އޮޑިޓާ ޖެނެރަލް ނިޔާޒީ. އެ އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ ޔޫމެޓަށް އިތުރަށް ބަދަލު ދިންކަން ފާހަގަކޮށް، އެކަމުގައި އިހުމާލުވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެދިފައި -- ފޮޓޯ: މިހާރު
24 ޖޫން 2025 - 19:11
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ނުވަތަ އޭޕްރީލް 2023 ގައި ޔޫމެޓް ކޮންސްޓްރަކްޝަނަށް ބަދަލުގެ ގޮތުގައި ދިނީ، އެ ކުންފުންޏަށް ދޭންޖެހޭ އަދަދަށް ވުރެ 23 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން އާންމުކުރި އެކަމާ ގުޅޭ ރިފޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް އާންމުކުރި އެ ރިޕޯޓުގައިވާ ގޮތުން ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ އެއްބަސްވުން ބާތިލްކޮށް މާޗު 18، 2013 ގައި އެމްޓީސީސީއާ ހަވާލުކުރުމުން، އެކަމުގެ ގެއްލުމުގެ ބަދަލު ހޯދަން ޔޫމެޓް ކޮންސްޓްރަކްޝަނުން ހުށަހެޅުމުން އިކޮނޮމިކް ކައުންސިލުން ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ސަރުކާރަށް ގެއްލުވާ ގޮތަށެވެ.
އޮޑިޓް އޮފީހުން ބުނީ، އިތުރަށް ދީފައިވާ އަދަދު އަނބުރާ ހޯދައި ދައުލަތުގެ ފައިސާ ނާޖައިޒް ގޮތުގައި ނެގުމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ކުރީގެ ސަރުކާރުގެ އެ ނިންމުން ނިންމި އިކޮނޮމިކް ކައުންސިލްގައި އޭރުގެ ރައީސް އޮފީސް މިނިސްޓަރު އަލީ ޝިޔާމާއި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އޮޑިޓްގައިވާ ގޮތުން ޔޫމެޓަށް އެންމެ ގިނަވެގެން ވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭން ޖެހޭނީ 2.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ ކުންފުންޏަށް އޭފްރީލް 30، 2023 ގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 26 މިލިއަން ރުފިޔާ ދޭން އިކޮނޮމިކް ކައުންސިލުން ނިންމާފައިވެ އެވެ.
އޮޑިޓް އޮފީހުން ބުނީ، ޔޫމެޓުން ހުށަހަޅާފައިވާ އިންވޮއިސްތަކާއި ފައިސާ ދައްކާފައިވާ އިންވޮއިސްތަކަށް ބަލާއިރު މަސައްކަތް ހުއްޓިފައިވަނީ އޭފްރީލް 1، 2012 ގަ އެވެ. އެހެންވެ، އެގްރީމެންޓް ބާތިލުކުރުމާ ހަމައަށް އައިޑަލް ކޮސްޓް ޗާޖު ކުރަން ޖެހޭނީ 343 ދުވަހަށް ކަމަށްވާތީ އެ މުއްދަތުގެ އަގުގެ ގޮތުގައި ބެލެވެނީ 2.7 މިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. ނަމަވެސް އައިޑަލް ކޮސްޓްގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 6.2 މިލިއަން ރުފިޔާ ދީފަ އެވެ. އެއީ ދޭން ޖެހޭ އަދަދަށް ވުރެ 3.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެ އިދާރާއިން ބުނީ، ޔޫމެޓް ކޮންސްޓްރަކްޝަނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީފައިވާ އަދަދުގެ ތެރޭގައި ޝަރުއީ ކޯޓުތަކުން ވެސް ނަގައިނުދެވޭނެ ކަމަށް ކަނޑައަޅާފައިވާ އަދަދު ހިމަނާފައި އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.
އެ ކުންފުނިން 21 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ހުށަހަޅުމުން އޭގެ ތެރެއިން ސަރުކާރުން ދީފައިވާ 7.6 މިލިއަން ރުފިޔާ އުނިކޮށް، ބާކީވާ 13 މިލިއަން ރުފިޔާ ނަގައިދޭން ސުފްރީމް ކޯޓުން 2021 ގައި ހުކުމްކޮށްފައިވެ އެވެ. ނަމަވެސް، އޭގެ ފަހުން ސަރުކާރުން ބަދަލު ދިނުމުގައި ކޯޓުގެ ނިންމުމަށް ރިއާޔަތް ނުކުރާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް އޮފީހުން ބުނި ގޮތުގައި ޔޫމެޓަށް ބަދަލުގެ ގޮތުގައި ދީފައިވަނީ ނުކުރާ މަސައްކަތްތަކެއް ވެސް ހިމަނައިގެން، އެ މަސައްކަތްތަކުގެ އަގު ވެސް ހިމަނައިގެންނެވެ. އަދި އައިޑަލް ކޮސްޓް ހިސާބު ކުރުމުގައި މަސައްކަތް ހިނގަމުން ދިޔަ ދުވަސްތައް ވެސް ހިމަނާފައިވާ ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު....
