ހަޔާ އެޑިއުކޭޝަން. ލޯނަށް ދޫކުރި ފައިސާގެ އަދަދު 189 މިލިއަން ރުފިޔާއަށް އަރާ -- ފޮޓޯ: މިހާރު
27 ޖޫން 2025 - 14:40
ސަރުކާރުން ކިޔަވާ ކުދިންނަށް ހާއްސަކޮށް ދޫކުރާ ލޯނުތަކަށް މި އަހަރުގެ މިހާތަނަށް 189 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު ކިޔަވާ ކުދިންގެ ލޯނަށް ދައުލަތުގެ ބަޖެޓުން 768 މިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ސްޓޫޑެންޓް ލޯނު ނަގާފައިވާ ދަރިވަރުންގެ އަދަދު 10،000 އަރަ އެވެ. އޭގެ ތެރެއިން ގަވައިދުން ލޯނު ދައްކަނީ އެންމެ 10 ޕަސެންޓް ދަރިވަރުންނެވެ. އަދި ގަވައިދުން ނޫން ނަމަވެސް، 40 ޕަސެންޓު ދަރިވަރުން ލޯނު އަދާކުރާ އިރު ބާކީ 60 ޕަސެންޓު ކުދިން އެ ލޯނަށް ފައިސާ ނުދައްކަ އެވެ.
ސްޓޫޑެންޓް ލޯނުގައި އެކަނި ވެސް 1،650 ދަރިވަރުން ރާއްޖެ އިން ބޭރުގެ އެކި ގައުމުތަކުގައި މި ވަގުތު ވެސް ކިޔަވަމުން އެބަދެ އެވެ.
ސްޓޫޑެންޓް ލޯން ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެކި ސްކީމުތަކުން 2014 އިން 2019 ގެ ނިޔަލަށް 1.8 ބިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވެ އެވެ. ދަރިވަރުންނަށް ލޯނު ދޫކޮށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 173 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް އޮޑިޓް ރިޕޯޓުން އެނގެ އެވެ.
ލޯނު ނުދައްކާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދާނެ ގޮތްތައް ރާވަމުން އަންނަ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިދިޔަ މެއި މަހު މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެބޯ
29 June 2025
މާ ގިނައީއޭ ލޯނު ދޭ ވަރު. އަމިއްލަޔަށް ލާރި ހޯދައިގެން ކިޔަވާ. ދައުލަތުން ދޭނެ ކަމެއް ނެތް.
އާއްމު ޚިދުމަތްތަކުން މަހުރޫމު ކުރޭ
28 June 2025
ލޯނު ނުދައްކާ ދަރިވަރުން އާއްމު ޚިދުމަތް (އިންޝުރެންސް ފަދަ) ކަންކަމުން މަހުރޫމު ކުރޭ. އަބަދަށް މިހެން ހުޅުވާލަިއގެން ނުވާނެ. ތީ އަހަރުމެންގެ ވެސް ޓެކުސް ލާރި. އަހަރުމެން ދަރިންވެސް ފޮނުވަން ހުރި ލާރި. ވަކިބަޔަކސް ކިޔެވުނީމަ ދެން ނިމާލަންވީކީ ނޫން.
އަފާފް ސައިދު
27 June 2025
ލަސްނުކޮށް ހަމަ ޕޭމެންޓްވެސް ދައްކާ. ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ހުރިހާ ކަމެއް ދެމުން މިދަނީ ދޯ
އަމަން ވަހީދު
27 June 2025
ދައުލަތުން ކަންކަން މިދަނީ ކޮށްދެމުން.
ޥަލްމް
27 June 2025
އެވެސް ލޯން. ހިލޭ ދިނަސް އަހަރަކު ތިޔައްވުރެ ހާސް ގުނު ގިނައިންޖެހޭނެ ބޮލަކަށް ޖީޑީޕީ
ސްކޫލު ގާޒީ
27 June 2025
ގާޒީ ސްކޫލު ގްރޭޑް 4 ޓީޗަރު ނެތި 4 މަސް،.... އެކި ގަޑި އެކި މުވައްޒަފުން (އިދާރީ މުވައްޒަފުން ވެސް) ތިބެ ކްލާސް ގަޑި ފުރާލަނީ އޮފީސް މުވައްޒަފެއްވެސް ހުރެދާނެ ކުދިން މައިތިރިކޮށް ކުލާހުގަ ބައިތިއްބާލާފަ ފޮނުވާލަނީ