މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ
09 ޖުލައި 2025 - 09:18
ރާއްޖޭގެ އިގުތިސާދު މަޑުމަޑުން ހަމައަކަށް އެޅެމުން އަންނާތީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހުރީ 64.72 އެމެރިކާ ޑޮލަރުގަ އެވެ.
ނަމަވެސް ބައިނަލްއަގުވާމީ ބާޒަރުގައި ރާއްޖޭގެ އިގުތިސާދަށް އިތުބާރު ހުރި މިންވަރު ދައްކުވައިދޭ، ސުކޫކްގެ އަގު މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 87.44 އެމެރިކާ ޑޮލަރަށް އުފުލިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށް ވާ ފައިސާ މި ސަރުކާރުން އަންނަނީ ގަވާއިދުން ދައްކަމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސުކޫކުގެ ދަށުން ކޮންމެ އަހަރަކު ދެ ކޫޕަން ޕޭމެންޓު އިންވެސްޓަރުންނަށް ދައްކަން ޖެހޭއިރު، އެންމެ ފަހުން ކޫޕަން ޕޭމަންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދެއްކީ މިދިޔަ އޭޕްރީލް މަހު އެވެ. މި އަހަރުގެ ދެވަނަ ކޫޕަން ޕޭމަންޓު ދައްކަންޖެހޭނީ އަންނަ އޮކްޓޯބަރު މަހު އެވެ.
ކުރީގެ ސަރުކާރުން 9.875 ޕަސެންޓު އިންޓްރެސްޓް ރޭޓުގައި ނެގި ސުކޫކު ލިސްޓުކޮށްފައި ވަނީ އަބޫ ދާބީގެ ސްޓޮކް މާކެޓުގަ އެވެ.
ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގުތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސުކޫކު މެޗުއާވެ، ޖުމްލަ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭނީ 2026 ގަ އެވެ. ބޭރުން ނަގާފައިވާ އެހެން ލޯނުތަކާ އެކު، އެ އަހަރު ދައުލަތުން އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭނެ އެވެ.
އެ ބުރަ ކުޑަކުރުމަށްޓަކައި، ދަރަނިތައް ރީފައިނޭންސިން ޕެކޭޖެއް ހަމަޖެއްސުމުގައި ދޭދޭ ގައުމުތަކާ އެކު ކުރަމުން އަންނަ މަޝްވަރާތަކުން ކުރިއެރުންތައް ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންޑަލާންޑު
13 July 2025
އަގޭ ކިޔާނެ ކަމެއް ނެތް. ތިޔަ ނުދެއްކިއްޖެޔާ ތިޔަޔާ ޖާމިނުކޮށްފަ ހުރި އިމާރާތެއް، ބިމެއް، ރަށެއް ވިއްޔާ މިފަހަރު ޖެހޭނީ ބޭރު މީހުނަށް ވިއްކައިލަން....
ސޮފްވާން ހަމީދު
09 July 2025
މިޔާއެކު ރާއްޖޭގެ ސުކޫކުން ބޮޑު ފައިދާއެއް އަހަރުމެންނަށް ލިބޭނެ ބޭރުގެ މާލީ ތަންތަނުން. ލޯންތައް ރަނގަޅު ރޭޓެއްގައި ސެކިއާ ކުރަން ފުރުސަތު ލިބޭނެ. ކްރެޑިޓް ރޭޓިން އެޖެންސީތަކުގެ ރިވިއުތައް ޕޮސިޓިވް ވާނެ
ހަސަން ވަހީދު.
