އެމެރިކާގެ އެހީ ދޭ އޭޖެންސީ، ޔޫއެސްއެއިޑްގެ އޭޝިއާ ބިއުރޯގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު މައިކަލް ޝިފާ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
04 ފެބުރުއަރީ 2025 - 07:13
ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ފަންޑު ހުއްޓާލައިފި ނަމަ އޭގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ އެވެ.
ޔޫއެސްއެއިޑް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބެސްވެވަޑައިގަންނަވާ ކަމަށް އޭނާގެ އެޑްވައިޒަރު މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް އިއްޔެ ވަނީ އިއުލާނު ކުރައްވައިފަ އެވެ. އަދި ޔޫއެސްއެއިޑްގެ މައި އޮފީސް ވެސް މިއަދު ބަންދުކޮށް އެ ތަނުގެ މުވައްޒަފުންނަށް އޮފީހުގެ ސިސްޓަމްތަކުން އެކްސެސް ވެސް ވަނީ ކަނޑާލައިފަ އެވެ.
މިދިޔަ އަހަރު ޔޫއެސްއެއިޑްގެ ދަށުން ރާއްޖޭގައި ހިންގި ތަފާތު މަޝްރޫއުތަކަށް 4.8 މިލިއަން ޑޮލަރު (74 މިލިއަން ރުފިޔާ) ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަޝްރޫއުތަކާއި އަމިއްލަ ޖަމިއްޔާ، ޖަމާއަތްތަކުން ހިންގާ ޕްރޮޖެކްޓްތަކަށް ވެސް އެ އެޖެންސީން ފަންޑު ކުރި އެވެ. ޔޫއެސްއެއިޑުން ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީ އާއި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ މަޝްރޫއުތަކާއި އެންޓި- ޓެރަރިޒަމާ ދެކޮޅަށް ހިންގާ މަޝްރޫއުތަކުގެ އިތުރުން ތިމާވެށީގެ މަޝްރޫއުތަކާއި ކާރިސާތަކަށް އެހީވުމަށް ވެސް ފަންޑުކުރެ އެވެ.
ދިވެހި ސަރުކާރުގެ ބޭރުން ރާއްޖޭގެ އަމިއްލަ ފަރާތްތަކަށް އެހީވާ އެންމެ ބޮޑު ޖަމާއަތަކީ ވެސް ޔޫއެސްއެއިޑެވެ.
ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ޔޫއެސްއެއިޑުން ވަނީ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ގެ އެހީވުމަށް އެއްބަސްވެފަ އެވެ. އެ އަހަރު ދޫކުރީ 10.4 މިލިއަން ޑޮލަރު (160 މިލިއަން ރުފިޔާ) ގެ އެހީ ފޯރުކޮށްދީފައިވެ އެވެ. އެއީ އަހަރެއްގެ ތެރޭގައި ޔޫއެސްއެއިޑް އިން އެންމެ ބޮޑު އެހީއެއްވި އަހަރެވެ. ދެވަނަ އަށް އެންމެ ބޮޑު އެހީއެއްވެފައިވަނީ 2011 ވަނަ އަހަރު އެވެ. އެ އަހަރު ވަނީ 13.6 މިލިއަން ޑޮލަރު (209 މިލިއަން ރުފިޔާ) ގެ އެހީ ފޯރުކޮށްދޭން އެއްބަސްވެ، 13.5 މިލިއަން ޑޮލަރު (208 މިލިއަން ރުފިޔާ) ދޫކޮށްފަ އެވެ.
ޔޫއެސްއެއިޑުން އަންނަނީ 2001 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޔޫއެސްއެއިޑުގެ އެންމެ ބޮޑު ފަންޑިންއެއް ވަންނަނީ އަފްޣާނިސްތާނަށެވެ. މިދިޔަ އަހަރު އެ ގައުމަށް 750 މިލިއަން ޑޮލަރު (11.5 ބިލިއަން ރުފިޔާ) ގެ އެހީދޭން ކަނޑައަޅާފައިވެ އެވެ. އެ ފަންޑު މެދުވެރިކޮށް ވަކި ގައުމަށް އެންމެ ބޮޑު އެހީވާ ޖޯޑަނަށް މިދިޔަ އަހަރު ވަނީ 1.3 ބިލިއަން ޑޮލަރު (20 ބިލިއަން ރުފިޔާ) ގެ އެހީ ދީފަ އެވެ.
ޔޫއެސްއެއިޑުން މިދިޔަ އަހަރު ވަނީ 30 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މިއަހަރަށް ވަނީ 43 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. އެ ފަންޑު މެދުވެރިކޮށް ހާއްސަ އިސްކަމެއް ދީގެން އެހީވާ ފަންސަވީހަކަށް ގައުމު އޮތް ނަމަވެސް، އެ ފަންޑު މެދުވެރިކޮށް މިހާތަނަށް 170 އަށް ވުރެ ގައުމަށް ވަނީ އެކި ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުރަސަ01
05 February 2025
އެއްގެއްލުމެވެސް ވާނެހެނެއް ހިއެއްނުވޭ - ޔޫއެސްއެއިޑް އެހީއަކީވެސް 'ފާޑެއްގެ' ކަމެއް. ފައިސާ ދެނީ ރާއްޖެއަށް، އަތެއްލ ނުލެވޭނެ - ހަމައެކަނި ސަރުކާރުން ކުރަންޖެހެނީ ކުރާކަންކަން އެންޑޯރސް ކުރަން. ކުރެވޭކަމެއް ކުރާކަމެއް، ކުރެވޭކަމަށް، ބެެލޭކަމެއް އެއީއޮންނަކަމެއް ނޫން - އާހިރުގައި ސަރުކާރަށް ނުކުރޭކަންކަން ހާމަކޮށް، ދަައުލަތާއި ސަރުކާރު ފަލީހަތްވަނީ!
