އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު: މިދިޔަ މަހުން ފެށިގެން ކޮންމެ ހަފުތާއަކު ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ ބޭރު ފައިސާ ވެސް 60 ޕަސެންޓުން 90 ޕަސެންޓަށް މަތިކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނޭ.
22 ޖުލައި 2025 - 11:43
އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތަކަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 10 ޕަސެންޓަށް އިތުރު ކޮށްފި އެވެ.
އެމްއެމްއޭ އިން މިއަދު ބުނީ، މި ހަފުތާއިން ފެށިގެން އެ ބަދަލު ގެނެސްފައިވާ ކަމަށެވެ.
އޭގެ ނަތީޖާއަކީ އެމްއެމްއޭ އިން ބުނިގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު 40 ޕަސެންޓަށް އިތުރުވުމެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ކޮންމެ ހަފުތާއަކު ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ ބޭރު ފައިސާ ވެސް 60 ޕަސެންޓުން 90 ޕަސެންޓަށް މަތިކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެކަމަކު، އެމްއެމްއޭ އިން ބުނީ ބޭންކުތަކުން އިތުރަށް މާރުކުރާ 30 ޕަސެންޓު އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު އަންނަނީ ވިއްކަމުން ކަމަށެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ކޮންމެ ހަފުތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށް ވުރެ ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭއިން އިން ބޭންކުތަކަށް އަނބުރާ ދޫކުރާ 30 ޕަސެންޓު ބޭނުންކުރަނީ ހާއްސަ ކަންތައްތަކަކަށެވެ. އޭގެ ތެރޭގައި، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރުން ހިމެނެ އެވެ.
"އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެ އެވެ،" އެމްއެމްއޭ އިން ބުންޏެވެ.
މަރުކަޒީ ބޭންކުން ބުނިގޮތުގައި، ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު މިހާރު އުޅެނީ 30 ޕަސެންޓުގަ އެވެ. އެކަމަކު، އަމާޒަކީ އެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަމެންދޯ
22 July 2025
ސަރުކާރުގެ ކުންފުނި ތަކަށް ބޭނުންވާ ޑޮލަރު އެމްއެމްއޭ އިން ފޯރުކޮށްދީ އެއިރަށް ތިކަންކްން ހައްލުވާނެއޭ
އ އަހްމަދު
22 July 2025
ރައީސް މީހާ ވިދާޅުވި މިހާރު 50 ޕަސެންޓް ލިބޭނެވާހަކަ އެކަމު މުނައްވަރު ކިހިނެއްތިހެއްދެވީ
ހާސަރު
22 July 2025
ހުސްދޮގު! %30 ވެސް ނުލިބޭ! ބޭންކުން ދޭނެ ވަރެއް ދެނީ،
އެކޮއި
22 July 2025
އޮންލައިންކޮށް އަހަރެމެން ގަންނަ އެތިކޮޅަށް ބޭންކުން 20 ރުފިޔާގެ ރޭޓުން ޑޮލަރު ގަންނަން ޖެހުމަކީ މައްސަލައެއްނޫންތަ؟ ބުލެކް މާކެޓްގައި 18 އަށް ނުވަތަ 19 އަދި 10 އަށް ހުއްޓަސް އަހަރެމެން މިޖެހެނީ ބޭންކުން 20 ރުފިޔާގެ ރޭޓުން ޑޮލަރު ގަންނަން. މީ ކިހާބޮޑު އަނިޔާއެއް. އަހަރެމެންގެ ފައިސާ ބޭންކުގައި ބަހައްޓައިގެން އެއިން ހެސްކިޔާފައި ވިޔަފާރިކޮށް ފައިދާ ނަގަމުންދާއިރު އަދިވެސް އަހަރެމެން .. މިދަނީ. މީ ދެން ކިހާބޮޑު އަޖައިބެއް؟
ޢެކޮއި 1
22 July 2025
ބޭންކުގަ ހުރި ލާރިކޮޅުން އަމިއްލައަށް ލޯން ދޫކުރަންވީއެއްނު
ވިޔަފާޓު
22 July 2025
ބޭންކްގައި އޮންނަ ކަލޭގެ ޑޮލަރު އެކައުންޓްން ހަމަ އަގުގަ ވިޔަފާރި ކޮށްލެވޭނެ. ބޭންކަކީ ޑޮޮލަރު ޖަހާތަނެއް ނޫން. އެމީހުންވެސް ޖެހެނީ ގަންނަން. ކަލޭ ދިވެހިފައިސާ ބޭންކްގައި ބަހައްޓާފަ، ހަމަ އެއްވެސް ފައިދާއެެއް ނުލައި ޑޮލަރު ދޭށޭ (ވިޔަފާރިއަށް ޑޮލަރުން ޕޭކޮށްދޭށޭ) ބުންޏަކަސް ނުޖެހޭނެ ކޮށްދޭކަށް. ބޭންކްންވެސް ކުރަނީ ވިޔަފާރި. މިލިއަނަކަށްވުރެ ގިނަ ސައިޓްގެ ތެރެއިން 6 ސައިޓްން އެކަނި ޕަސެންޓެއް ނަގަނީ. ބާކީވެސް މިލިއަން ސައިޓް އަދި އެބައޮތް ހިލޭ.