ވިޔަފާރި / ޓްރާންސްޕޯޓް މިނިސްޓްރީ

މާލޭގައި ވެހިކަލް ދުއްވުން މަނާކުރި އެންގުން ބާތިލްކޮށްފި

މާލޭގެ މަގެއްގެ މަތިން ބަޔަކު ސައިކަލު ދުއްވާފައި ދަނީ. ވެހިކަލް ދުއްވުން މަނާ ވަގުތުތަކާ ގުޅޭ އިއުލާނު ބާތިލްކޮށްފައިވާ ކަމަށް ޓްރާންސްޕޯޓުން ވަނީ އަންގާފައި --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ހަވީރުން ފެށިގެން މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ވަގުތުތައް ކަނޑައަޅާފައި އޮތް އިއުލާނު ޓްރާންސްޕޯޓް މިނިސްޓްރީން ކުއްލި ގޮތަކަށް ބާތިލުކޮށްފި އެވެ.

ޓްރާންސްޕޯޓުން މިނިސްޓްރީން އެކްސްގައި ބުނީ، އިންޖީނުލީ އެއްގަމު އުޅަނދު ފިތުރު އީދު ދުވަހު ގްރޭޓާ މާލޭ ސަރަހައްދުގައި ދުއްވުން މަނާ ވަގުތު ކަނޑައެޅުމާ ގުޅޭ ގޮތުން އެ މިނިސްޓްރީން ކުރި އިއުލާނު ބާތިކޮށްފައިވާ ކަމަށެވެ. ނަމަވެސް، ބާތިލް ކުރަން ނިންމި ސަބަބެއް ނުބުނެ އެވެ. ނަމަވެސް، އެ އެންގުން ބާތިލްކުރީ، އެއަށް އަމަލުކުރަން ފެށިތާ ގަޑިއެއްހާ އިރުވީ ފަހުންނެވެ.

ރޭ އެ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މިއަދު ހަވީރު 4:00 އިން 6:00 އަށް އިންޖީނުލީ އެއްވެސް އުޅަނދެއްގައި ދަތުރެއް ނުކުރެވޭނެ އެވެ. އަދި ހަވީރު 4:00 އިން ރޭގަނޑު 11:30 އާ ދެމެދު މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން ވެސް އޭރު އޮތީ މަނާކޮށްފަ އެވެ.

ޓްރާންސްޕޯޓުގެ އިއުލާނު ބާތިލް ކުރި އިރު، މާލޭގައި އީދު ފާހަގަކުރުމަށް ހާއްސަ ގިނަ ހަރަކާތްތަކެއް އެބަ ކުރިއަށްދެ އެވެ. އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން "އީދު ހަވީރު" ގެ ނަމުގައި ބާއްވާ އެ ހަރަކާތްތައް ކުރިއަށްދަނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި އޮތް ހަރަކާތައް ރައީސް ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ ބައްލަވައިލައްވާފަ އެވެ.

31 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 4%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުއިއްޒު

01 April 2025

ކިތައްމެ ކުޑަކަމެއްވެސް ހަމަ އުނބަށް.

The name is already taken The name is available. Register?

ޝުކުރިއްޔާ

31 March 2025

މީ ހަމަ އެނބުރޭ ވަހުތާނެއް ކަހަލަ ސަރުކާރެއް. މަ ހަމަ އަޖައިބު ވެއްޖެ.

The name is already taken The name is available. Register?

އައްމްޓީ

31 March 2025

އީދެއް އަންނައިރަށް ނޫނީ މިނިވަންދުވަހެއް އަންނައިރަށް ތިޔަ ހަދާ ހިނގާބިނގާ ގަޑި ހަދާނި ޕާކުގައި. ދުއްވާއެއްޗެހި ދުއްވުންމަނާ ކުޜިމަ ވަރަށް އުނދަގޫވެ އިންތިހާއަށް ދަތިވޭ! ދުއްވާ އެއްޗިހިނުވަދެވޭ ވަކި ސަރަހައްދެއް ހަދާލީމަ ހިންގޭނެ އެތާ. މުޅިމާލެ ހުޅުމާލެ ބަނދުކުރީމަ ރައްޔިތުން ޖަލަކަށް އެލެވެނީ. ދެން އަނެއް ފުލުހުން ހަމަ ހިތަަށްއެރީ މަގުބަންދުކޮށްލީ ކޯނުޖަހާފަ. އެހެން މަގު ބަންދު ނުކުރެވޭނެ!

The name is already taken The name is available. Register?

ކިމް

31 March 2025

އާނ ދާނެތާކަށް ހިނގާފަ ދިޔަފަހުން. ދެން ނުކުތީ ބަރު އުޅަނދުތައް

The name is already taken The name is available. Register?

ނަށީދު

31 March 2025

ހުސް ޔޫ ޓާން!

The name is already taken The name is available. Register?

އަހަރެން

30 March 2025

ސިޔާސީމަގާމުތައްވެސް ބާތިލުކޮށް ކެންސަލް ނުކުރާތީ އަހަރެމެން އަންތަރީސްވަން

The name is already taken The name is available. Register?

70007

30 March 2025

ކޮންމެ އީދެއްގައި މީދެންކޮންކަމެއް. މާލޭގައި އުޅޭ އެތަށް ބަޔަކު ބޭނުންވޭ ހުޅުމާލެއަށްދާން އަދި ހުޅުމާލެއިން މާލެ އަންނަން ބޭނުން އެތަށް ބަޔަކު އުޅޭ. ޢާއިލާއާއި ބައްދަލުކޮށް ގޭގެއަށް އާއިލާއާއި އެކު ޒިޔާރަތްކޮށްލަން. މާލެއަކީ ދުއްވާ އެއްޗެތި ނުދުއްވިޔަސް ހުރިހާ މަގުތަކެއްގައި ކުޅިވަރު ކުޅެވޭ ގޮތަށް އޮތް ތަނެއްނޫން. މީހުންނާހެދި ފުރިފައި އޮތްތަނެއް ތިހެން ހެދުމުން އުފާވެރިކަން އެތަށް ބަޔަކަށް ތަކުލީފަކަށްވަނީ.

The name is already taken The name is available. Register?

ޑރ ވާންޗޯ

30 March 2025

ކުރަން އުޅޭކަމެއް، ކުރަން ވީކަމެއް، ކުރެވުނުކަމެއް ނޭގި އެނބުރުން އަރާފަ ތޯއްޗެ.

The name is already taken The name is available. Register?

ފެންނަގޮތް

30 March 2025

އަދި ތަންކޮޅެއް އަވަސް ބާތިލް ކުރަން. 5:59 ގަ ބާތިލް ކުރަން މަޑުކުރިނަމަ

The name is already taken The name is available. Register?

އަހްމަދް

30 March 2025

ކުރާ ކޮންމެ ކަމެއް ނިމެނީ މިހެން. ހުއްޓާލި ކަމެއްވިއްޔާ ފަށާނެ، ފަށާ ކަމެއްވިއްޔާ ހުއްޓާނެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454