ބިސްބެ
04 February 2025
އެމްޑީއެން، ޓުރާންސްޕޭރެންސީ ފަދަ ޖަމާޢަތް ތަކަށް ވަރަށް ގެއްލުން...
މުސޮލޯނީ
05 February 2025
ތިޔަ ޖަމާއަތްތަކަށް ގެއްލުމެއް ނުވާނެ. އެއީ ހޮވައިގެން ވިޔަސް (ސިލެކްޓެޑް) އެހީވާނެ ޖަމާޢަތްތައް. އެހީ ހުއްޓާލަނީވެސް މަޤްޞަދު ޙާޞިލު ނުވެ އިސްރާފު ވާތީ. އެމީހުންގެ އެޖެންޑާ، ކުރާ ހޭދައާއި ގާތަށްވެސް ކުރިޔަށް ނުޖެއްސޭތީ.
ބުރަތޭރީ
04 February 2025
ޔޫއެސްއެއިޑް އަކީ އެމެރިކާގެ ޕްރޮޕެގެންޑާގެ ތެރެއިން އިޒްރޭލަށް އޮތް ނުރައްކާތަށް ނައްތާލުމަށް ހިންގާ، އަޑިނުބައި އެޖެންޑާއެއް. ޑިމޮކްރަސީ އާލާ ކުރުމާ، ހިއުމަން ރައިޓްސް ނަމުގައި، ގަމުތަކުގެ އެންޖީއޯ ތަށް ބޭނުންކޮށްގެން، ވެރިކަން ބަދަލުކުރުމާ، އެމީހުންބޭނުންވާ ހުޅަގުގެ " މުޑުދާރު ޑިމޮކްރަސީ" ފަތުރަން އުޅޭ ބައިގަނޑެއް...މިހަރަކާތުގެ ތެރެއިންވަނީ އިސްލާމީ ލީޑަރުން ނައްތާލުމަށް، ނުބައި ރޯލުތަކެއް ކުޅެފައި...
އަފްރާސިޔާބު
04 February 2025
ހުއްޓާލުން މާބޮޑަށްވެސް ލަސްވެއްޖެ. މިވީ 40 އަހަރު ދުވަހުގެ ތެރޭގައި ރާއްްޖެއަށް ނެތް 30 މިލިއަން ޑޮލަރުވެސް ދީފައި. ދެން ގައުމުތަކުގެ ސަރުކާރު ވަދަލުކުރަން އެމީހުން އެހީނުވެޔެކޭ ނޫން.
ކެންދޫލަ
04 February 2025
މީގަގެއްލުން ބޮޑަށް ވާނީ މި ފަންޑުގެ ފައިދާނަގާ ޖަމިއްޔާތަކުގެމީހުންނަށް.
ހަމްދާ
04 February 2025
ތިލިބުނަސް ރައްޔިތުންނަށް ތީގެ އަސަރެއް ނުކުރޭ
އެލޮކޮސް
04 February 2025
ޓްރަމްޕް ބުނާގޮތުގައި ތީ ޓެރިޒަމަށް އެހީތެރިވެ ގައުމުތަކުގައި އެލްޖީބީޓީއާއި ވެރިކަން ބަދަލުކުރުމަށް ބޭނުންކުރާ މަނީލޯންޑަރ ކުރާ ބޮޑު ޖަމާޢަތެއް. މމިރާއްޖޭގައި ތިލާރި ލިބޭ އެކިފާޑުފާދުގެ ޖަމާއަތްތައް ޖެހޭ އޮޑިޓްކޮށްބަލާ ތިމީނުންގެ މައްޗަށް ޓަރަރިޒަމުގެ ދައުވާ ކުރަން. ފުލުސް މިކަންތައް ބަލާ ފިޔަވަޅުއަޅާ!
ކޯކޯލުއީ
04 February 2025
ބޭނުމެނޫން
އެމްވީއެއިޑްސް
04 February 2025
އެމެރިކާއިން ދިނީމަ ކައިގެން އުޅޭ ބަޔެއްތަ ދިވެހިންނަކީ؟ ހެއްދެވި ފަރާތާމެދު އެެއްވެސް ވަރެއްގެ އީމާންތެރިކަމެއް ނެތްތޯ؟
ކަލީީީީީލީ
04 February 2025
ކަލޯ ދެފައިދަމައިގެން އޮތަސް ހެއްދެވިފަރާތުގެ ރިޒްގެއް ނުލިބޭނެ. ޖެހޭނީ ޔޫ އެސް އެއިިޑް ފަދަ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކޮށް ސަރުކާރުން ހިލޭ ލާރި ނަގައިގެން އުޅުން ހުއްޓާފަ ގިއްގަޅާގެން އެމީހެއްގެ ގާބިލްކަން ހުރިމިންވަރަކުން މަސައްކަތްކުރަން. އެހެން އެކަން ކުރާނަމަ މިހާ ބޭރުމީހުނެއް މިގައުމަކު ނޯންނާނެ
މުސްތޮތޮ
04 February 2025
މީގަ ހުރި ކޮމެންޓުތައް ކިޔާލީމަ ހިތައްއަރަނީ ،ހާދަ ތަންދޮރު ނުދަންނަ މީހުން ގިނަ ގައުމެކޭ މިއީ ދޮ؟ ހަމަ އެކައްޗެއްވެސްނޭނގިތިބެ ކީބޯޑު ގަތެޅުންނޫން ކަމެއް ބައެއްމީހުންނަށް ނޯންނަނީ ބާ؟
ކިމް
04 February 2025
އިނގޭ މީހާ ކިޔައިނުދެނީ ކީއްވެތަ. އެއްތާކުނުމިޖެހުނީ