގައި ސައުދީން ތަރައްގީ ކުރާ އިންޓަރނޭޝަނަލް އެއާރޕޯރޓް ގެ ވީއައިޕީ ލޫންޖް އާއި އަދި ޓާރމިނަލް އެޅުމަށް އެމްޓީސީސީ އަށް ލިބުމުގެ ފުރުސަތު ބޮޑު ވާނެއެވެ. އެމްޓީސީސީން ޖަޕާނުގެ ތަކެނަކާ ފަދަ ތަޖްރިބާ ހުރި ކުންފުންނަކާއި އެކު ޖޮއިންޓް ވެންޗަރ އެއް ހަދައިގެން އެކަމަށް ކުރިމަތިލައިފިނަމަ ޔަގީން އެކަން ކާމިޔާބު ވާނެ ކަން.

The name is already taken The name is available. Register?

ޙަސަން

03 March 2017

އަދިވެސް ވީ އައިޕީ ދޯ؟.... ކިހާ ދެރަކަމެއް... ބާލިދީން ސަލާމަތް ނުވެގެން މި އުޅެނީ

The name is already taken The name is available. Register?

ސީ

03 March 2017

ހޫނ ތިއުޅެނީ ނުފައިބަންވެގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!