09 July 2025
މިޔަކީ ވަރަށް ރަނގަޅު ކަމެއް ވެގެން ދިޔަ. މީ ސަރުކާރުން އެއްވެސް ދަރަންޔެއް ޑިފޯލްޓް ނުކޮށް ބަރާބަރަށް ދެއްކުމުގެ ނަތީޖާ. މަރުހަބާ
ހަމަދު ސަލީމް
09 July 2025
ކަން ކުރަން އިނގޭ ވެރިން ގައުމާ ހަވާލުވީމަ ލިބޭ ފައިދާ މިއީ. މިދިޔަ 5 އަހަރު އިބޫމެން ހަލާކު ކޮށްލި އިގްތިސާދެއް ވިއްޔާ މިއީ
އެއްފަސް
09 July 2025
600 ވަރަކަށް މީހުން އުޅޭ ރަށެއްގައި، ބަނދަރާ، ސިއްްހީ މަރުކަޒާ، ބޯޅަ ދަނޑާ، ކަރަންޓް ވިއުގައާ، ނަރުދަމާ ފަދަ ކަންކަމަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްލައިގެން އެ ރަށްރަށުގެ ރައްޔިތުންނަށް ފުދެނީ ކޮން ކަމެއްތޯ ސުވާލުއުފައްދަން އެބަޖެހޭ. ތައުލީމަށް، ބޭސްފަރުވާއަށް، ވަޒީފާއަށް ހައްލެއް ލިބޭތޯ؟ މި 100 މިލިއަނުން ވިނަރެސް ، ހިޔާ ފްލެޓް ކަހަލަ ހައުސިން ސްކީމެއް ނިންމޭނެ. މިފަދަ ރަށްރަށަށް ބިޔަ އާބާދީތަކުން މިފަދަ ގޮތްތައް ފަހިކުރުން މާ ފައިދާވާނެ
ސްކޭމް
09 July 2025
މި ގައުމުގައި ހިންގާ އެންމެ ބޮޑު ސްކޭމަކީ ސިޔާސީން ވޯޓްގެ ބޭނުމަށް ވިއްކާ ވައުދުތައް. ހުރިހާ ރަށެއްގައި ހުރިހާކަމެއް ފުރިހަމަކުރުމުގެ ދޮގު ވައުދުތައް. ކިތަންމެ ވައުދެއް ވިޔަސް މީ މިކަހަލަ އުފެއްދުންތެރިކަމެއް، އިގްތިސޯދެއް ނެތް ތަނެއްގައި ކުރެވޭނެ ކަމެއް ނޫން. ކުރެވޭނެހާވެސް ކަމަކީ ނުކަތާ ވަރަށް ދަރާ ވިކިގެން ކޮންމެވެސް ކަމެއް ކޮށްލެވުން. މިހެންވެސް ވާނީ ވަކިވަރެއް ވަންދެއް. މިގައުމުގެ ދަރަނީގެ އެއް އަސްލަކީ ސިޔާސީން ހިންގާ ދޮގުވައުދުގެ ސްކޭމް.
ވާގޮތް
09 July 2025
ރައްޔިތުން އަބަދުވެސް ތަރައްގީއާ ކުރިއެރުން ބޭނުންވާނެ. މިރާއްޖޭގައި ދިމާވާ މައްސަލައަކީ 186 ސިޓީ އެންމެ މަތީ ފެންވަރުގައި ހިންގަންޖެހުން. މުސްތަހިއްލު މި ވިސްނުން ގިނަ ރައްޔިތުން ދޫނުކުރާތާ، ސިޔާސީންވެސް ވޯޓްގެ ބޭނުމަށް ވިސްނައިދެނީ މި ހުރިހާ ރަށެއްގައި އެންމެ ފުރިހަމައަށް ކަންކަން ވާންޖެހޭނެކަމަށް. ދެން ކުރެވެނީ އުފެއްދުންތެރިކަމެއް، ދެމެހެއްޓުމެއް ނެތް ބޭކާރު "ތަރައްގީ". ނުލިބޭވަރުން ދަރާ ވިކެނީ. ހިފެހެއްޓޭނީ ވަކިވަރަކަށް. ދެންވާނީ ބަނގުރޫޓް.
ޕާޓޭބޮސް
09 July 2025
މިގްރޫޕްގަ އަބަދުވެސް ސްކޫކް ހުންނަނީ މަތީގަ.
ސުކޫކު ޕްރިންސް
09 July 2025
އަހަރުމެން ގަބޫލު ކުރަންވީ ބައިނަލް އަގުވާމީ ހަމަތަކުން މާލީ ހާލަތު ދިރާސާކޮށް ކަނޑައާޅާ ދުނިޔޭގެ ހުރިހާ ގައުމަކުން ގަބޫލުކުރާ ފިޗް ނުވަތަ މޫޑީސްގެ ވާހަކަތޯ ނުވަތަ ފޮރިން މިނިސްޓަރުކަން ކޮށްފަ ހުރި ފިނޭންސް މިނިސްޓަރު ދައްކާ ވާހަކަތޯ؟ މިނިސްޓަރު އެބުނަނީ ދަރަނީގެ މައްޗަށް ދަރަނި ނެގުމަށް ޕްލޭންކުރުމާއެކު ސުކޫކުގެ އަގު މައްޗަށް ދިޔަ ވާހަކަހެން ހީވަނީ، މާނައަކީ ދެން ދަރަނި ލިބޭނީ ކުރިން ލިބުނު ވަރަށްވުރެ އިންޓަރެސްޓްބޮޑުކޮށް. މިއީ ނުރައްކާ
ހާނިމް.
09 July 2025
ރައީސް މުއިއްޒު އަށް މަގޭ އިތުބާރު އަދިވެސް އެބަ އޮތް