25 June 2025
އިބުރާހިމު ސޯލިހު މިއޮންނަނޫ ވަކިވަރަކަށޭނޫނޭ ކައިފާ ދޮގޭ
ކަނޑޫމާ
25 June 2025
އިކޮނޮމިކު ކޮމެޓީއަށް ބައިއެޅިތޯވެސް ބަލައިލުން ރަނގަޅު. ދެންމިފަދަދަކަންކަމަށް ހުކުމްކުރށއިރުވެސް އެބަ ވިސްނަންޖެހޭ ދެއްތޯ؟ މިހުރިހށގެއްލުމެއް ދައުލަތަށް މިދެނީ ޓެކުސް ފައިސާއިން މުސާރަނަގައިގެންތިބޭބައެެްއްގެފަރާތުންކަމަށްވުމަކީވެސް ދެރަކަމެއް
ހަނަފީ މުހައްމަދު
25 June 2025
މިވަރުގެ ބަޔަކަށް ދެންވެސް އަހަރުމެން 2028 ދޭންވީ؟ ނުދެވޭނެ ވަރަށް ބޮޑަށް ސޮރީ އެމްޑީޕީއަށް
އައުޒަމް
25 June 2025
އިބޫ ވެރިކަމުގައި މުޅިންވެސް މިހެން ކަންކަން ހުރީ. މުޅިން ވައްކަން
ޖަގޭ
25 June 2025
އަދި މާ އަވަހެއްނޫން ތިޔަ މައްސަލަ ބަލަން އަދި 20އަހަރު ފަހުން ބެލިނަމަ ...
ވަލު ސޮރު
25 June 2025
އޮޑިޓަރ ޖެނރަލް އެވެ ލޯޔަރު އެމްޑީ ހިސާނުއަޢި އޭޖީ ރިފްއަތު ގުޅިގެން ދައުލަތުން 22 މިލއަން ރުފިޔާ ކޯޓުތެރއިން ރާވައިގެން ރޫޓްފިހާރަށް ވާނެ ޑިއުޓީ ގެ މައްސަލަ އެއްގައި ދައުލަތުންގެ ފަރާތުން އެޓަާނީ ރޮފްއަތު އަދި ހިސާނު ލޯފާމުންވަކާލާތުކޮށް ކާލާފައެވެ. އެއީ ޔާމީނު ސަރުކާރުގައި އަނިލް ގެ އޭޖީ ކަމުގައި ދައުލަތުން ހޮފަހައްތާފައިވާ ފައސާއެކެވެ.
މިސްޓަރ ވާންން
25 June 2025
އޮޑިޓް އޮފީސް ބުނާ އަޑުތަކެއް ނާހާ ނަސޭހަތުގެ އަޑެއްވެސް ނާހާ ސަރުކާރުތަކުން . ވައްކަމާ ކޮރަޕްޝަން ތަކަށް ދަނީ މަގުކޮށާ އެމަގުތަކުން ހިނގަމުން . ބިރެއް ނެތި ފައިސާ އާއި މާއްދިއްޔަތަށް ލެނބިފައި ވަނީ........
ރައްޔާން ޒުބައިރު
25 June 2025
މުޅި ގައުމު ހަލާކު ކޮއްލީ ސޯލިހު ސަރުކާރުން
ޖައިލަމް އިދްރީސް
25 June 2025
ކުރިން އެމްޑީޕީއަށް ސަޕޯޓް ކުރިން. މިކަހަލަ ކަންކަން ގިނަ ވެގެން ތާއިދު ކުރުން ހުއްޓާލީ. އަބަދުވެސް ނުހައްގުން މަންފާ ހޯދޭތޯ އެމްޑީޕީގެ ބޮޑުން އުޅެނީ
ޔައީޝް.
25 June 2025
މުޅިންވެސް ކަންތައް ކުރީ ތިހެން. ރައްޔިތުން ހެޔޮނުވާނެ އަލުން އެމްޑީޕީއަށް ވެރިކަން ނުދޭތި